15 ސެޕްޓެމްބަރ 2022
ކުރިއަށް އޮތް އޮސްލޯ މެރެތަން އާއި ބާލިން މެރަތަންގައި ޓާގެޓަކީ ރާއްޖޭގެ ހާފް މެރަތަންގެ ގައުމީ ރެކޯޑް ހެދުން ކަމަށް އެ ދެ ރޭހުގައި ވާދަ ކުރާ ކުރީގެ އެއް ވަނަ އަންހެން ދުވުންތެރިޔާ ޝަމްހާ އަހުމަދު އާއު އާމިނަތު ރިޝްމީ ބުނެފި އެވެ.
ކުރިއަށް އޮތް އޮސްލޯ މެރެތަން އާއި ބާލިން މެރަތަންގައި ޓާގެޓަކީ ރާއްޖޭގެ ހާފް މެރަތަންގެ ގައުމީ ރެކޯޑް ހެދުން ކަމަށް އެ ދެ ރޭހުގައި ވާދަ ކުރާ ކުރީގެ އެއް ވަނަ އަންހެން ދުވުންތެރިޔާ ޝަމްހާ އަހުމަދު އާއު އާމިނަތު ރިޝްމީ ބުނެފި އެވެ.
ނޯވޭގެ ވެރިރަށް އޮސްލޯގައި ބާއްވާ މެރަތަން އޮންނާނީ ހޮނިހިރު ދުވަހު އެވެ. ޖަރުމަންގެ ބާލިންގައި ބާއްވާ، މެރަތަން އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.
ރާއްޖޭގެ ހާފް މެރަތަންގެ ރެކޯޑް އޮންނަނީ، ދިގު ދުވުންތަކަށް ހާއްސަ މަޝްހޫރު ފިޓްނަސް ޓްރޭނަރު މަރްޔަމް އަބްދުލް ކަރީމް (މަރީ) އަތުގަ އެވެ. ހާފް މެރަތަންގެ ރެކޯޑް އޭނާ އެންމެ ފަހުން ހެދީ މި އަހަރު ފެބްރުއަރީ މަހު ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ދުބާއީގައި ބޭއްވި ރަކް އަލް ހައިމާ ހާފް މެރަތަންގަ އެވެ. މަރީ ރޭސް ނިންމީ 1:30:46 (އެއް ގަޑިއިރާ 30 މިނެޓް 46 ސިކުންތު) އިންނެވެ. ކުރިން ވެސް އެ ރެކޯޑް އޮންނަނީ މަރީ އަތުގަ އެވެ. ހަމަ ދުބާއީގެ މި މެރަތަންގައި 2020 ގެ އެޑިޝަންގައި ވާދަކޮށް މަރީ ރެކޯޑް ހެދީ 1:32:42 އިންނެވެ.
މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ އަންހެނުންގެ 100 މީޓަރުގެ ރެކޯޑް 19 އަހަރު ވަންދެން ދެމެހެއްޓި ޝަމްހާ ބުނީ މިދިޔަ މުއްދަތުގައި ކުރެވުނު މަސައްކަތުން ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ.
ރިޝްމީ: އޮސްލޯ މެރަތަންގައި އޭނާގެ ވެސް ޓާގެޓަކީ ހާފް މެރަތަން ރެކޯޑް
ޖަރުމަންގައި ދިރިއުޅެމުން އަންނަ ޝަމްހާ ތަމްރީން ހަދަމުން އަންނަނީ މަޝްހޫރު މެރަތަން ދުވުންތެރިޔާ ނަސްރުﷲ އަހުމަދު (ނަސްރު) ގެ ބެލުމުގެ ދަށުންނެވެ. އޭނާގެ ބެލުމުގެ ދަށުން ޓްރޭނިން ހަދަމުން އަންނަ އަނެއް ދުވުންތެރިޔާ ރިޝްމީ ވެސް ޓާގެޓް ހުރީ ހާފް މެރަތަންގެ ރެކޯޑަށެވެ.
މިވަގުތު ނޯވޭގައި ހުރި ނަސްރު ބުނީ އެ ދެ ދުވުންތެރިން މިހާރު ގެންދެވިފައިވާ ފެންވަރާ މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
"މި ދެ ދުވުންތެރިންނަކީ ވެސް ވަރަށް ބުރަކޮށް ޓްރޭން ކުރާ ދެ ދުވުންތެރިން. އެ ދެ ދުވުންތެރިން ކުރި މަސައްކަތުން މިހާރު ރަނގަޅު ލެވަލް އަކަށް ދެވިފަ ހުރީ. ދެ ދުވުންތެރިންނާ މެދު ވެސް އަޅުގަނޑު އުއްމީދު ކުރަނީ ގައުމީ ރެކޯޑަކަށް،" އެންމެ ގިނަ މެރަތަންގައި ދުވި ރާއްޖޭގެ ދުވުންތެރިޔާ ބުންޏެވެ.
ނަސްރު އާއެކު ޓްރޭނިން ހަދަމުން އަންނަ އަހުމަދު ނަސީރު ވެސް އެ ރޭހުގެ ހާފް މެރަތަންގައި ވާދަ ކުރާނެ އެވެ. އޮސްލޯގައި ނަސްރު ދުވާނީ ފުލް މެރަތަން އެވެ. އެ މެރަތަން ވާނީ އޭނާގެ 83 ވަނަ މެރަތަން އަށެވެ.
ނަސްރު އާއި ޝަމްހާ
ބާލިން މެރަތަން އަދި ޖަރުމަންގެ އެހެން ސިޓީއެއް ކަމަށްވާ ކްލޯން މެރަތަންގައި ވެސް ނަސްރު ދުވާނެ އެވެ. ތިން މެރަތަން ވެސް ދުވާނީ ވިދިވިދިގެން ތިން ހަފުތާގަ އެވެ. ކްލޯން މެރަތަންގައި ދުވާނީ އަންނަ މަހު ދެ ވަނަ ދުވަހު އެވެ.
"މި ފަހަރު ތިން މެރަތަންގައި ވެސް ޓާގެޓަކީ ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ތިން މެރަތަން ވެސް ނިންމުން،" ހަތަރު ވަނަ ފަހަރަށް ބާލިން މެރަތަންގައި ވާދަކުރަން ތައްޔާރު ވަމުން އަންނަ ނަސްރު ބުންޏެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ފުލު މެރަތަންއެއްގައި ދުވަމަށް އާންމުކޮށް ބާރު އަޅަނީ އަހަރަކު ދެ މެރަތަން އެވެ. ކޮންމެ މެރަތަންއެއްގެ ދެމެދުގައި ހަ މަސް ދުވަސް ރިކަވަރީ ތަމްރީން ހަދަން ޖެހެ އެވެ. ނަސްރު ބުނި ގޮތުގައި މީގެ ކުރިން ވެސް އޭނާ ވަނީ ވިދިވިދިގެން ތިން ހަފުތާގައި ތިން މެރަތަންގައި ވާދަކޮށްފަ އެވެ. ތައިލެންޑާއި ސިންގަޕޫރުގައި އޭނާ ވަނީ ތިން މެރަތަން ވިދިވިދގެން ތިން ހަފުތާތެރޭ ދުވެފަ އެވެ.
މާލޭގައި 1999 ގައި ބޭއްވި އެމްޓީސީސީ މެރަތަންއިން، ދިގު ދުވުންތަކުގެ ރޭސް ތަކަށް ނުކުތް ދުވުންތެރިޔާ ވަނީ މިދިޔަ އަހަރު 12 މެރަތަން ފުރިހަމަކޮށްފަ އެވެ. މެރެތަންގައި އޭނާގެ އެންމެ ހާއްސަ އަހަރަކީ 2018 އެވެ. އެ އަހަރު އޭނާ ވަނީ 13 މެރަތަންގައި ދުވެފަ އެވެ. އަދި އެ 13 މެރެތަން ވެސް އޭނާ ވަނީ ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމައިފަ އެވެ.
ދިގު ބްރޭކަށް ފަހު އެނބުރި އައި ޝިފާޒަށް ކުރިއެރުން
ބާލިން މެރަތަންއަށް ރާއްޖޭގެ ޝަމްހާ ކޮލިފައިވެއްޖެ
ރާއްޖޭގެ ހާފް މެރަތަންގެ ރެކޯޑް ޔޫސުފް މުގުރާލައިފި
ހާފް މެރަތަންގެ ރެކޯޑް ޝަމްހާ އަނެއްކާވެސް މުގުރާލައިފި
ހަތް އަހަރަށް ފަހު ޝަމްހާ ގައުމީ ޓީމުގެ އިވެންޓަކަށް
ޝަމްހާ، މަރީ، ޔޫސުފް، ފަވާޒް ޑާކާ މެރަތަން އަށް
އޮސްލޯ މެރަތަންގައި ޝަމްހާ އަށް އިތުރު ރެކޯޑްތަކެއް
ބެންގަލޫރުގެ ހާފް މެރަތަންގައި ރިޝްމީ ގަދަ 10 އަށް
ނަސްރު އާއި މޯޑު ދުނިޔޭގެ އެންމެ ބޮޑު މެރަތަންއަށް
އުރީދޫގެ ދޯހާ މެރަތަންގައި ބައިވެރިވާން ފުރުސަތު ދެނީ