19 ސެޕްޓެމްބަރ 2022
މިދިޔަ ހޮނިހިރު ދުވަހު ނޯވޭގެ ހޮސްލޯ މެރަތަންގެ ހާފް މެރަތަން ކެޓަގަރީގައި ވާދަކޮށް، ރާއްޖޭގެ ކުރީގެ އެއްވަނަ އަންހެން ދުވުންތެރިޔާ ޝަމްހާ އަހުމަދު ގައުމީ އިތުރު ރެކޯޑްތަކެއް މުގުރާލައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ނޯވޭގެ ހޮސްލޯ މެރަތަންގެ ހާފް މެރަތަން ކެޓަގަރީގައި ވާދަކޮށް، ރާއްޖޭގެ ކުރީގެ އެއްވަނަ އަންހެން ދުވުންތެރިޔާ ޝަމްހާ އަހުމަދު ގައުމީ އިތުރު ރެކޯޑްތަކެއް މުގުރާލައިފި އެވެ.
ހޮނިހިރު ދުވަހު ހާފް މެރަތަންގައި ވާދަކޮށް، ޝަމްހާ ވަނީ ކުރިން މަރްޔަމް އަބްދުލް ކަރީމް (މަރީ) ހަދައިފައިވާ ހާފް މެރަތަންގެ ރެކޯޑްގެ އިތުރުން ތިން ރެކޯޑް މުގުރައިލައިފަ އެވެ. އެއީ 20 ކިލޯމީޓަރު، 15 ކިލޯމީޓަރު އަދި 10 ކިލޯމީޓަރެވެ. އެ ހުރިހާ ރެކޯޑްތަކެއް ވެސް މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް އޮތީ ތަޖުރިބާކާރު ފިޓްނަސް ޓްރޭނަރު މަރީ އަތުގަ އެވެ.
މަރީ އެ ރެކޯޑްތައް ހެދީ ޖެނުއަރީ މަހު ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ދުބާއީގައި ބޭއްވި ރަކް އަލް ހައިމާ މެރަތަންގެ ހާފް މެރަތަން ކެޓަގަރީގަ އެވެ.
ހާފް މެރަތަންގެ ރޭސް ޝަމްހާ ނިންމީ 1:27:51 (1 ގަޑި 27 މިނެޓާއި 51 ސިކުންތު) އިންނެވެ. ރަކް އަލް ހައިމާގައި މަރީ ރޭސް ނިންމީ 1:30:46 އިންނެވެ. ހޮނިހިރު ދުވަހު އެތުލެޓިކްސް އެސޯސިއޭޝަނުން އެންމެ ފުރަތަމަ އިއުލާން ކުރީ ޝަމްހާގެ ހާފް މެރަތަންގެ ރެކޯޑް އެކަންޏެވެ. އެކަމަކު އެ އެސޯސިއޭޝަނުން ވަނީ އަނެއް ތިން ރެކޯޑް ވެސް ގައުމީ ރެކޯޑްގެ ގޮތުގައި ލިސްޓް ކޮށްފައިވާކަން އިއްޔެ ހާމަ ކޮށްފަ އެވެ.
ޝަމްހާ އާއި އޭނާގެ ކޯޗު ނަސްރު: ނަސްރު ބުނީ ޝަމްހާގެ ޓާގެޓަކީ ބާލިން މެރަތަންގައި މެރަތަން ރެކޯޑް ވެސް މުގުރާލުން ކަމަށް
އަންހެންުންގެ 20 ކިލޯމީޓަރުގެ ގައުމީ ރެކޯޑް ޝަމްހާ ހެދީ މަރީގެ ޓައިމް އަށް ވުރެ ގާތްގަނޑަކަށް ހަ މިނެޓް އަވަހަށެވެ. ޝަމްހާ 20 ކިލޯމީޓަރުގެ ރޭސް ނިންމީ 1:22:40 އިންނެވެ. ކުރިން މަރީ އަތުގައި އެ އިވެންޓްގެ ރެކޯޑް އޮންނަނީ ރަކު އަލް ހައިމާގައި 1:28:11 އިން ނިންމައިގެންނެވެ.
ޝަމްހާ 15 ކިލޯމީޓަރުގެ ގައުމީ ރެކޯޑް ހެދީ ވެސް މަރީ ޖެނުއަރީ މަހު ނިންމި ވަގުތަށް ވުރެ ގާތްގަޑަކަށް ފަސް މިނެޓް އަވަހަށެވެ. ރަކު އަލް ހައިމާގައި މަރީ އެ ރެކޯޑް ހެދީ 1:05:23 ންނެވެ. ޝަމްހާ އެ ރެކޯޑް މުގުރާލީ 1:01:18 އިންނެވެ. އަންހެނުންގެ 10 ކިލޯމީޓަރުގެ ރޭސް މަރީ ނިންމީ 43 މިނެޓުންނެވެ. ޝަމްހާ ރެކޯޑް މުގުރާލީ 40:39 (40 މިނެޓް 39 ސިކުންތު) އިން ނެވެ.
