އިދިކޮޅު ކޯލިޝަނަށް ވެރިކަން ލިބިއްޖެ ނަމަ، ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާތް ގުޅުމެއް އުފައްދައި، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ދިމާވެފައިވާ ވިސާގެ މައްސަލަ ހައްލުކުރަން ފުރަތަމަ ދުވަހު ވެސް އިންޑިއާ ސަރުކާރާ ވާހަކަ ދައްކަވާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިންމޭޓް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
02 ސެޕްޓެމްބަރ 2018
އިދިކޮޅު ކޯލިޝަނަށް ވެރިކަން ލިބިއްޖެ ނަމަ، ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާތް ގުޅުމެއް އުފައްދައި، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ދިމާވެފައިވާ ވިސާގެ މައްސަލަ ހައްލުކުރަން ފުރަތަމަ ދުވަހު ވެސް އިންޑިއާ ސަރުކާރާ ވާހަކަ ދައްކަވާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިންމޭޓް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އިންޑިއާގެ ޓްރިވެންޑްރަމަށް ވަޑައިގެން، އެ ސިޓީގައި ދިރިއުޅޭ އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ފައިސަލް ވިދާޅުވީ، އިންޑިއާގެ ކޮންމެ ސަރަހައްދެއްގައި ދިވެހިން ދިރިއުޅުނު ނަމަވެސް އެއީ ރާއްޖެއާ ވަރަށް ކައިރީގައި އުޅޭ ބައެއް ކަމަށެވެ.
"އިންޑިއާގައި އުޅޭ ދިވެހިންނަށް ގިނަ އުނދަގޫތަކެއް ވަނީ ކުރިމަތިވެފައި. ވަކިން ހާއްސަކޮށް އިންޑިއާގެ އެކިއެކި ސިޓީތަކުގައި ދިރިއުޅުއްވަމުން ގެންދަވާ ދިވެހި ރައްޔިތުންނަށް، ވޭތުވެދިޔަ އަހަރުތަކުގައި ވަނީ ދުވަހަކު ވެސް ދިމާނުވާ ފަދަ ކަންތައްތަކާ ދިމާވެފައި،" ބޭސްފަރުވާ އަށް ދިވެހިން އެންމެ ގިނައިން ދަތުރުކުރާ ޓްރިވެންޑްރަމްގައި ދިރިއުޅޭ އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ފައިސަލް ވިދާޅުވި އެވެ.
އިދިކޮޅު ޕާޓީތަކުގެ ރަނިންމޭޓް ފައިސަލް، އިންޑިއާގައި ދިރިއުޅޭ އިދިކޮޅު ސަޕޯޓަރުންނާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: އެމްޑީޕީ
އޭނާ ވިދާޅުވިގޮތުގައި، އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ތަފާތު ދަތިތަކާ ކުރިމަތިވާ ސަބަބާ މެދު ވިސްނަން ޖެހޭ އެވެ.
ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން އިންޑިއާ ސަރުކާރުން ގޮވައިލުމުން، ދެ ގައުމުގެ ދެމެދުގައި އޮންނަ ސިޔާސީ ގުޅުމަށް ވަނީ ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށްފަ އެވެ.
