26 މެއި 2016
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އީ-ކޮމާސްގެ ހިދުމަތް ދޭ "އެވްރީތިންގް ރެޑް"ގެ އުފެއްދުންތަކަށް މޯބައިލް ފޯނުން ފައިސާ ދެއްކޭނެ ގޮތް އުރީދުއާ ގުޅިގެން މިއަދު ހަދައިފި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އީ-ކޮމާސްގެ ހިދުމަތް ދޭ "އެވްރީތިންގް ރެޑް"ގެ އުފެއްދުންތަކަށް މޯބައިލް ފޯނުން ފައިސާ ދެއްކޭނެ ގޮތް އުރީދުއާ ގުޅިގެން މިއަދު ހަދައިފި އެވެ.
"އެވްރީތިންގް ރެޑް" އަކީ އިންޓަނެޓުގެ ޒަރީއާއިން ވަރަށް ގިނަ ހިދުމަތްތަކެއް ހޯދޭ ގޮތަށް ޑިޒައިންކޮށްފައިވާ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުގައި ހިމެނޭ އެންމެ މަގުބޫލް ހިދުމަތަކީ ކާތަކެތި އޯޑަރު ކުރެވޭ "ފުޑް ހަބް" އެވެ.
އެވްރީތިންގް ރެޑުން ބުނި ގޮތުގައި ފުޑް ހަބުގެ އިތުރުން ވެސް އެ ކުންފުނީގެ އެހެން ހިދުމަތްތަކަށް ވެސް މޯބައިލް ފޯނު މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ހެދުމަށް އުރީދޫއާ އެކު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން، އުރީދޫގެ "މޯބައިލް މަނީ" އެވްރީތިން ރެޑުގެ ޕްލެޓްފޯމުގައި ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"މިއީ އަނެއްކާ ވެސް ރާއްޖޭގެ އީ-ކޮމާސް ސިނާއަތް ބަދަލުކޮށްލާނެ ފަދަ ހިދުމަތެއް،" އެވްރީތިންގް ރެޑްގެ މެނޭޖަރު، މާކެޓިން އެންޑް ޕީއާރު ނާވީ އާދަމް ވިދާޅުވި އެވެ.
އުރީދޫން މޮބައިލް މަނީގެ ހިދުމަތް މިދިޔަ މާޗު މަހު ތައާރަފު ކުރީ 1.5 މިލިއަން ޑޮލަރު ބަޖެޓަކުންނެވެ. އިސްލާމިކް ބޭންކު މެދުވެރިކޮށް ދޭ މި ހިދުމަތުގައި އެސްޓީއޯ އާއި ސްޓެލްކޯ ފަދަ ރާއްޖޭގެ ބޮޑެތި ބައެއް ކުންފުނިތަކުން ވެސް ވަނީ ބައިވެރިވެފަ އެވެ.
އެވްރީތިންގް ރެޑްގެ ފުޑް ހަބަކީ ރެސްޓޯރަންޓް އަދި ކެފޭތަކަށް އޯޑަރު ދިނުމަށް ހާއްސްކޮށް ތައާރަފްކުރި ހިދުމަތެކެވެ. ފުޑް ހަބް އެޕްލިކޭޝަން މެދުވެރިކޮށް، ކާއެއްޗެއްސަށް އޯޑަރު ދިނުމުގެ އިތުރުން ރެސްޓޯރަންޓުން މޭޒު ބުކްކުރެވެ އެވެ. އަދި އޯޑަރު ދިން ކާއެއްޗިހި ހިފައިގެން ދަތުރުކުރާ މީހާ ވީ ހިސާބެއް އެސްއެމްއެސް މެދުވެރިކޮށް ލިބެ އެވެ. މީގެ އިތުރުން އެ އެޕްލިކޭޝަނުން އޯޑަރު ދޭ ފަރާތްތައް ބީކަން ޓެކްނޮލޮޖީ މެދުުވެރިކޮށް، އެ މީހާ ހުރި ތަނެއް ދެނެގަނެ ހާއްސަ ޑިސްކައުންޓް ރޭޓެއްގައި ކާއެއްޗެތި ލިބެ އެވެ.
ފުޑް ހަބުގެ އިތުރުން ވެސް އެވްރީތިންގް ރެޑުން އަންނަނީ އީ-ކޮމާސްގެ އެހެން ހިދުމަތްތަކެއް ވެސް ދިނުމަށް ތައްޔާރުވަމުންނެވެ. އޭގެ ތެރޭގައި މުދާ ވިއްކާ "އީ ސްޓޯރު"، ކައިރީގައި ހުރި މުހިއްމު ތަންތަން ދެނެގަނެވޭ "100 އެމްވީ" އަދި ބިލާއި އެހެނިހެން އަސާސީ ހިދުމަތްތަކަށް ފައިސާ ދެއްކޭ "ބިލް ޕޭ" ހިމެނެ އެވެ.
ފުޑްހަބުން ޕިއްޒާ އޯޑަރު ކޮށްގެން އައިފޯނެއް
ފުޑް ހަބް ބޮޑު ބަދަލަކާ އެކު ލަންކާ އަށް ވެސް!
ފުޑްހަބްގެ ޑިޖިޓަލް އިނޮވޭޝަން އައްޑު އަށް
ސްޕާ ސިލޯންގެ އޮފާތައް ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް
އެމްފައިސާގެ ޓާމްސް އެންޑް ކޮންޑިޝަނަށް ބަދަލުތަކެއް
އުރީދޫ ސުޕަނެޓުން އަންލިމިޓެޑްކޮށް އިންޓަނެޓް
އުރީދޫގެ ދޯހާ މެރަތަންއަށް ދާ ދެ ދިވެހިން ހޮވައިފި
"ގްރޯ ވިތު އުރީދޫ" ސެޝަނެއް ސ. ފޭދޫގައި
މުވާސަލާތީ ހިދުމަތުން އިތުރު ފީއެއް ނަގަނީ
ފަން ރަންއަށް ރަޖިސްޓްރީކުރުމުގެ މުއްދަތު މިރޭ ހަމަވަނީ