Roadha Mihaaru
ގަމުގެ މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ލ. ގަމުގައި ހިންގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

27 އޯގަސްޓް 2018

ލ. ގަމުގައި ތޫނު އެއްޗަކުން ހަމަލަދީ، ތިން މީހަކު ޒަހަމްކުރި މައްސަލައިގައި އެ ރަށުން މިއަދު މީހަކު ހައްޔަރުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ލ. ގަމުގައި ތޫނު އެއްޗަކުން ހަމަލަދީ، ތިން މީހަކު ޒަހަމްކުރި މައްސަލައިގައި އެ ރަށުން މިއަދު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިންގި މާރާމާރީގެ މައްސަލާގައި އުމުރުން 23 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ ގަމު މުކުރިމަގު އަވަށުގެ ވަލުތެރޭގައި ފިލައިގެން އުޅެމުން ދަނިކޮށެވެ.

މި މާރާމާރީގައި އަނިޔާވި ތިން ފިިރިހެނުންގެ ތެރެއިން ހުސެއިން އާރިޝް އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާއިރު، މުޖްތާޒު އަލީއަށް ފަރުވާ ދެމުން އަންނަނީ ގަން ރީޖަނަލް ހޮސްޕިޓަލްގައި ކަމަށް އެ ރަށު ކަައުންސިލްގެ މެމްބަރު އަހްމަދު ޝަހީން ވިދާޅުވި އެވެ.

މި މާރާމާރީގައި ޒަހަމްވި ތިން ވަނަ މީހާ ކަމަށްވާ އަބްދުﷲ ސުއާލް އަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ އެ ރަށު ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.

ގަމުގައި ހިންގި މާރާމާރީގައި މިއަދު މީހަކު ހައްޔަރު ކޮށްފައިވާއިރު، ހޮނިހިރު ދުވަހުގެ ރޭ ވަނީ އެ ރަށުގައި މާރާމާރީއެއް ހިންގަން އުޅުނު ކަމުގެ ތުހުމަތަށް ހަތަރު މީހަކު ހައްޔަރު ކޮށްފަ އެވެ.