ހއ. އަތޮޅުގެ [ނަން އުނިކޮށްފައި] ރަށަކުން ފަށާނަމެވެ؛ މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓު އޮފިޝަލަކަށް ވާން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލުމުން، އެ ރަށުން ވެސް ޝައުގުވެރިވި ބަޔަކު ފޯމު ހުށަހެޅި އެވެ. އެކަަމަކު އިލެކްޝަންސުން ގަބޫލުކުރާ ޝަރުތު ހަމަނުވާތީވެ، އޮފިޝަލަކަށް ވާން އޭގެ ތެރެއިން އެކަކަށް ވެސް ފުރުސަތެއް ނުލިބުނެވެ. އެ ރަށުގެ ވޯޓު ފޮށީގައި ތިބޭ ހަތް އޮފިޝަލުން އިއުލާންކުރިއިރު، އޭގެ ތެރޭގައި ތިބީ ކުރިމަތި ވެސް ނުލާ ބައެކެވެ.
07 ސެޕްޓެމްބަރ 2018
ހއ. އަތޮޅުގެ [ނަން އުނިކޮށްފައި] ރަށަކުން ފަށާނަމެވެ؛ މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓު އޮފިޝަލަކަށް ވާން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލުމުން، އެ ރަށުން ވެސް ޝައުގުވެރިވި ބަޔަކު ފޯމު ހުށަހެޅި އެވެ. އެކަަމަކު އިލެކްޝަންސުން ގަބޫލުކުރާ ޝަރުތު ހަމަނުވާތީވެ، އޮފިޝަލަކަށް ވާން އޭގެ ތެރެއިން އެކަކަށް ވެސް ފުރުސަތެއް ނުލިބުނެވެ. އެ ރަށުގެ ވޯޓު ފޮށީގައި ތިބޭ ހަތް އޮފިޝަލުން އިއުލާންކުރިއިރު، އޭގެ ތެރޭގައި ތިބީ ކުރިމަތި ވެސް ނުލާ ބައެކެވެ.
މިވީ ކިހިނެއް ހެއްޔެވެ؟
ފެންނަން އޮތް ހަގީގަތަކީ އެ އެންމެންނަކީ ވެސް ވެރިކަން ކުރާ، ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މީހުން ކަމެވެ. ޕީޕީއެމްގެ ޖަލްސާތަކާއި ކެމްޕޭން ހަރަކާތްތަކުގައި އެ މީހުން އުޅޭ ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުކޮށްފައި އެބަހުއްޓެވެ.
"ފެނަކަ މުވައްޒަފުންނާއި ޕީޕީއެމްގައި އިސްކޮށް އުޅޭ މީހުން. ކުރިން ޕާޓީގެ ރަޖިސްޓްރީގައި ހިމެނޭ މީހުން މިހާރު ދަފްތަރުން އުނިކޮށްފައި އޮފިޝަލުންނަށް ނަގާފައި އެ ވަނީ. އަމިއްލަ އަކަށް ފޯމެއް ހުށަނާޅާ. ވޯޓު އޮފިޝަލުންނަށް ހަމަޖެއްސިކަން އެ މީހުންނަށް އެނގުނީ ވެސް ޕީޕީއެމްގެ ކެމްޕޭން އޮފީހުން ގުޅާފައި ބުނީމަ،" ހއ. އަތޮޅުގެ ކައުންސިލަރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިނތިްހާބުގެ ވޯޓުލުން ނިންމާލި ވޯޓު ފޮއްޓެއްގެ ވޯޓު ގުނަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
މިއީ، އެންމެ ރަށެއްގެ ވާހަކަ އެވެ. އެކަމަކު މި މިސާލު ދެއްކިދާނެ އެތައް ރަށެއްގެ މައުލޫމާތު "މިހާރު" އަށް އެކި މީހުން ހިއްސާކޮށްފައި އެބަހުއްޓެވެ. ކުރިމަތި ނުލާ އެތައް ބަޔަކު އޮފިޝަލުންގެ ގޮތުގައި ނެގުމެވެ. އޭގެތެރޭގައި މާލޭގެ ބައެއް ފޮށިތަކާއި ރ. އަތޮޅާއި ބ. އަތޮޅާއި ވ. އަތޮޅުގެ ބައެއް ރަށްތައް ހިމެނެ އެވެ.
