Roadha Mihaaru
މެރަތަން ރަނާސްގެ ދުވުންތެރިންގެ ކާމިޔާބު ފާހަގަކޮށްފި

މެރަތަން ރަނާސްގެ ދުވުންތެރިންގެ ކާމިޔާބު ފާހަގަކޮށްފި

31 މާޗް 2024

ތުރުކީގެ އަނަޓޯލިޔާގައި މި މަހު ބޭއްވި މެރަތަންގައި ވާދަކޮށް، ކުރިއެރުންތަކެއް ހޯދި މެރަތަން ރަނާސް މޯލްޑިވްސްގެ ދުވުންތެރިންގެ ކާމިޔާބު ފަހަގަކޮށްފި އެވެ.

ތުރުކީގެ އަނަޓޯލިޔާގައި މި މަހު ބޭއްވި މެރަތަންގައި ވާދަކޮށް، ކުރިއެރުންތަކެއް ހޯދި މެރަތަން ރަނާސް މޯލްޑިވްސްގެ ދުވުންތެރިންގެ ކާމިޔާބު ފަހަގަކޮށްފި އެވެ.

ތަޖުރިބާކާރު މެރަތަން ދުވުންތެރިޔާ އަދި ކޯޗު ނަސްރުﷲ އަހްމަދުގެ ކޯޗުކަމުގެ ދަށުން ވާދަ ކުރި މެރަތަން ޓީމުން ވަނީ ބޮޑު ކުރިއެރުންތަކެއް ހޯދައިފަ އެވެ. ކުރިން އެ ރެކޯޑް އޮންނަނީ ޝިފާޒު މުހައްމަދުގެ އަތުގަ އެވެ.

އެ މެރަތަންގައި ވާދަކޮށް، އެ ޓީމު ޔޫސުފް އިބްރާހިމް ވަނީ ރާއްޖޭގެ މެރަތަން ރެކޯޑް މުގުރާލައިފަ އެވެ. ނަސްރު ބުނިގޮތުގައި، ޔޫސުފްގެ އިތުރުން މެރަތަން ރަނާސްގެ އެހެން ދުވުންތެރިން ވެސް ވަނީ މީގެ ކުރިން، އެ ދުވުންތެރިން މެރަތަންއެއް ނިންމި ވަރަށް އަހަށް ނިންމާފަ އެވެ.

މެރަތަން ރަނާސްގެ ހަފުލާގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވާހަކަ ދައްކަވަނީ --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

މެރަތަން ރަނާސްގެ ހަފުލާގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވާހަކަ ދައްކަވަނީ --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

އެ މެރަތަންގައި ވާދަކޮށް، ނަސްރު ވެސް ވަނީ އޭނާގެ 95 ވަނަ މެރަތަން ފުރިހަމަކޮށްފަ އެވެ. އެ މެރަތަންގެ ފިނިޝިން މެޑަލް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފަށް ހަދިޔާ ކުރުމަށް ނަސްރު ވަނީ ނިންމައިފަ އެވެ.

ހުކުރު ދުވަހުގެ ރޭ، މާފަންނު ސްޓޭޑިއަމްގައި ދުވާ ޓްރެކްގެރޮސްޓަމްގައި ބޭއްވި ހަފުލާ ޝަރަފުވެރިކޮށް ދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.

އެ ހަފުލާގައި މިނިސްޓަރު ވިދާޅުވީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ކުރީ ސަރުކާރުން އަޅަން މަސައްކަތް ކުރި ހަތަރު ސިންޓެތިކް މި ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ.