Roadha Mihaaru
އަބުރުގެ ގާނޫނު އުވާލާއި ނޫސްވެރިކަން ކަށަވަރުކޮށްދޭނަން

އަބުރުގެ ގާނޫނު އުވާލައި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދޭނަން: އިބޫ

15 ސެޕްޓެމްބަރ 2018

އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި، އަބުރު ރައްކާތެރިކުރުުމުގެ ނަމުގައި އުފެއްދި ހިޔާލުފާޅުކުރުން ހުއްޓުވާ ގާނޫނު އުވާލައި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދޭނެ ކަމަށް ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވައުދުވެވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި، އަބުރު ރައްކާތެރިކުރުުމުގެ ނަމުގައި އުފެއްދި ހިޔާލުފާޅުކުރުން ހުއްޓުވާ ގާނޫނު އުވާލައި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދޭނެ ކަމަށް ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވައުދުވެވަޑައިގެންފި އެވެ.

އަންނަ ހަފުތާގެ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އިބޫ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަބުރުގެ ގާނޫނު އުވާލައި ނޫސްވެރިކަމުގެ މިނިވަންކަމަށް ފަހި މާހައުލެއް ހޯދައިދިނުމާއެކު ވަގަށް ނަގާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން އަހުމަދާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އަލުން ތަހުގީގުކުރާނެ ކަމަށެވެ.

އޭނާ އެގޮތަށް އެ ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަން ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާ، ރިޕޯޓާސް ވިތައުޓް ބޯޑާސް ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން، ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނާއި އިބޫ ޓެގް ކުރައްވައި އެ ޖަމިއްޔާއިން ކުރި ޓްވީޓުގައި ބުނީ އެ ދެ ބޭފުޅުން ތިން ކަމަކަށް ވައުދުވެވަޑައިގަންނަން ޖެހޭނެ ކަމަށެވެ.

އިބޫގެ ޓްވީޓް

އެ ކަންކަމަކީ އަބުރުގެ ގާނޫނު އުވާލުމާއި ނޫސްވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅި ފަރާތްތަކަށް ދައުވާ ކުރުމުުގެ އިތުރުން ރިލްވާނާއި ޔާމީންގެ މައްސަލަ އަލުން ތަހުގީގުކުރުމެވެ.

މީގެ ދެ އަހަރު ކުރިން، އޮގަސްޓް 9، 2016 ވަނަ އަހަރު އުފެއްދި އަބުރުގެ ގާނޫނަކީ މިނިވަން ނޫސްވެރިކަމަށް އޮތް ބޮޑު ބިރެއް ކަމަށް މީޑިއާތަކުން ދެކެ އެވެ. އެގޮތުން އެ ގާނޫނުގެ ދަށުން ރާއްޖެ ޓީވީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައި ވެސް ވެ އެވެ.

ރިލްވާން ގެއްލުނުތާ ހަތަރު އަހަރު ވީއިރު އޭނާ އަށް ވީ ގޮތެއް އަދިވެސް ވީ ނޭނގެ އެވެ. ނަމަވެސް އޭނާ ގަދަކަމުން ފޮރުވި ކަމުގެ ދައުވާ ދެ މީހަކަށް ކުރިއަސް އެ މީހުންގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ މަހުގެ ދެ ވަނަ ދުވަހު ހުކުމްކޮށްފަ އެވެ.

ބްލޮގަރު ޔާމީން މަރާލި މައްސަލައިގައި ހަތް މީހަކަށް ވަނީ ދައުވާކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ފެށިކަމުގައި ވިއަސް ޝަރީއަތް ސިއްރުކޮށްގެން ގެންދާތީ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.