ވޯޓުލާ މަރުކަޒުތަކުގައި 6-12 ދެމެދުގެ އޮފިޝަލުން ތިބޭއިރު ގިނަ ފޮށިތަކުގައި އޮފިޝަލުންނަށް ހަމަޖައްސާފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނާއި ޕީޕީއެމަށް ތާއީދުކުރާ މީހުންނެވެ.
މިއީ، އެތައް ބައެއްގެ ކަންބޮޑުވުމެކެވެ.
S. Feydhooga bahattaa 4 fohtahves EC inn ayyanu koffaivanee hus PPM ge activistun.Iyyeves D2D ga.
— Ahmed Mahloof (@AhmedMahloof) September 6, 2018
Hurihaa rashehgaves mikan othee mihen.Saafu heki ebahuri. @akram4535
Vote fosheege officialakah hunna meeheh, vote olhuvaalan kuraa amalehge natheejaa akee 5 aharuge jalu hukumeh. pic.twitter.com/Tw7MNeLCfu
ވޯޓު އޮފިޝަލުންނަށް ވާން ފުރުސަތު ހުޅުވާލުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ޝަރުތު ކަނޑައެޅި އެވެ. ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ހިމެނޭ މީހަކު އޮފިޝަލެއްގެ ގޮތުގައި ނުނަގާނެ ކަމެވެ. މާލެ އާއި އަތޮޅުތަކުގެ އިތުރުން ރިސޯޓްތަކާއި ރާއްޖެ އިން ބޭރުގައި ބަހައްޓާ 470 އަށް ވުރެ ގިނަ ވޯޓު ފޮށީގެ އޮފިޝަލުންނަށް ވާން ހުޅުވާލުމުން 7،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ.
އޭގެ ތެރެއިން، 3،700 އޮފިޝަލުން ނެގީ، އެ ކޮމިޝަނުން ބުނިގޮތުގައި، ކޮންމެ މީހަކާ ވަކިވަކިން އިންޓަވިއުކޮށްގެންނެވެ. އެހެންކަމުން، އަމިއްލަ އަށް ފޯމު ހުށަނާޅާ ބަޔަކު އޮފިޝަލުންގެ ގޮތުގައި ތިބުމަކީ ސުވާލު އުފައްދަން ޖެހޭ މައްސަލައެކެވެ.
އިދިކޮޅު ޕާޓީތަކުން ތުހުމަތުކުރާ ގޮތުގައި، ވޯޓު އޮފިޝަލުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނަށް ފޮނުވީ، ޕީޕީއެމްގެ ކެމްޕޭން އޮފީހަކުންނެވެ.
R. Angolhitheem inn application hushaelhi evves meeheh ayyanu koffa nuvaairu, 7 officialun ves nagaafaivanee PPM inn fonuvi listah. Eyge therein baeh meehunnah officalakah ayyanu koffa vaakan enguneeves council idhaaraainn gulheema. Mi jareemaathakah javaabudhaaree vaanjeheyne. pic.twitter.com/IjQYXZO5HL
— Ahmed Mahloof (@AhmedMahloof) September 5, 2018
"އެ ލިސްޓާ އެއްގޮތަށް އޮފިޝަލުން ނަގާފައި ވަނީ. ގާތްގަނޑަކަށް 95 ޕަސެންޓު އޮފިޝަލުންނަކީ ޕީޕީއެމްގެ މީހުން. ހެކި އެބަހުރި އަޅުގަނޑުމެންގެ އަތުގައި. އޮފިޝަލެއްގެ ގޮތުގައި ނޯޓް ކުރުމަށް ފަހު، ކެމްޕޭން އޮފީހުން ގުޅާފައި ބުނަނީ މިވެނި ފޮއްޓެއްގައި ހުންނަ ގޮތަށް ނަން ދީފީމޭ،" މި މައްސަލައިގައި އީސީ އަށް ފާޑުކިއުން އަމާޒު ކުރައްވައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވި އެވެ.
