Roadha Mihaaru
ޒަކާތު ފަންޑު ސްކޮލަޝިޕް 31 މީހަކަށް ދީފި

ޒަކާތު ފަންޑު ސްކޮލަޝިޕް 31 މީހަކަށް ދީފި

10 ސެޕްޓެމްބަރ 2018

ޒަކާތު ފަންޑުގެ އެހީގައި ދޭ ސްކޮލަޝިޕްގެ ލިޔުން 31 ދަރިވަރަކަށް މިއަދު ހަވާލު ކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޒަކާތު ފަންޑުގެ އެހީގައި ދޭ ސްކޮލަޝިޕްގެ ލިޔުން 31 ދަރިވަރަކަށް މިއަދު ހަވާލު ކޮށްފި އެވެ.

ފަސް ދާއިރާއަކުން މަތީ ތައުލީމް ހާސިލްކުރަން ޖުމްލަ 73 ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވައިލި އެވެ. މިދިޔަ މެއި މަހު ހުޅުވައިލި އެ ފުުރުސަތަށް ޖުމްލަ 87 މީހުން ކުރިމަތިލި އެވެ.

ސްކޮލަޝިޕަށް ހޮވުނު ދަރިވަރުންނަށް ލިޔުން ހަވާލު ކުރުން އޮތީ އެކަމަށްޓަކައި އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.

ޒަކާތު ފަންޑު ސްކޮލަޝިޕް ލިބުނު ދަރިވަރަކަށް، އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގު ލިޔުން ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ޒަކާތު ފަންޑު ސްކޮލަޝިޕް ލިބުނު ދަރިވަރަކަށް، އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގު ލިޔުން ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ސްކޮލަޝިޕް ދީފައިވާ ދާއިރާތަކަކީ

- ދީނީ ދާއިރާ (14 ފުރުސަތު)

- ވިޔަފާރި އާއި ޓެކްނޮލޮޖީގެ ދާއިރާ (3 ފުރުސަތު)

- ސިއްހީ ދާއިރާ (11 ފުރުސަތު)

- އިންޖީނިއަރިންގެ ދާއިރާ (ދެ ފުރުސަތު)

- ގާނޫނީ ދާއިރާ (އެއް ފުރުސަތު)

އޭގެ އިތުރުން މިސްރުގައި ކިޔަވާ ދަރިވަރުންގެ ހަރަދުތައް ވެސް ޒަކާތު ސްކޮލަޝިޕްގައި ދޭނެ އެވެ.

ސްކޮލަޝިޕްގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވިދާޅުވީ މުދަލު ޒަކާތުގެ ސަބަބުން އިޖުތިމާއީ ވަރަށް ގިނަ މައްސަލަތަކެއް ހައްލުވަމުން އަންނަ ކަމަށެވެ. އަދި މުދަލު ޒަކާތް ދެއްކުން ވާޖިބުވާ ހުރިހާ އެންމެން ޒަކާތް ދައްކާ ނަމަ، މިހާރަށް ވުރެ ގިނަ އެހީތައް ދެވި، ކަންކަން ހައްލުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

ޒަކާތު ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ދަރިވަރުން.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ޒަކާތު ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ދަރިވަރުން.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ޒަކާތް ދެއްކުމަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ހަމައެކަނި ވިޔަފާރިވެރިން ކުރަންޖެހޭ ކަމެއް ކަމުގައި ގިނަ މީހުންނަށް ވިސްނިފައި އޮންނަ ކަމަށެވެ. ނަމަވެސް އެއީ އާމްދަނީ ލިބޭ ހުރިހާ އެންމެން އަދާކުރަންޖެހޭ ވާޖިބެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ސްކޮލަޝިޕްގެ އެހީގައި ޑިޕްލޮމާ އިން ފެށިގެން ޑިގްރީ ފެންވަރަށް ރާއްޖޭގައި ކިޔެވޭނެ އެވެ. ރާއްޖޭން ބޭރުގައި ޑިގްރީ އާއި މާސްޓާޒް ފެންވަރަށް ކިޔެވޭނެ އެވެ.

ޒަކާތު ފަންޑުން ސްކޮލަޝިޕް ދިނުމަށް ޒަކާތު ފަންޑުން ވަނީ 10 މިލިއަން ރުފިޔާ ހަމަޖައްސައިފަ އެވެ.