ތުރުކީގެ ފުޓްބޯޅަ ކްލަބަކަށް ފައިސާގެ ދަތިކަން ބޮޑުވެ، ކްލަބު ކުރިއަރުވަން ދަތިވުމާ ގުޅިގެން، އިންވެސްޓްމަންޓެއްގެ ގޮތުގައި ޓީމުގެ 18 ކުޅުންތެރިޔަކު ވިއްކާލައި، ބަކަރިތަކެއް ގަނެފި އެވެ.
23 އޯގަސްޓް 2018
ތުރުކީގެ ފުޓްބޯޅަ ކްލަބަކަށް ފައިސާގެ ދަތިކަން ބޮޑުވެ، ކްލަބު ކުރިއަރުވަން ދަތިވުމާ ގުޅިގެން، އިންވެސްޓްމަންޓެއްގެ ގޮތުގައި ޓީމުގެ 18 ކުޅުންތެރިޔަކު ވިއްކާލައި، ބަކަރިތަކެއް ގަނެފި އެވެ.
އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަކަރިތަކެއް ގަންނަން ވިއްކައިލީ ދެވަނަ ޑިވިޝަނުގެ ކުޑަ ކްލަބެއް ކަމަށްވާ ގަލްސްޕޯގެ ކުޅުންތެރިންތަކެކެވެ. އެ ކްލަބުގެ 18 ކުޅުންތެރިން، 10 ބަކަރި ގަންނަން ވިއްކައިލީ ގާތްގަނޑަކަށް ތުރުކީގެ 15،000 ލިރާ (2،600 ޑޮލަރު) އަށެވެ.
މިކަމާ ބެހޭ ގޮތުން ގަލްސްޕޯގެ ރައީސް ކެނާން ބުޔުކްލެބްލެބީ ބުނީ ކުޅުންތެރިން ވިއްކައިލަން މަޖުބޫރުވި އެއް ސަބަބަކީ ޓީމް ތަރައްގީކުރަން ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކުން ވެސް އެކަށީގެންވާ އެއްބާރުލުމެއް ނުލިބި، މާލީ ދަތިތަކާ ކުރިމަތިލާން ޖެހުމެވެ.
Isparta'da bir amatör kulüp olan Gülspor, 18 futbolcu satıp yerine 10 keçi aldı. Keçilerden elde edilen gelir, kulüp giderlerinde kullanılacak. pic.twitter.com/5XZEweDxC6
— Futbol Detay (@futboldetaycom) August 15, 2018
ކެނާން ގަތް ބަކަރިތަކަކާ އެކު.
އޭނާ ބުނި ގޮތުގައި ކުޅުންތެރިން ވިއްކާލައި، ގަތް ބަކަރިތަކުން އަހަރެއްގެ މައްޗަށް 4،000-5،000 ލިރާގެ އާމްދަނީއެއް ކިރާއި ބަކަރި މަސް ވިއްކައިގެން ލިބޭނެ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ބަކަރީގެ އަދަދު 140 އަށް އިތުރުކޮށްލެވޭނެ ކަމަށް ވެސް ބުންޏެވެ.
"ޓީމެއް ތަރައްގީ ކުރަންޏާ އެބަ ޖަހޭ ފައިސާ ވެސް ހުންނަން. އެކަމަކު މި ވަގުތަށް ފަންޑް ހޯދޭނެ އިތުރު އެއްވެސް ގޮތެއް ނެތީމަ ކުޅުންތެރިންތަކެއް ވިއްކާލައިގެން، ފައިސާ ހޯދައިގެން އަލުން ޒުވާން ޓީމެއް ބިނާ ކުރުން އަހަރެމެންގެ ޓާގެޓަކީ،" ކެނާން ސީއެންއެން އަށް ބުންޏެވެ.
ގަލްސްޕޯއަކީ 1954 ގައި އުފެއްދި ޓީމެކެވެ.
ކަންފަތް ދިގު ބަކަރިއެއް ޕާކިސްތާނުގައި ތަރިއަކަށް
ދަނޑަށް ވަނުން މަނާކުރުމުން މެޗު ބެލީ ކްރޭނެއްގައި
ފޭސްބުކް ގޮވައިގެން "މާކް ޒަކަބާގް" ކޯޓަށް!
ބާރަށް ދުއްވި، ތުރުކީ ޓްރާންސްޕޯޓް މިނިސްޓަރު ޖޫރިމަނާ
"މިއީ ރަތް ރޮނގު ރައީސް ވަރަށް ބާރަށް ފަވާލި ރޭ"
އަސްކަރީ އިތުރު އުޅަނދުތައް ދާދި އަވަހަށް ފެންނާނެ
ތުރުކީން ހަދިޔާކުރި މަނަވަރު އެމްއެންޑީއެފާ ހަވާލުކޮށްފި
ތުރުކީން ހަދިޔާކުރާ މަނަވަރު ރާއްޖެ ގެނެސްފި
އިރާގުގައި ހޮހޮޅައަކަށް ވަން ސިފައިންތަކެއް މަރުވެއްޖެ
ތުރުކީގެ ވަފުދު ރައީސްގެ އަރިހަށް؛ އެއްބާރުލުން ދޭނެ!