"ޑިގްރީ އޮންނަ، ސިޔާސީ އެއްވެސް ހަރަކާތެއްގައި ނޫޅޭ ސިވިލް ސާވިސްގެ މީހުން ކުރިމަތިލީމަ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި، ޕީޕީއެމްގެ އެކްޓިވިސްޓުން އެ ތިބީ ހަމަޖައްސާފައި. ކިތަންމެ އޮޅުވާލަން އުޅުނަސް މިކަންކަމެއް އޮޅުވައެއް ނުލެވޭނެ."
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، އެއީ ވެސް ވޯޓަށް ނުފޫޒު ފޯރުވުމުގެ ޕްލޭންގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޕީޕީއެމްގެ ކެންޑިޑޭޓު، ރައީސް އަބްދުﷲ ޔާމީނަށް ފަހިވާ ގޮތަށް އިންތިޚާބުގެ ކަންކަން ކުރަނީ، ޕީޕީއެމާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން ކަމަށް އޭނާ އަދިވެސް ތުހުމަތު ކުރައްވަ އެވެ.
ކުރީގެ އިންތިހާބުތަކުގައި ވޯޓު ފޮށިތައް ކައިރީގައި ތިބެނީ ރަށްރަށުގެ ވެސް އިސް މީހުންނެވެ. މިސާލަކަށް ސިވިލް ސާވިސްގެ ވެރިންނާއި މުވައްޒަފުންގެ އިތުރުން ތައުލީމީ ދާއިރާގެ ހިންގުންތެރިންނެވެ. އެ މީހުންނާ މެދު އާންމުންގެ އިތުރުބާރު އޮވެ އެވެ.
ފޯމު ހުށަހެޅި މީހުންނާ އިންޓަވިއުކޮށްގެން، އޮފިޝަލުން ނެގި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާއިރު، ގިނަ ފޮށިތަކަށް ޕީޕީއެމްގެ ސަޕޯޓަރުން ނެގުނީ އިއްތިފާގަކުން ހެއްޔެވެ؟ ކުރިމަތި ނުލާ ބަޔަކު އޮފިޝަލުންނަށް ހަމަޖެއްސުނީ ކޮން ތަނަކުން ހުށަހެޅި ފޯމުތަކަކުން ނުވަތަ ކޮން ލިސްޓަކަށް ބަލައިގެން ހެއްޔެވެ؟
މި ސުވާލުތަކުގެ ޖަވާބު، ދެއްވަން ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ފެއްޓެވީ، ކުރިމަތި ނުލާ ބަޔަކު އޮފިޝަލުންނަށް ހަމަޖައްސާފައިވާ ކަމުގެ ތުހުމަތުތައް ތަކުރާރުކޮށް ދޮގު ކުރައްވަމުންނެވެ.
"ފޯމު ހުށަހަޅާފައި ނުވާ، އަދި އިންޓަވިއު ނުކޮށް އެއްވެސް އޮފިޝަލަކު ނަގާފައެއް ނުވާނެ. މި އުސޫލާ ޚިލާފަށް އޮފިޝަލުން ނެގި ކަމަށް ފަތުރަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް،" އަކްރަމް ވިދާޅުވި އެވެ.
ވޯޓު ފޮށީގެ ވެރިޔާ އާއި އެހީތެރިންނަށް އޮފިޝަލުން ނެގީ ޕީޕީއެމްގެ ކެމްޕޭން އޮފީހަކުން ފޮނުވި ލިސްޓަކާ އެއްގޮތަށް ކަމަށް ކުރި ތުހުމަތު ވެސް އަކްރަމް ދޮގުކުރެއްވި އެވެ.
އެކަމަކު، އެއް ފޮއްޓެއްގައި ހުރިހާ އޮފިޝަލުން ނުވަތަ މެޖޯރިޓީ އޮފިޝަލުން ޕީޕީއެމަށް ތާއީދުކުރާ ގޮތަށް ހަމަޖެއްސުނު ސަބަބާ ގުޅޭ ގޮތުން އަކްރަމް އެއްޗެއް ވިދާޅެއް ނުވެ އެވެ. ގަސްތުގައި އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަން ސާބިތުކޮށްދެއްވަން ވިދާޅުވީ ވޯޓު އޮފިޝަލުންނަށް ވުމަށް ފަހު ސިޔާސީ އެއްވެސް ހަރަކާތެއްގައި ނޫޅެވޭނެ ކަން އެ މީހުންނަށް އަންގާފައިވާ ކަމަށެވެ.
