Roadha Mihaaru
ގްރިޑްގެ މަސައްކަތް ކުރާތީ މިއަދުވެސް ކަރަންޓުކެނޑިދާނެ

ގްރިޑްގެ މަސައްކަތް ކުރާތީ މާލެ އާއި ހުޅުމާލެ އިން މިއަދުވެސް ކަރަންޓު ކެނޑިދާނެ

22 ޖުލައި 2021

މާލެ ސަރަހައްދުގެ ގްރިޑްގެ ދެވަނަ ސާކިޓްގެ މަސައްކަތް މިއަދުވެސް ކުރިއަށް ގެންދާއިރު، އެ މަސައްކަތް ކުރާ ވަގުތުތަކުގައި މާލެ އާއި ހުޅުމާލެ އިން ކަރަންޓް ކެނޑުމުގެ ފުރުސަތު އެބައޮތް ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދިޔަ ވަގުތު އިއްޔެ ވެސް މުޅި މާލެ އިން ކަރަންޓު ކެނޑުނެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މާލެ ސަރަހައްދުގެ ގްރިޑްގެ ދެވަނަ ސާކިޓްގެ މަސައްކަތް މިއަދުވެސް ކުރިއަށް ގެންދާއިރު، އެ މަސައްކަތް ކުރާ ވަގުތުތަކުގައި މާލެ އާއި ހުޅުމާލެ އިން ކަރަންޓް ކެނޑުމުގެ ފުރުސަތު އެބައޮތް ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދިޔަ ވަގުތު އިއްޔެ ވެސް މުޅި މާލެ އިން ކަރަންޓު ކެނޑުނެވެ.

ސްޓެލްކޯ އިން ބުނީ މި މަސައްކަތް ކުރިއަށް ގެންދަނީ މިއަދު ހަވީރު 5:00 އާ ހަމައަށް ކަމަށެވެ.

އެ ކުންފުނިން ބުނީ އަންނަ ހުކުރާއި ހޮނިހިރު ދުވަހު ވެސް އެ މަސައްކަތްތައް ކުރާނެ ކަމަށެވެ. ޓެކްނިކަލް މައްސަލައެއް ދިމާ ނުވާ ނަމަ، އެ މަސައްކަތުގެ އެންމެ ފަހު ދުވަހަކީ ހޮނިހިރެވެ. އަދި މި ދެ ދުވަހު ވެސް ހުޅުމާލެ އާއި މާލެ އިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ގްރިޑް ޕްރޮޖެކްޓް ހިންގަނީ މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅުވައިލުމަށް ހިންގުމަށެވެ. މި ޕްރޮޖެކްޓުގެ ދަށުން މިހާރު ކަނެކްޝަން ގުޅައި، ޕްރޮޖެކްޓު އެނަޖައިޒް ކޮށްފައިވާއިރު، މި ޕްރޮޖެކްޓު އެއްކޮށް ނިމުމުން މާލެ އަށް ކަރަންޓު ދޭނީ ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެ ބޭނުންކޮށްގެންނެވެ.

ސްޓެލްކޯގެ ގްރިޑް ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި ހަދާފައިވާ 50 މެގަވޮޓުގެ އިންޖީނުގެ 100 މެގަވޮޓުގެ އިންޖީނުގެއަކަށް ކުރިމަގުގައި ބަދަލު ކުރާނެ އެވެ.