ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އިދިކޮޅު ޕާޓީތަކުން ސ. މީދޫގައި ހުޅުވާފައިވާ ކެމްޕެއިން ޖަގަހައެއްގައި ބަޔަކު ރޭ ރޯކޮށްލައިފި އެވެ.
05 ސެޕްޓެމްބަރ 2018
ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އިދިކޮޅު ޕާޓީތަކުން ސ. މީދޫގައި ހުޅުވާފައިވާ ކެމްޕެއިން ޖަގަހައެއްގައި ބަޔަކު ރޭ ރޯކޮށްލައިފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ، އެ ރަށުގައި ހުޅުވި "އެޑްވާންސް ޖަގަހަ" ގައި ރޯކޮށްލާފައި ވަނީ ފަތިހުގެ ވަގުތެއްގައި ކަމަށް ވެ އެވެ. މި ހާދިސާގައި އެ ޖަގަހަ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. އަދި ޖަގަހައިގައި ހުރި ސްޕީކަރު ފަދަ އަގު ބޮޑެތި ސާމާނު ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.
"އެޑްވާންސް ޖަގަހަ" އިން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ، އެ ތަން ރޯކޮށްލީ ބަޔަކު ގަސްދުގައި ކަމަށް ބެލެވޭ ކަމަށާއި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ރޭ އަންދައިލި، އެޑްވާންސް ޖަގަހައިގެ ކުރިމަތީގައި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ސަޕޯޓަރުންތަކެއް މަޑުކޮށްލައިގެން.
މިދިޔަ މަހުގެ ތެރޭގައި ބަޔަކު ވަނީ މީދޫ "ނިންމާ" ޖަގަހައިގެ ބިއްލޫރި ވެސް ތަޅާލައިފަ އެވެ. އަދި މަރަދޫގައި ހުންނަ އެމްޑީޕީގެ އިމާރާތަކަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ، އެ ތަނުގައި ތިބި މީހުންނާ މާރާމާރީ ހިންގައި، ބައެއް މީހުން ޒަހަމްކޮށްލާފައިވެ އެވެ.
އިބޫގެ މެސެޖެއް، ރައީސް ޔާމީނަށް: "ވޯޓާ ނުކުޅުއްވާތި"!
އައްޑޫން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި
އައްޑޫ މުޒާހަރާއާ ގުޅިގެން ދެ މީހަކު ހައްޔަރު ކުރި
އެމްޑީޕީގެ މެނިފެސްޓޯ ހަދާނީ އައްޑޫގައި
"ކަރަންޓު މައްސަލަ ހައްލުކުރަން އާވިސްނުމަށް ޖާގަދީ"
މީދޫ އިކޯގާޑެންގައި ރޯވި އަލިފާން އަދިވެސް ނުނިވޭ!
ގްރީންބިލްޑިން އެނދީ ސިފައިންގެ އިހުމާލުން: އެމްޑީޕީ
މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވަން އެމްޑީޕީން އެދެނީ
ޕީޕީއެމްގެ މީދޫގެ "މުގޫ" އެމްޑީޕީ އަށް
އެމްޑީޕީން ޕީޕީއެމާއެކު ހަދާނެ ޑީލެއް ނޯންނާނެ: ޝަރީފް