Roadha Mihaaru
ވިލިމާލޭން ތިން ގަޑިއިރަށް ފެން ކަނޑާލަނީ

ވިލިމާލޭން ތިން ގަޑިއިރަށް ފެން ކަނޑާލަނީ

01 ސެޕްޓެމްބަރ 2018

ވިލިމާލޭގެ ފެނުގެ ވިއުގަޔަށް ދިމާވެފައިވާ މައްސަލައެއް ހައްލުކުރުމަށް، މާދަމާރޭ ތިން ގަޑިއިރަށް އެ އަވަށުން ފެނުގެ ހިދުމަތް ކަނޑާލަން ނިންމައިފި އެވެ.

ވިލިމާލޭގެ ފެނުގެ ވިއުގަޔަށް ދިމާވެފައިވާ މައްސަލައެއް ހައްލުކުރުމަށް، މާދަމާރޭ ތިން ގަޑިއިރަށް އެ އަވަށުން ފެނުގެ ހިދުމަތް ކަނޑާލަން ނިންމައިފި އެވެ.

ފެން ކުންފުނިން މިއަދު ބުނީ މާދަމާ ރޭ 10:00 އިން ދަންވަރު 1:00 އަށް، މުޅި ވިލިމާލޭން ފެން ކަނޑާލަން ނިންމާފައިވާ ކަމަށެވެ. އެހެންވެ، އެ ވަގުތު ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފަ އެވެ.

ވިލާމާލޭން ތިން ގަޑިއިރަށް ފެން ކަނޑާލަން ނިންމިއިރު، މި ދުވަސްވަރު މާލެއިން ކަރަންޓުގެ ކެނޑި އާންމުންނަށް ދަތިވާތީ އެކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. މިއަދުވެސް މުޅި މާލެއަށް ކަރަންޓު ކެނޑުނެވެ.

އިއްޔެ ވެސް އަދި މިދިޔަ ހަފުތާގައި ވެސް މާލޭގެ އެކި ހިސާބުތަކުން ގިނަ އިރުތަކެއް ވަންދެން ކަރަންޓު ކެނޑުނެވެ.