Roadha Mihaaru

ބާރަށް ދުއްވުމުން ތުރުކީގެ ޓްރާންސްޕޯޓް މިނިސްޓަރު ޖޫރިމަނާކޮށްފި

ތުރުކީގެ ޓްރާންސްޕޯޓް މިނިސްޓަރު އަބްދުލްގާދިރު އުރަލޮގުލޫ އެ ގައުމުގެ ހައިވޭއެއްގައި ބާރަށް ދުއްވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ޕޯސްޓްކުރުމާ އެކު އޭނާ ޖޫރިމަނާކޮށްފި އެވެ.

ބާރަށް ދުއްވި، ތުރުކީ ޓްރާންސްޕޯޓް މިނިސްޓަރު ޖޫރިމަނާ

ތުރުކީގެ ޓްރާންސްޕޯޓް މިނިސްޓަރު އަބްދުލްގާދިރު އުރަލޮގުލޫ އެ ގައުމުގެ ހައިވޭއެއްގައި ބާރަށް ދުއްވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ޕޯސްޓްކުރުމާ އެކު އޭނާ ޖޫރިމަނާކޮށްފި އެވެ.

ޓާކީއެކްސެލެރޭޓްސް ހޭޝްޓެގްގައި އެކްސްގައި ޕޯސްޓްކޮށްފައިވާ ވީޑިއޯތަކުން ފެންނަނީ ލަވަ ޖަހަމުން އަދި ރައީސް ރަޖަބް ތައްޔިބު އުރުދުގާންނެ ތަގުރީރަކުން ކްލިޕްތަކެއް ޖަހަމުން ދުއްވާތީ އެވެ.

ބައެއް ވީޑިއޯތަކުން ވެހިކަލްގެ ސްޕީޑް މީޓަރު ފެންނައިރު ގަޑިއަކު 190 އާއި 225 ކިލޯމީޓަރާ ދެމެދުގައި ދުވެހި ހުރިކަން އެނގެ އެވެ.

ތުރުކީގެ ހައިވޭތަކުގައި އެންމެ ބާރަށް ދުއްވަން ހުއްދަ އޮންނަނީ 140 ކިލޯމީޓަރަށެވެ.

އޭގެ ގަޑިއިރުތަކެއް ފަހުން މިނިސްޓަރު ވަނީ އޭނާ ޕޯސްޓްކުރި ވީޑިއޯތަކުގެ ސަބަބުން ލަނޑު ލިބިއްޖެ ކަމަށާއި ސްޕީޑް ލިމިޓަށްވުރެ ބާރަށް ދުއްވުމުން ޖޫރިމަނާކޮށްފި ކަމަށް ވިދާޅުވެ ޕޯސްޓެއް ކުރައްވައިފަ އެވެ.

"އަންކާރާ-ނިގްޑޭ ހައިވޭގެ ގޮތް ބަލައިލަން ދުއްވި ދުއްވުމުގައި ކުޑަ ހިނދުކޮޅަކަށް ސްޕީޑް ލިމިޓަށް ވުރެ މައްޗަށް ދިޔައީ. ޕޯސްޓްކުރެވިފައި ހުރި ވީޑިއޯތަކާ ހެދި އަމިއްލައަށް މިކަމުގައި ބެދިއްޖެ،" އޭނާ ލިޔުއްވާފައިވެ އެވެ.

އޭނާ ޕޯސްޓްކުރި ޕެނަލްޓީ ނޯޓިސްގައިވާ ގޮތުން ގަޑިއަކު 225 ކިލޯމީޓަރުގެ ބާރު މިނުގައި ދުއްވާފައިވެ އެވެ. އަދި އެކަމުގެ އަދަބަކަށް 9،267 ތުރުކީ ލީރާ (225 ޑޮލަރު) އިން ޖޫރިމަނާ ކޮށްފައިވެ އެވެ.

"މީގެ ފަހުން މިކަމަށް އިތުރަށް ސަމާލުކަން ދޭނަން،" މިނިސްޓަރުގެ ޕޯސްޓުގައިވެ އެވެ. "ސްޕީޑް ލިމިޓަށް ހުރުމަތްތެރިކޮށް ހިދުމަކީ އެންމެންނަށް ވެސް އޮތް ވާޖިބެއް." -- އޭއެފްޕީ