11 ސެޕްޓެމްބަރ 2020
އަހަރަކު ގާތްގަނޑަކަށް ހަތް ޕަސެންޓަށް ކަރަންޓުގެ ޑިމާންޑު އިތުރުވަމުން އަންނަ ކަމަށް ސްޓެލްކޯގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މާލެ ސަރަހައްދަށް ޖަމާވާ މީހުންގެ އަދަދު އިތުރުވެ، ކަރަންޓުގެ ޑިމާންޑު މަތިވުމުގެ ނަތީޖާ އަކީ ކަރަންޓު ކެނޑުމުގެ މައްސަލަތައް އިންތިހާ އަށް ބޮޑުވުމެވެ. މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ސްޓެލްކޯ އިން ކުރި މަސައްކަތުން މިހާރު ވަނީ މާލެ އާއި ހުޅުލެ އާއި ހުޅުމާލެ އެއް ކަރަންޓު ވިއުގައަކުން ގުޅުވައިދޭން "ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް ޕްރޮޖެކްޓް" ފަށައިފަ އެވެ.
އަހަރަކު ގާތްގަނޑަކަށް ހަތް ޕަސެންޓަށް ކަރަންޓުގެ ޑިމާންޑު އިތުރުވަމުން އަންނަ ކަމަށް ސްޓެލްކޯގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މާލެ ސަރަހައްދަށް ޖަމާވާ މީހުންގެ އަދަދު އިތުރުވެ، ކަރަންޓުގެ ޑިމާންޑު މަތިވުމުގެ ނަތީޖާ އަކީ ކަރަންޓު ކެނޑުމުގެ މައްސަލަތައް އިންތިހާ އަށް ބޮޑުވުމެވެ. މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ސްޓެލްކޯ އިން ކުރި މަސައްކަތުން މިހާރު ވަނީ މާލެ އާއި ހުޅުލެ އާއި ހުޅުމާލެ އެއް ކަރަންޓު ވިއުގައަކުން ގުޅުވައިދޭން "ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް ޕްރޮޖެކްޓް" ފަށައިފަ އެވެ.
މާލޭގެ ކަރަންޓު ކެނޑުމުގެ މައްސަލަ އަަށް ހައްލު ހޯދައި ދިނުމަށް ކުރިން ވެސް ސްޓެލްކޯ އިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން، ކޮންމެ އަހަރަކު ވެސް މިކަން ހައްލު ކުރުމަށް އެ ކުންފުނިން ބޮޑެތި އަގުގައި ރާއްޖެ އަށް ޖަނަރޭޓަރުތައް ގެންނަމުންދެ އެވެ. ނަމަވެސް މިހާރު މި ޖަނަރޭޓަރުތައް ބަހައްޓާނެ ޖާގައެއް މާލޭގައި ނެތެވެ. ސްޓެލްކޯގެ ގޯތިތެރެ ވެސް ވަނީ ޖަނަރޭޓަރުތަކުން ފުރިފަ އެވެ.
އެހެންވެ، މި މައްސަލަތަކަށް ހައްލެއް ގެނައުމަށް ފެށި ބިޔަ މަޝްރޫއަށް ބޭނުންވާ ހުރިހާ މުހިންމު ސާމާނެއް މިހަރު ވަނީ ރާއްޖެ އަށް ގެނެސްފަ އެވެ. ޗައިނާގެ ޑޮންފަންގު ކުންފުންޏާ ހަވާލުކޮށްފައިވާ މި ޕްރޮޖެކްޓުގެ މަސައްކަތް ފަށާފައި ވަނީ ޖުލައި 2016 ގަ އެވެ. މިހާރު ކުރިއަށް ގެންދަނީ މި މަޝްރޫއުގެ ދަށުން މާލެ އާއި ހުޅުލެ އާއި ހުޅުމާލޭގައި ޑިސްޓްރިބިއުޝަން ސިސްޓަމްތަކާއި ޓްރާންސްފޯމަރުތަކެއް ބެހެއްޓުމުގެ މަސައްކަތެވެ.
ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް ޕްރޮޖެކްޓަށް ބޭނުންވާ ކޭބަލްތައް ހައިވޭގައި ބަހައްޓާފައި: ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވި ގޮތުގައި، މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގައި ބޮޑު ހަ ޓްރާންސްފޯމަރު ބަހައްޓާނެ އެވެ. މާލެ އާއި ހުޅުމާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރު ބަހައްޓާއިރު، ހުޅުލޭގައި 8 އެމްވީއޭގެ ދެ ޓްރާންސްފޯމަރު ބަހައްޓާނެ އެވެ. މިއީ މިހާތަނަށް ރައްޖޭގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުން ކުރާ އެންމެ ބޮޑު ޓްރާންސްފޯމަރުތަކެވެ.
"މިހާރު ޓްރާންސްފޯމަރުތައް ރާއްޖެ ގެނެސްގެން ބެހެއްޓުމުގެ މަސައްކަތް ކުރިއަށް މި ދަނީ. ޓްރާންސްފޯމަރުތައް ބެހެއްޓުމަށް ހުޅުމާލެ، މާލެ، ހުޅުލޭގައި ބިލްޑިން އަޅާފައި މިހާރު ވަނީ،" މުޣުނީ ވިދާޅުވި އެވެ.
ޓްރާންސްފޯމަރުތަކާއި ޕްރޮޖެކްޓަށް ބޭނުންވާ އެހެނިހެން ސާމާނު ރާއްޖެ އަށް ގެނެސްފައި ވަނީ ހާއްސަ އުޅަނދުތަކުގަ އެވެ. އެއްތަނުން އަނެއް ތަނަށް މިތަކެތި ގެންދިއުމަށް ބޭނުންވާ އެ އުޅަނދުތައް ގެނެސްފައިވަނީ ރާއްޖެ އިން ބޭރުންނެވެ.
ސްޓެލްކޯ އިން ބުނިގޮތުގައި، އެ ތަކެތި އުފުލޭ ވަރުގެ ކެޕޭސިޓީ ހުރި އުޅަނދުތައް ރާއްޖޭގައި މި ވަގުތަކު ނެތެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްތަރު ހަސަން މުޣުނީ (މ) އާއި އެކުންފުނީގެ އިސް މީހުން ޓްރާންސްފޯމަރު ބަހައްޓާ ބިލްޑިން ބަލާލަނީ-- ފޮޓޯ: ސްޓެލްކޯ
މި ޕްރޮޖެކްޓު ނިމުމުން ހުޅުމާލެ އިން މާލެ އަށް އަދި މާލެ އަށް ނުވަތަ މާލެ އިން ހުޅުލެ އަށް ވެސް ބޭނުން ޖެހިއްޖެ ހާލަތެއްގައި ވަގުތުން ކަރަންޓު ފޯރުކޮށްދެވޭނެ އެވެ. ހުޅުމާލޭގައި އަޅާފައިވާ 50 މެގަވޯޓުގެ އިންޖީނުގެ އިން 50 މެގަވޯޓުގެ ކަރަންޓު އުފައްދާއިރު، މިހާރު ހުޅުމާލެ އަށް ބޭނުން ވަނީ އެންމެ 15 މެގަވޯޓު ކަމަށް ސްޓެލްކޯ އިން ބުނެ އެވެ. އެހެންވެ، ބާކީ އުފައްދާ ކަރަންޓު މި ވިއުގަ މެދުވެރިކޮށް ބަހައިލާނެ އެވެ.
