12 ޖެނުއަރީ 2018
މި އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން އަންނަ އިރު، އެމްޑީީޕީގެ މެނިފެސްޓޯ އެކުލަވައިލުމަށްޓަކައި، އެކަމަށް ހާއްސަ މައި އޮފީސް އައްޑޫގައި ވަރަށް އަވަހަށް ހުޅުވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ރޭ ވިދާޅުވެއްޖެ އެވެ.
މި އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން އަންނަ އިރު، އެމްޑީީޕީގެ މެނިފެސްޓޯ އެކުލަވައިލުމަށްޓަކައި، އެކަމަށް ހާއްސަ މައި އޮފީސް އައްޑޫގައި ވަރަށް އަވަހަށް ހުޅުވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ރޭ ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ ޕާޓީތަކުން އދ. މާމިގިލީގައި ބޭއްވި ޖަލްސާގައި ހަސަން އެގޮތަށް ވިދާޅުވި ނަމަވެސް، އޮފީސް ހުޅުވައި މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން އެއްވެސް ތަފުސީލެއް ނުދެއްވަ އެވެ.
"[މެނިފެސްޓޯ އެކުލަވައިލުން] އެ މަސައްކަތުން އަޅުގަނޑުމެން ނެރޭ ނަތީޖާ ގުޅިފައިވާ ޕާޓީތަކާ އަޅުގަނޑުމެން ހިއްސާކޮށް، އަޅުގަނޑުމެންނަށް އެކީގައި މި އަހަރުގެ ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރެވޭނެ."
ހަސަން ރޭ ވިދާޅުވި ގޮތުގައި ރާއްޖެ ތަރައްގީވާ ކަމަށް ބެލެވޭނީ މާލެއާ އެކުއެކީގައި އަތޮޅުތައް ވެސް ތަރައްގީ ކުރެވިގެން ކަމަށެވެ. އެހެންވެ މަސައްކަތް ކުރާނީ އެ އަމާޒަށް ކަމަށް ވިދާޅުވި އެވެ.
ގުޅިފައިވާ ޕާޓީތަކުން މިހާރު އަންނަނީ ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރުމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުންނެވެ. އަދި ޕާޓީތަކުން ބުނަމުން އަންނަނީ އެކި ޕާޓީތަކުގެ ފިކުރު ތަފާތު ވިޔަސް، އެންމެންނަށް އެއްބަސްވެވޭ ކެންޑިޑޭޓެއް އިންތިހާބަށް ނެރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
އެމްޑީޕީން ޕީޕީއެމާއެކު ހަދާނެ ޑީލެއް ނޯންނާނެ: ޝަރީފް
އެމްޑީޕީ އިންތިހާބުގައި އިދިކޮޅުން ވޯޓުލީކަމުގެ ތުހުުމަތު
އިިދިކޮޅަށް ހިތްވަރު ލިބޭ ކަންކަން ނުކުރަން އަންގައިފި
ބަޣާވާތް ކުރަން ދެވަނަ ފުރުސަތެއް ނެތް: ހަސަން ލަތީފް
ބޭނުންހާ ކަމެއް ނުކުރެވޭނެ، އެއީ ހީވާ ގޮތް: ފައިސަލް
އައްޑޫ ތަރައްގީ ނުވެ އެހެން ރަށެއް ތަރައްގީއެއްނުވާނެ
ހިޔަލީ ރަޝީދު އެމްޑީޕީއާ ގުޅިވަޑައިގެންފި
އަޅުގަނޑުމެން ވެރިކަމުގެ ލައްޒަތުގައި ނޫޅޭނަން: ނަޝީދު
ރާއްޖެއަކީ ވަގު ގައުމެއް ނޫންކަން ދައްކަންޖެހޭ: ނަޝީދު
ނަޝީދުގެ އައްޑޫ އޮފީހުން ކުރާނީ ތިމާވެށީގެ މަސައްކަތް