04 އޯގަސްޓް 2016
މޮބައިލް ކޮމާސްއާ ދޭތެރޭ ދިވެހިން ދެކޭ ގޮތް ބަދަލު ކޮށްލި ޕްލެޓްފޯމް "ފުޑް ހަބް"ގެ ހިދުމަތް އައްޑު އަށް ފުޅާކޮށްފި އެވެ.
މޮބައިލް ކޮމާސްއާ ދޭތެރޭ ދިވެހިން ދެކޭ ގޮތް ބަދަލު ކޮށްލި ޕްލެޓްފޯމް "ފުޑް ހަބް"ގެ ހިދުމަތް އައްޑު އަށް ފުޅާކޮށްފި އެވެ.
އެވްތިރިން ރެޑް އިން އުފައްދައި ރާއްޖޭގައި ތައާރަފް ކޮށްފައިވާ ފުޑް ހަބް އަކީ ކެފޭ، ރެސްޓޯރަންޓް އަދި ހޮޓާތަކާއި އާންމުން ގުޅުވައިދޭ ޕްލެޓްފޯމެކެވެ. މިހާރު ވެސް އެއް ލައްކައެއްހާ ދިވެހިން ބޭނުން ކުރާ މި ވެބްސައިޓުގެ ހިދުމަތް މެދުވެރިކޮށް ކެއިންބުއިން އޯޑަރު ކުރެވެ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި މިއަދުން ފެށިގެން އައްޑޫގެ ރައްޔިތުންނަށް ފުޑް ހަބްގެ ހިދުމަތް ބޭނުން ކުރެވޭނެ އެވެ. އެގޮތުން، ކާއެއްޗެއްސަށް އޯޑަރު ދީ ޑެލިވަރީ އަދި ޓޭކްއަވޭގެ ހިދުމަތް ހޯދޭނެ ކަމަށް ބުނެ އެވެ.
މީގެ އިތުރުން އައްޑޫގައި ހުންނަ ރެސްޓޯރަންޓުތަކާއި އަމިއްލަ ފަރާތްތަކުން ވެސް ފުޑްހަބާ ގުޅިގެން މަސައްކަތް ކުރަން ޝައުގުވެރިވާ ނަމަ އެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށް އެވްރިތިން ރެޑުން ބުނެ އެވެ.
"ފުޑް ހަބްގެ ހިދުމަތް މާލޭގެ އިތުރުން ފުވައްމުލަކަށް ވެސް ވަނީ ތައާރަފް ކޮށްފައި. އަދި މިއަދު އެ ހިދުމަތްތައް ތައާރަފް މި ކުރީ އައްޑު އަށް. އަޅުގަނޑުމެން އެދެނީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން އައްޑޫގެ ރައްޔިތުންގެ އާންމު ދިރިއުޅުން ފަސޭހަވެ، ކުރިއެރުން ހޯދައިދޭން،" އެވްރިތިން ރެޑްގެ ސީއޯއޯ މުހައްމަދު ރިފާއު ވިދާޅުވި އެވެ.
ފުޑް ހަބް އަކީ ރާއްޖޭގެ ހުރިހާ ރަށަކުން ހުރިހާ ކެފޭ އަދި ރެސްޓޯރަންޓުތައް ގުޅިވައިދިނުމުގެ ގާބިލްކަން ހުރި ޕްލެޓްފޯމެކެވެ. އެ ކުންފުނިން މަސައްކަތް ކުރަނީ އިންޓަނެޓް މެދުވެރިކޮށް ރެސްޓޯރަންޓުތަކުން ލިބެން ހުންނަ ޑިޝްތައް ބަލައިލާ، ލުއި ފަސޭހަ ގޮތަކަށް އެ ޑިޝްތަކަށް އޯޑަރު ދެވޭނެ ގޮތް ހަމަޖައްސައިދިނުމަށެވެ.
އަދި މިއީ ރެސްޓޯރަންޓުތަކަށް އެތަންތަނުގެ އުފެއްދުންތަކާއި ހިދުމަތްތައް އިސްތިހާރު ވެސް ކުރެވޭ ޕްލެޓްފޯމެކެވެ. ފުޑް ހަބުން އަމާޒު ހިފާފައި ވަނީ މިއަހަރު ނިމުމުގެ ކުރިން އެތަނުގެ ހިދުމަތް ރާއްޖޭގެ ބޮޑު ބަޔަކަށް ފޯރު ކޮށްދިނުމަށެވެ.
ފުޑްހަބުން ޕިއްޒާ އޯޑަރު ކޮށްގެން އައިފޯނެއް
ފުޑް ހަބް ބޮޑު ބަދަލަކާ އެކު ލަންކާ އަށް ވެސް!
އެވްރިތިންގް ރެޑާއި އުރީދޫ މޯބައިލް މަނީ ގުޅާލައިފި
އިއްމިގެ ހެޓްރިކް ހުއްޓުވޭނެ ގޮތެއް އައްޑޫއަށް ނުހޯދުނު
މޫދަށް ކްލޮރިން އެޅުމުން ދިރުންތައް މަރުވެގެން ލައްގަނީ
އީގަލްސް އިން އިއްބެ ރިލީޒްކޮށްފި، އަގަކީ އެއް ލައްކަ
އިއްބެގެ ލަނޑުން އައްޑުއަށް ދެވަނަ ބުރުގެ ޖާގަ ޔަގީން
އައްޑޫ އަތުން ޕޮއިންޓް ހޯދައި ގުރައިދޫ ފޭވަރިޓަކަށް
އައްޑޫ ސިޓީ ކައުންސިލްގެ އެސްޖީ ކަމަށް އިމާދު ސޯލިހް
އައްޑުއަށް ކުރެންދޫ ކައިރިން ގަދައެއް ނުވެވުނު