މި ޖާގަ އިތުރު ކުރުމަށް އިތުރު 50 މެގަވޯޓުގެ ކަރަންޓު އުފައްދާ އިންޖީނުގެއެއް ހެދުމުގެ މަސައްކަތް ވެސް ސްޓެލްކޯ އިން ހުޅުމާލޭގައި ކުރިއަށް ގެންދާނެ އެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ވަޒަންވެރިވާން ފެށިޔަސް ކަރަންޓުގެ ދަތިކަން އެހެންވެ ހައްލު ކުރެވޭނެ އެވެ.
މިއާއެކު، މި ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާނެ ކަމަށް ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު އަބްދުލް މާލިކު ތައުފީގު ވިދާޅުވި އެވެ.
ހުޅުމާލޭގެ ޓްރާންފޯމަރުތައް ބަހައްޓާ ބިލްޑިން: މާލެއާއި ހުޅުޅޭގައި ވެސް މީގެ ދެ އިމާރާ ވަނީ ހަދާފައި-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
ދެވަނަ ފިޔަވަހީގެ މަސައްކައްކަތަކީ ވިލިމާލެ އާއި ތިލަފުއްޓާއި ގުޅީފަޅު ބްރިޖަކުން ގުޅުވައިލުމުން މި ވިއުގާގެ ތެރެއަށް އެ ރަށްތަށް ވެސް ވެއްދުމަށް ފަށާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ މަސައްކަތް ފަށަން ހަމަކެހިފައިވަނީ ބްރިޖު ނިމުމުންނެވެ.
"މިހާރު އަޅުގަނޑުމެން ތައްޔާރު މިވަނީ މީގެ ފޭސް 2 އަށް. އޭރުން އިތުރު 50 މެގަވޮޓް ބެހެއްޓޭނެ. އޭރުން ޖުމްލަ 100 މެގަވޮޓް މި ރީޖަނަށް އުފެއްދޭނެ. މި ކޭބަލްގައި ހުންނާނެ މި ވަރުގެ ކޭޓާ ކޮށްލެވޭ ވަރު. އެހެންވެ މި އުފެއްދެނީ ނޭޝަނަލް ގްރިޑެއް. އިންޓަ ކަނެކްޝަންގައި މި އަންނަނީ 132،000 ވޮލްޓުގެ ކޭބަލެއް،" މާލިކު ވިދާޅުވި އެވެ.
ޖުމުލަ ސާޅީސް ހަތަރު މިލިއަން ޑޮލަރު (678 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއު ނިމޭނެ ކަމަށް ސްޓެލްކޯ އިން ލަފާ ކޮށްފައިވަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގަ އެވެ. މިއާއެކު، މާލެ ސަރަހައްދަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޓެލްކޯ އިން ލަފާކުރެ އެވެ.
މިމަހުގެ 11: ކަރަންޓު ބޭނުންކުރުމުގެ ރެކޯޑް ދުވަހެއް
މާލެ/ހުޅުމާލެއިން އެކި ގަޑިތަކުގައި ކަރަންޓު ކެނޑޭނެ
މާލެއިން މާދަމާ ހެނދުނު 6-7އަށް ކަރަންޓު ކަނޑަނީ
މާލެ-ހުޅުމާލޭގެ ބައެއް ތަންތަނުގައި ކަރަންޓެއް ނެތް
ގްރިޑްގެ މަސައްކަތް ކުރާތީ މިއަދުވެސް ކަރަންޓުކެނޑިދާނެ
މާލެ-ހުޅުމާލޭގެ ކަރަންޓުގެ ވިއުގަ ގުޅާލައިފި
ޓްރާންސްފޯމަރު ބަހައްޓަން އިމާރާތް ހަދަން ފަށައިފި
"ކަރަންޓް ކެނޑެނީ ބޮޑު ތިން އިންޖީނު އޯވަހޯލްކުރާތީ"
ހުޅުމާލެ- މާލެ ކޭބަލް އަޅަން ޑޮންފެންއާ ހަވާލުކޮށްފި
ކަރަންޓު ނެޓުވޯކު ޑިޒައިން ކުރަން ބަޔަކާ ހަވާލުކޮށްފި