އައްޑޫ ހިތަދޫގައި އިދިކޮޅު އެމްޑީޕީން ބޭއްވި ހަރަކާތުގައި ބައިވެރިވި ވެމްކޯގެ ދެ މުވައްޒަފަކު ވަޒީފާ އިން މިއަދު ވަކިކޮށްފި އެވެ.
30 އެޕްރީލް 2025
އައްޑޫ ހިތަދޫގައި އިދިކޮޅު އެމްޑީޕީން ބޭއްވި ހަރަކާތުގައި ބައިވެރިވި ވެމްކޯގެ ދެ މުވައްޒަފަކު ވަޒީފާ އިން މިއަދު ވަކިކޮށްފި އެވެ.
ވެމްކޯގެ ވަޒީފާ އިން ވަކިކުރީ އެ ކުންފުނީގެ ހިތަދޫ އޮފީހުގެ މެނޭޖަރެއްގެ މަގާމު މާޗު 28، 2019 އިން ފެށިގެން ފުރަމުން އައި ހިތަދޫ ބޮޑުގަލުގޭ، މޫސާ މުހައްމަދާއި ޖަނަވަރީ 5، 2022 އިން ފެށިގެން އެ އޮފީހުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަގާމުގައި ހުރި އެ ރަށު ވީނަސްވިލާ، މުހައްމަދު އަފްޒަލް އެވެ.
އެ މުވައްޒަފުންގެ ޗިޓުގައިވާ ގޮތުން ވަޒީފާ އިން ވަކިކުރީ ވަޒީފާއާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. އެއީ ނޯޓިސް ދިނުމަކާ ނުލައި މުވައްޒަފުން މަގާމުން ވަކިކުރެވޭ މާއްދާ އެވެ.
އެ މާއްދާގައި ބުނެފައި ވަނީ "ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާ އަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ އަހުލާގު އެކަށީގެން ނުވުމާ އެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއް ކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ހާލަތުތަކުގަ އެވެ،" މިހެންނެވެ.
އެ މައްސަލާގައި އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ އެ ފިޔަވަޅާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ ޕާޓީން ވަނީ ދެ މުވައްޒަފުން ވަޒީފާ އިން ވަކިކުރި މައްސަލަ ކުށްވެރިކޮށްފަ އެވެ.
"ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ގާނޫނުއަސާސީން ކަށަވަރު ކޮށްދޭ ހައްގެއް ކަމަށް ވާއިރު އެފަދަ ހަރަކާތެއްގައި ބައިވެރިވެގެން ވަކިކުރުމަކީ މި ރާއްޖޭގައި ވަޒީފާގެ ބިރުވެރިކަން މިވަގުތު އޮތް ކަމުގެ ހެއްކެތް،" އެމްޑީޕީން ބުންޏެވެ.
Gaanoonu asaaseen libidheefaifaa vazeefaa adhaakurumuge hahgun mahuroom koh migothah meehun vazeefaain vakikurunakee Gaanoon Asaasee aa khilaafu kameh. Mikan harukashi ibaaraathun kuhveri kuran. pic.twitter.com/nHCBm1gxMJ
— Ahmed Abdulla (@ahmedabdulla2a) April 30, 2025
އެމްޑީޕީގެ ބައެއް އިސްވެރިން ތުހުމަތު ކުރެއްވި ގޮތުގައި މޫސަ އާއި އަފްޒަލް މަގާމުން ވަކިކުރީ އެ ބޭފުޅުންނަށް މަރުހަބާ ކިޔަން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދިއުމުންނެވެ. މީގެ ތެރެއިން މޫސަ ވަނީ އެމްޑީޕީން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި ގުރުއާން ކިޔަވައި ދީފަ އެވެ.
ހިތަދޫ މެދުދާއިރާގެ މެމްބަރު އަހުމަދު އަޒާން އެކްސްގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޫސަ ވަޒީފާއިން ވަކިކޮށްފައިވަނީ ސޯޝަލް މީޑިއާގަ އަދި ރަށުތެރޭގަ "ސަރުކާރާއި ކުންފުނީގެ އަގު ވެެއްޓޭގޮތަށް" ވާހަކަ ދައްކާކަމަށް ބުނެ ކަމަށެވެ.
ވަޒީފާގެ ގާނޫނުން އެގޮތަށް މުވައްޒަފުން ވަޒީފާ އިން ވަކި ކުރެވޭނެ ގޮތެއް ނޯންނަ ކަމަށާއި ގާނޫނާއި ހިލާފަށް މުވައްޒަފުންނާ ދޭތެރޭ ފިޔަވަޅު ނޭޅުމަށް އަޒާން ގޮވާލެއްވި އެވެ.
މޫސަ ވަނީ ރައްޔިތުންގެ މަޖިލިހަށް އަޒާން ކެމްޕެއިން ކުރެއްވި ދުވަސްވަރު އަޒާންގެ ކެމްޕެއިންގައި ވެސް ހަރަކާތްތެރިވެފަ އެވެ.
"ކަރަންޓު މައްސަލަ ހައްލުކުރަން އާވިސްނުމަށް ޖާގަދީ"
އެމްޑީޕީން ޕީޕީއެމާއެކު ހަދާނެ ޑީލެއް ނޯންނާނެ: ޝަރީފް
ބޭނުންހާ ކަމެއް ނުކުރެވޭނެ، އެއީ ހީވާ ގޮތް: ފައިސަލް
އައްޑޫ ތަރައްގީ ނުވެ އެހެން ރަށެއް ތަރައްގީއެއްނުވާނެ
ހިޔަލީ ރަޝީދު އެމްޑީޕީއާ ގުޅިވަޑައިގެންފި
އަޅުގަނޑުމެން ވެރިކަމުގެ ލައްޒަތުގައި ނޫޅޭނަން: ނަޝީދު
ރާއްޖެއަކީ ވަގު ގައުމެއް ނޫންކަން ދައްކަންޖެހޭ: ނަޝީދު
ނަޝީދުގެ އައްޑޫ އޮފީހުން ކުރާނީ ތިމާވެށީގެ މަސައްކަތް
އައްޑޫން ނަޝީދަށް: "ތިއީ ހިތްތަކުގެ ވިންދު"
އައްޑޫ ރައްޔިތުންނަށް އޮތީ ދަރާފައި: ނަޝީދު