Roadha Mihaaru
މާރާމާރީގެ މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ލ. ގަމުން ހަތަރު މީހަކު ހައްޔަރުކޮށްފި

26 އޯގަސްޓް 2018

މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ލ. ގަމުން ހަތަރު ފިރިހެނަކު ރޭ ހައްޔަރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ލ. ގަމުން ހަތަރު ފިރިހެނަކު ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ގަމު ތުނޑިއަވަށުގައި އަލަށް އާބާދުވި ސަރަހައްދުން އުމުރުން 23 އަހަރާއި 24 އަހަރު އަދި 27 އަހަރުގެ ދެ މީހަކު ރޭ 11 ޖަހާކަންހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމީހުން ހައްޔަރުކުރީ ކާރެއްގެ ތެރޭގައި ތިއްބަ އެވެ. ކާރު ތެރޭގައި އެމީހުން ތިބީ ކާކުކަން ނޭނގޭ ގޮތަށް މޫނު ފޮރުވައިގެން ކަމަށާއި އެ ތަނުން ވަޅިއާ ހުޑާއި ވިގްތަކެއް ވެސް ފެނިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އެމީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި،" އޮފިޝަލް ވިދާޅުވި އެވެ.

މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ގަމުން ހަތަރު މީހަކު ރޭ ހައްޔަރު ކުރިއިރު، ތުނޑިއަވަށުގައި ރޭ ދަންވަރު މާރާމާރީއެއް ހިންގައި ތިން މީހަކު ޒަހަމްކޮށްލާފައި ވެ އެވެ. ނަމަވެސް އެ ދެ ހާދިސާ ގުޅުމެއް އޮތް ކަމެއް އަދި ސާފެއް ނުވެ އެވެ.