Roadha Mihaaru
މާލެ-ހުޅުމާލޭގެ ބައެއް ތަންތަނުގައި ކަރަންޓެއް ނެތް

މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި އަދިވެސް ކަރަންޓެއް ނެތް

14 އެޕްރީލް 2022

މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ހެނދުނު 9:30 ހާއިރު ކަރަންޓް ކެނޑިފައިވާއިރު، އަދިވެސް އެއްކޮށް މައްސަލަ ހައްލު ނުކުރެވޭ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ހެނދުނު 9:30 ހާއިރު ކަރަންޓް ކެނޑިފައިވާއިރު، އަދިވެސް އެއްކޮށް މައްސަލަ ހައްލު ނުކުރެވޭ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ބައެއް ސަރަހައްދުތަކުން ހެނދުނު ކަރަންޓް ކެނޑުުނަސް ބައެއް ގެތައް ކުޑައިރުކޮޅެއްގެ ތެރޭގައި ކަރަންޓްގެ ހިދުމަތް ދޭން ފެށި އެވެ.

ސްޓެލްކޯ އިން ބުނީ، މައްސަލަ ދިމާވީ ހުޅުމާލޭގެ މަގުތައް ހެދުމުގެ މަސައްކަތް އެޗްޑީސީން ކުރަމުން ދަނިކޮށް، ސްޓެލްކޯގެ މައި ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވުމުން ކަަމަށެވެ.

"މިހާރު މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓް ދެމުން ގެންދަނީ އިންޓަކަނެކްޝަން މެދުވެރިކޮށް ހުޅުމާލެ އިން ކަމަށް ވާތީ، އިންޓަކަނެކްޝަން އޮޕަރޭޝަނަށް ގެނެވެންދެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑިފައި،" ސްޓެލްކޯ އިން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ވެ އެވެ.

"ދިމާވާނެ ދަތިތަކަށް މާފަށް އެދެން."

ސްޓެލްކޯ އިން ބުނީ، ވީ އެންމެ އަވަހަކަށް އިންޓަކަނެކްޝަން އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ.