06 އޯގަސްޓް 2016
ވިހެއުމަކީ ވޭން ހުރި ކަމެކެވެ. އެކަމަކު ބައެއް ފަހަރު ދިމާ އިދިކޮޅަށް ވެސް ދިމާވެ އެވެ. އިނގިރޭސި ވިލާތުގެ އަންހެނަކު މިފަދަ ތަފާތު ތަޖުރިބާއަކާ ކުރިމަތިވެއްޖެ އެވެ. ވިހެއުމަށް ހޭދަވީ މިނެޓަކަށް ވުރެ ވެސް ކުޑަ ވަގުތުކޮޅެކެވެ.
ވިހެއުމަކީ ވޭން ހުރި ކަމެކެވެ. އެކަމަކު ބައެއް ފަހަރު ދިމާ އިދިކޮޅަށް ވެސް ދިމާވެ އެވެ. އިނގިރޭސި ވިލާތުގެ އަންހެނަކު މިފަދަ ތަފާތު ތަޖުރިބާއަކާ ކުރިމަތިވެއްޖެ އެވެ. ވިހެއުމަށް ހޭދަވީ މިނެޓަކަށް ވުރެ ވެސް ކުޑަ ވަގުތުކޮޅެކެވެ.
ވިހަން ކައިރިވެއްޖެ ކަމަށް ހީވާތީ ޖެސިކާ ސްޓަބިންސް އާއި އޭނާގެ ފިރިމީހާ ކާރުގައި ހޮސްޕިޓަލަށް ދިޔައީ ވަރަށް ހަމަޖެހިލައިގެން ތިބެ އެވެ. ހޮސްޕިޓަލްގެ ދޮރުމައްޗަށް ޖެސިކާ ބާލާފައި ފިރިމީހާ ދިޔައީ ކާރު ޕާކުކޮށްލާފައި އަންނާށެވެ. ކާރު ޕާކުކޮށްފައި އަންނަން މިނެޓެއް ވެސް ހޭދަ ނުވެ އެވެ. އެ ވަގުތުކޮޅު ތެރޭގައި ޖެސިކާ ވިހައި ނިމިއްޖެ އެވެ.
ޖެސިކާގެ ފިރިމީހާ ޓޮމް އަށް އެ މަންޒަރެއް ނުފެނުނެވެ. ހާއްސަ ހިނދުކޮޅު ރެކޯޑް ވެފައި ވަނީ ދޮރު ކައިރީ ހުރި ސީސީޓީވީ ކެމެރާއަކުންނެވެ. ޖެސިކާ ހޮސްޕިޓަލަށް ވަންނަން ދޮރު ހުޅުވާލުމާ އެކު ވިހެއުމުގެ ވޭންވަރު އައީ އެވެ. ދޮރު ލައްޕާލަން ވެސް ވަގުތު ނުލިބުނެވެ. ސީސީޓީވީ ފުޓޭޖުން ފެންނަނީ ޖެސިކާ ގުދުވެލާފައި ތުއްތު ކުއްޖެއް ނަގައި އުރާލަނިކޮށެވެ.
"ގުޑް މޯޑިން ބްރިޓަން" ޝޯގައި ޖެސިކާ އާއި ޓޮމް ބައިވެރިވެ އެ ހާދިސާ ވަނީ ކިޔައިދީފަ އެވެ. ޖެސިކާ ބުނީ "އަންހެން ކުއްޖެކޭ" ކިޔާފައި ހަޅޭއްލަވަން ފެށުނު ކަމަށާއި ފިރިމީހާ ނެތި ހުރިހާ ކަމެއް ނިމުމުން ވަރަށް ދެރަވި ކަމަށެވެ.
ޖެސިކާ އާއި ފިރިމީހާ ޓޮމް އަދި އެ މީހުންގެ އަންހެން ދަރިފުޅު: މި ދަރިފުޅު ވިހެއުމަށް ހޭދަވީ މިނެޓަކަށް ވުރެ ކުރު ވަގުތުކޮޅެއް.
"ޖެސިކާ ހުރީ ވަރަށް ދެރަވެފަ އަހަރެން ނެތީސް ވިހޭމަ. އަހަންނަން ލިބުނީ ވަރަށް ބޮޑު ޝޮކެއް. ވެގެން އުޅެނީ ކީއް ކަމެއް ވެސް އޭރަކު ނޭނގެ،" ވިހޭއިރު 100 ވަރަކަށް ފޫޓު ދުރުގައި ހުރި ޓޮމް ބުންޏެވެ.
ޖެސިކާ ބުނީ އޭނާ ދޮރުމައްޗަށް ބާލާފައި ކާރު ޕާކުކުރަން ދާން ބުނީ އެވަގުތު ހަމަ އާދައިގެ ހާލަތެއްގައި ހުރުމުން ކަމަށެވެ.
"އަހަރެން ބުނީ ރަނގަޅުވާނޭ އަހަރެން ދޮރުމައްޗަށް ބާލާފައި ގޮސް ކާރު ޕާކު ކޮށްފައި އަޔަސް،" ޖެސިކާ ބުންޏެވެ.
ވިހޭއިރު ވެސް ޖެސިކާ ކޮޅަށް ހުރިކަން ފިރިމީހާ ޓޮމް އަށް އެނގުމުން ޝޯގައި ޓޮމް ވަނީ ޖޯކު ޖަހައިފަ އެވެ. އެހާވަރު ވީއިރު ވެސް ނުއިށީނީ ކީއްވެތޯ އެހުމުން ޖެސިކާ ބުނީ އެހާ ވަގުތުކޮޅެއް ވެސް ނުލިބުނީ ކަމަށެވެ.
ދެ ރަހިމުން މީހަކަށް އެއްފަހަރާ ދެ ކުދިން ލިބިއްޖެ
މަންމަގެ ރަހިމުގައި ފިލާ އިން ތުއްތު ކުއްޖެއް
ދުވަސް ނުފުރާ އުފަންވާ ކުދިން ރާއްޖޭގައި އިތުރުވަނީ
ޔޫކޭގެ މަގުބޫލު ނަންތަކުގެ ތެރޭގައި "މުހައްމަދު"
މާލީ މީހަކަށް އެއްމާބަނޑު ނުވަ ކުދިން ލިބިއްޖެ
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި
ތުއްތު ކުދިން މަރުވުން ހަމަ އިތުރުވީތަ؟
ޕޮލެންޑު މީހަކަށް އެއްމާބަނޑު ހަ ކުދިން ލިބިއްޖެ
"އެންމެ ކުޑަ ފިރިހެން ކުއްޖާ" ސަލާމަތްކުރެވިއްޖެ
ހޭ ނުނައްތާ ސިޒޭރިއަން ހެދުމުން ދައުވާކޮށްފި