މިދިޔަ މަހުގެ ނިޔަލަށް އަންހެނުންގެ 100 މީޓަރުގެ ގައުމީ ރެކޯޑް 19 އަހަރު ވަންދެން ދެމެހެއްޓި، ޝަމްހާ ތައްޔާރު ވަމުން ދަނީ އާދިއްތަ ދުވަހު ބާލިން މެރަތަންގައި ވާދަ ކުރުމަށެވެ. ޖަރުމަންގައި ދިރިއުޅެމުން ޝަމްހާ ދަނީ ތަޖުރިބާކާރު މެރަތަން ދުވުންތެރިޔާ ނަސްރުﷲ އަހުމަދު (ނަސްރު) ދީފައިވާ ޕްރޮގްރާމާ އެއްގޮތަށް ތަމްރީން ހަދަމުންނެވެ.
ޝަމްހާ، ރިޝްމީ، ނަސްރު އަދި އަހުމަދު ނަސީރު: މި ހަތަރު ދުވުންތެރިން ވަނީ އޮސްލޯ މެރަތަންގައި ދުވެފަ. ނަސްރު ފިޔަވައި އަނެއް ދުވުންތެރިން ވާދަ ކުރީ ހާފް މެރަތްނަގައި ނަސްރު ވާދަ ކުރީ ފުލު މެރަތަންގައި
ނަސްރު ބުނީ ރަނގަޅަށް ރިކަވަރީ ހެދިއްޖެނަމަ ޝަމްހާގެ އަމާޒަކީ ބާލިންގައި ރާއްޖޭގެ މެރަތަން ރެކޯޑް ވެސް މުގުރާލުން ކަމަށެވެ.
އޮސްލޯ މެރަތަންގެ ހާފް މެރަތަން ކެޓަގަރީގައި ނަސްރުގެ ކޯޗު ކަމުގެ ދަށުން ޓްރޭނިން ހަދަމުން އަންނަ އަނެއް ދެ ދުވުންތެރިން ކަމަށްވާ އައިޝަތު ރިޝްމީ އާއި އަހުމަދު ނަސީރު ވެސް ވާދަ ކުރި އެވެ. ރިޝްމީ ރޭސް ނިންމީ 1:33:58 އިންނެވެ.
އޮސްލޯ މެރަތަންގެ ފުލު މެރަތަންގައި ވާދަކޮށް ނަސްރު ވަނީ އޭނާގެ 83 ވަނަ މެރަތަން ފުރިހަމަ ކޮށްފަ އެވެ. އޭނާ ރޭސް ނިންމީ 3:30:58 އިންނެވެ. އާދިއްތަ ދުވަހު ބާލިން މެރަތަންގައި ވެސް އަދި އަންނަ މަހު ދެ ވަނަ ދުވަހު ޖަރުމަންގެ އެހެން ސިޓީއެއް ކަމަށްވާ ކްލޯންގައި ބާއްވާ މެރަތަންގައި ވެސް ފުލު މެރަތަންގައި ނަސްރު ވާދަ ކުރާނެ އެވެ. އޭނާ ބުނީ ޓާގެޓަކީ އެ ދެ މެރަތަން ވެސް ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމުން ކަމަށެވެ.
ހަތް އަހަރަށް ފަހު ޝަމްހާ ގައުމީ ޓީމުގެ އިވެންޓަކަށް
ޝަމްހާ، މަރީ، ޔޫސުފް، ފަވާޒް ޑާކާ މެރަތަން އަށް
ޝަމްހާ އާއި ރިޝްމީގެ ޓާގެޓް ވެސް ރެކޯޑަށް
ދިގު ބްރޭކަށް ފަހު އެނބުރި އައި ޝިފާޒަށް ކުރިއެރުން
ޝަމްހާގެ ޓައިމިން ރެކޯޑެއް ކަމަށް ބަލައިނުގަތް!
ނަސްރުގެ 95 ވަނަ މެރަތަންގެ މެޑަލް ނައިބު ރައީސަށް
އޮލިމްޕިކްސްއަށް ފޮނުވުމުގައި ބޭއިންސާފެއް ނުވަން
މެރަތަން ރަނާސްގެ ދުވުންތެރިންގެ ކާމިޔާބު ފާހަގަކޮށްފި
ނަސްރުގެ 95 ވަނަ މެރަތަންގެ މެޑަލް ނައިބުރައީސަށް
ނަސްރުގެ މެރަތަން 100 އާގާތަށް، 95 ތުރުކީގައި