"އޮފިޝަލަކަށް ވުމަށް ފަހު، ސިޔާސީ އެއްވެސް ހަރަކާތެއްގައި އުޅޭ ނަމަ ފިޔަވަޅު އަޅާނެ،" އަކްރަމް ވިދާޅުވި އެވެ.
"އެއާއެކު، ބަޔަކު ތުހުމަތުކުރާ ގޮތަށް ވޯޓު އޮފިޝަލުންގެ ގޮތުގައި ޕީޕީއެމްގެ މެމްބަރުން ނަގާފައިވާ ނަމަ ހެއްކާ އެކު އިލެކްޝަންސަށް ހުށަހަޅުއްވާ. އެ މައްސަލައެއް ބަލައި ކޮމިޝަނުން ފިޔަވަޅު އަޅާނަން،" އަކްރަމް ވިދާޅުވި އެވެ.
އެހެންކަމުން ދެން އޮތް ހައްލަކީ، މި މައްސަލައިގައި ވެސް އިލެކްޝަންސް ކޮމިޝަންގެ ފަހަތުން ދުވުން ހެއްޔެވެ؟ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ރައްޔިތުން ކަންބޮޑުވާ ގިނަ ނިންމުންތަކެއް އެ ކޮމިޝަނުން ނިންމި އެވެ. ވޯޓު ފޮށި ބަހައްޓާ ރިސޯޓުތަކުގެ އަދަދު މަދުކުރުން ފަދަ ވޯޓު ލުމުގެ ހައްގު އެތައް ބަޔަކަށް ގެއްލޭ ގޮތަށް ނިންމި ބައެއް ނިންމުންތައް ބަދަލުކުރަން ކޮމިޝަނަށް މަޖުބޫރުވީ ކުރިމަތިވި ޕްރެޝަރާ ހެދި އެވެ.
މިފަހަރު ފެންމަތި މިވީ ވެސް ކުޑަ މައްސަލައެއް ނޫނެވެ. މިނިވަންކަމާއި އިންސާފުވެރިކަމާ އެކު މަސައްކަތް ކުރަން ޖެހޭ ކޮމިޝަނެއް، ވަކި ބައެއްގެ ނުފޫޒުގެ ދަށުވެފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަށް ބާރު ލިބޭނެ އިތުރު މައްސަލައެކެވެ. ކުރިމަތި ނުލާ ބަޔަކު އޮފިޝަލުންނަށް ވި ގޮތަކާއި އޮފިޝަލުން ނެގުމުގައި ގިނަ ފޮށިތަކަށް "އިއްތިފާގަކުން ޕީޕީއެމްގެ އޮފިޝަލުން" ނެގުނު ސަބަބު ބަލައި ހައްލު ހޯދަން ޖެހެ އެވެ. އިންތިޚާބުގެ މިނިވަންކަމާ މެދު އުފައްދާ ސުވާލުތައް މަދުކުރުމަށެވެ.
މިނިމަމް ވޭޖަކީ 6،000ރ. ކަމަށް ބުނެ ފާޑުކިއުން!
އޮޅުން ބޮޅުން: ވެރިކަން އޮތީ ކޮން ބައެއްގެ އަތުގައި؟
އިދިކޮޅު ޕާޓީއެއް ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވައިފި
އިންތިހާބު ސައްހަ ނޫން ކަމުގެ ބަޔާނަށް އާދޭސް ކުރަނީ
އިބޫ ހުވާ ކުރައްވާނެ ދުވަސް ސޫމޯޓޯއަކުން ނިންމިދާނެ
އިބޫ އެއްވެސް ރައްޔިތަކަށް އަނިޔާވެރި ނުވާނެ: ރިޔާޒް
75،000ރ. އިން ޕީޕީއެމް ޖޫރިމަނާކޮށްފި
ރައްޔިތުންގެ ނިންމުން ބަލައިގަނެ އިހްލާސްތެރިވޭ: އިބޫ
"އަޅުގަނޑުގެ ނުކުޅެދުންތެރި ކަމަކީ މީހުން ދަސްނުވުން"
އިންތިޚާބުގެ ނަތީޖާ އޮތީ އުފައްދާފައި: މުއިއްޒު