"އަޅުގަނޑުމެންގެ ސަރުކާރަކުން، އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގައި ދެން އުފެދޭ އިސްލާހީ ބަދަލު ގެނެސް އުފައްދާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސާރުކާރެއްގައި އަޅުގަނޑުމެން ބަލާނީ ބޭރުގެ ގައުމުތަކާއި އަދި ވަކިން ހާއްސަކޮށް، އިންޑިއާއާ ޒަމާނުއްސުރެ ފެށިގެން އަޅުގަނޑުމެންނާ ދޭތެރޭ އޮތް ގާތް ގުޅުން އިތުރަށް ހަރުދާނާކޮށް، ވަރުގަދަ ކުރެވޭތޯ،" ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ޑިޕެންޑެންޓް ވިސާގެ މައްސަލަ ހައްލުކުރަން، އިދިކޮޅު ޕާޓީތަކުގެ ސަރުކާރެއްގެ ފުރަތަމަ ދުވަހުން ވެސް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކަށް ވާހަކަ ދައްކަވާނެ ކަމަށެވެ. އަދި އެ މަސައްކަތް ނިންމާލާނީ އެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ފަހު ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނާ އެކު އޮތް ޒަމާންވީ ގުޅުމަށް އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް އަޅުގަނޑު ޝުކުރު އަދާކުރަން. އިންޑިއާގެ ޓީޗަރުންނާއި ޑޮކްޓަރުން އަދި ނަރުހުން ދިވެހި ގައުމަށް ކޮށްދޭ ހިދުމަތްތަކަށް ވެސް ޝުކުރު އަދާކުރަން،" ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އިންޑިއާ ސަރަހައްދުގެ ހަމަޖެހުމަށް އިބޫގެ ސަރުކާރެއްގައި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
އިދިކޮޅު ޕާޓީތަކުގެ ރަނިންމޭޓް ފައިސަލް، އިންޑިއާގައި ދިރިއުޅޭ އިދިކޮޅު ސަޕޯޓަރުންތަކަކާ އެކު، މިއަދު ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: އެމްޑީޕީ
"އަޅުގަނޑުމެންނަށް މިއަދު ފެންނަނީ ބޮޑާކަމާއި ކިބުރުވެރިކަމާއި ފޮނިކަން ދެއްކުމުގެ ގޮތުން ތިމަންނާމެންނަށް މައްސަލައެއް ނެތޭ ގައުމަށް ކޮންމެ ފަދަ ގެއްލުމެއް ލިބުނަސް ތިމަންނާ އަކަށް ދެރަ ގޮތެއް ނުވާނެއޭ ބުނާ ތަން. އެއްގޮތަކަށް ވެސް އެހެނެއް ނޫން އޮތީ. ގައުމަށް ގެއްލުމެއް ލިބިއްޖެ ކަމަށް ވަންޏާ އެއީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބޭ ގެއްލުމެއް،" އޭނާ ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ރާއްޖެ އަށް އެއްވެސް ގެއްލުމެއް ވާނެ ކަމެއް ނުކުރާނެ ކަމަށެވެ. އަދި ވަކިން ހާއްސަ ގުޅުމެއް އިންޑިއާއާ އެކު ބާއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށާއި ކިޔަވާ ކުދިންނަށް ހާއްސަ އަގުތަކެއްގައި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގައި ދަތުރުކުރެވޭނެ ގޮތް ވެސް ހަމަޖައްސައި ދެއްވާނެ ކަމަށެވެ. އަދި އާސަންދައިގެ ހިދުމަތް ވެސް އެންމެންނަށް ހަމަހަމަކޮށް ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފައިސަލް، ކެމްޕެއިނަށް ޓްރިވެންޑްރަމަށް ވަޑައިގެންފި
ފްލައިޓް ޑިސްއިންފެކްޓްކޮށް، ފަރުވާއަށް ފޮނުވާލައިފި
އިންޑިއާ އައުޓް ހުއްޓުވާ ގަރާރުގެ މައްސަލަ ނުބެލޭނެ
ރައީސަކީ ފައިސަލް ކަމަށް ބުނާ މައްސަލަ ބަލައެއްނުގަތް
ރައީސަކީ ފައިސަލްތޯ ސުވާލު އުފައްދައި ގަރާރެއް!
ރައީސަކީ ފައިސަލް ކަމަށް ބުނެ އަނެއްކާވެސް ކޯޓަށް
ރިޔާސީ ބަޔާނަށް އިދިކޮޅުގެ ޖަވާބެއް ނެތް!
ރައީސް ނެރުއްވި އިންޑިއާ އައުޓް ގަރާރާ މެދު ސުވާލު!
"އިންޑިއާ އައުޓް" ގަރާރު ބާތިލްކުރަން ކޯޓަށް
އިންޑިއާއައުޓުން ސަލާމަތަށް ނުރައްކާވާ ކަމަށް ނިންމައިފި