03 މެއި 2018
ފުޓްބޯޅައިގެ ފޯރީގައި ކޮންމެ ކަމެއް ވެސް ކޮށްފާނެ އެވެ. ތުރުކީގެ މި މީހާ އަކީ މީގެ ތެރެއިން ވެސް އަރާ ހުރި މީހެކެވެ.
ފުޓްބޯޅައިގެ ފޯރީގައި ކޮންމެ ކަމެއް ވެސް ކޮށްފާނެ އެވެ. ތުރުކީގެ މި މީހާ އަކީ މީގެ ތެރެއިން ވެސް އަރާ ހުރި މީހެކެވެ.
ތުރުކީގެ ކްލަބެއް ކަމަށްވާ ޑެނިޒްލިސްޕޯރްގެ ސަޕޯޓަރެއް ކަމަށްވާ އަލީ ޑެމިރްކާޔާ ސްޓޭޑިއަމަށް ވަނުން 12 މަސް ދުވަހަށް އޮތީ މަނާކޮށްފަ އެވެ. އަދި އޭނާ ސަޕޯޓްކުރާ ކްލަބް ކުޅޭ ކޮންމެ ދުވަހަކު ފުލުހުންގެ މަރުކަޒަކަށް ގޮސް، ސްޓޭޑިއަމަށް ނުދާކަން ބަޔާންކޮށް ސޮއިކުރަން ޖެހެ އެވެ. އެކަމަކު މިއީ ކޮން ކަމަކާ ގުޅިގެން އަލީ އަށް ދީފައިވާ އަދަބެއް ކަމަށް ނޭނގެ އެވެ.
އެކަމަކު އަލީގެ ލޯބިވާ ކްލަބް ރެލިގޭޝަނުން ސަލާމަތްވުމާ ގުޅިފައި އޮތް މެޗު ނުބަލާ އޭނާއަކަށް ކެތެއް ނުވި އެވެ. އެހެންވެ އޭނާ އެ މެޗު ބެލީ ކްރޭނެއް ކުއްޔަށް ހިފުމަށް ފަހު ސްޓޭޑިއަމް ބޭރުގައި ބާއްވައި ކްރޭނުގެ ދަނޑީގެ ކޮޅުގައި އިނދެގެންނެވެ.
"އެއީ ވަރަށް މުހިންމު މެޗެއް. އެ ދުވަހު ވެސް ޕޮލިހަށް ދާންޖެހޭ، ސްޓޭޑިއަމަށް ނުވަންނަކަމަށް ސޮއިކުރަން. އެކަމަކު އެ ދުވަހު ޕޮލިހުން ނިކުމެފައި ދެން ކުރި ކަމަކީ ކްރޭނެއް ކުއްޔަށް ހިފުން،" އަލީއާ ހަވާލާދީ މީޑިއާގައި ބުނެފައިވެ އެވެ.
Yamuk Ali iş başında #Denizlispor (ceza yemiş gene?) pic.twitter.com/PwEf1bf9cx
— Ömer Faruk Doğan (@FarukDogaan) April 28, 2018
އަލީ ކްރޭނުގައި އިނދެގެން މެޗު ބަލަނީ
ތުރުކީގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި މީހާ މެޗު ބަލަން ކްރޭނަށް ހަރަދުކުރަން ޖެހުނީ ގާތްގަނޑަށް 85 ޑޮލަރެވެ.
އަލީ ކްރޭނުގައި އިނދެ ކުޅުންތެރިންނަށް އަތުން އިޝާރާތްކޮށް ކްލަބަށް ސަޕޯޓްކުރަން ފެށުމުން ސްޓޭޑިއަމްގައި ތިބި މީހުންނަށް އެކަން މާ މަޖާ ކަމަކަށް ވެގެން އެ ދިމާލަށް ޝައުގުވެރިކަން ހުއްޓުނެވެ.
އެކަމަކު ދެރަ ކަމަކީ އެހާ މަސައްކަތުން ބެލި މެޗުން ބަލިވެ އަލީގެ ކްލަބް ރެލިގޭޓް ވުމެވެ.
ކްލަބްގެ ރައީސް ރެފްރީގެ މޫނުމަތީގައި ޖެހި މައްސަލައެއް
މެޗު ޕްރިވިއު: އިޓަލީ - ތުރުކީ
މެޗެއްގައި ތޫނު ތިލައެއް ގެންގުޅުނު މައްސަލައެއް ބަލަނީ
ކްލަބް ކުރިއަރުވަން ބަކަރިތަކެއް ގަނެފި
ގުރު ދިމާވެ ފުވައްމުލައް ކުއާޓާއަށް
މާލޭގެ ދެކުޅުންތެރިއަކު ރަށްވެހިކަން ބަދަލުކުރި މައްސަލަ
އޭދަފުއްޓަކީ ރާއްޖޭގެ ބްރެޒިލްތަ؟
ކީޕަރުގެ ޓެކުލްގެ ވީޑިއޯ އަށް 12 މިލިއަން ވިއުސް
ގުރައިދޫ އެއްވަނަ، ފުވައްމުލަކާއި ތިމަރަފުށި ގުރަކަށް
އޭދަފުށީގެ ދުވަހެއް، ދިއްދޫ ކަޓުވާލުމަށްފަހު ކުއާޓާއަށް