22 އޯގަސްޓް 2018
ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ހާލުކޮޅާމެދު މަޖިލީހުގެ ބައެއް މެމްބަރުންނާއި ސިޔާސީ ބޭފުޅުން ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ހާލުކޮޅާމެދު މަޖިލީހުގެ ބައެއް މެމްބަރުންނާއި ސިޔާސީ ބޭފުޅުން ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
މައުމޫންގެ ހާލުކޮޅު ގޯސްވެ، އެމަނިކުފާނަށް ފަރުވާ ދިނުމަށް އިއްޔެ ވަނީ މާލެއިން މާފުށީ ޖަލަށް ޑޮކްޓަރުން ގެންގޮސްފަ އެވެ.
މައުމޫންގެ ހާލުކޮޅާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ޓްވީޓް ކުރެއްވި ގިނަ ބޭފުޅުން ވަނީ، އިތުރު ފަރުވާއަށް އެ މަނިކުފާނު ގެއަށް ބަދަލު ކުރެއްވުމަށް ގޮވައިލައްވާފަ އެވެ.
.@maumoonagayoom ge shihee Haalu koh vanee kan bodu vaa hisaabu ga, Doctor Lafaadhenee Ithurah faruvaa dhinumahtakaa E Manikufaanu Male’ gendhiumah. RY masaiykaiy kuranee RM ah e fusathu ves nudhinumah! RY mee konfadha bodu aniyaaveri ehtho? RM vaguthun minivan kurumah govaalan.
— Mohamed Musthafa (@Thimarafushi) August 22, 2018
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ މައުމޫންގެ ހާލުކޮޅު ކަންބޮޑުވާ ދަރަޖައަށް ގޮސްފައިވާ ކަމަށާއި ޑޮކްޓަރުން ލަފާ ދެނީ ވީހާ ވެސް އަވަހަކަށް އެ މަނިކުފާނު މާލެ ބަދަލު ކުރެއްވުމަށް ކަމަށެވެ. އެކަމަކު ކޮއްކޯފުޅު އަދި ރައީސް އަބްދުﷲ ޔާމީން އެ ފުރުސަތު ދޭން ބޭނުންވެ ވަޑައި ނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް ވިދާޅުވީ މައުމޫންގެ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، އެ މަނިކުފާނަށް ފަރުވާ ދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް ނުކުޅެދިފައިވާ ކަމަށެވެ. އެހެންވެ، ވީ އެންމެ އަވަހަކަށް އެ މަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
Raees Maumoon ge sihee haalu kolhu varah bodah dherave emanikufaanah sihee eheetheri kan foaru kohdhinumugai kamaa behey faraaithakah nukulhedhevifai vaakan faahaga kureveythee emanikufaanu mihaarun mihaarah geah badhalu koh dhinumah govaalan.
— Abdul Latheef (@funamalatheef) August 21, 2018
ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވީ މައުމޫން ޖަލުގައި އެކަހެރިކޮށް ނުބެހެއްޓުމަށް ޑޮކްޓަރުން އިރުޝާދު ދެއްވާ ކަމަށާއި އެހެންވެ، އެ މަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް ކަމާ ބެހޭ ހުރިހާ ފަރާތްތަކަށް ގޮވާލައްވާ ކަމަށެވެ.
ރޭ ފުވައްމުލަކުގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި، އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓު ފައިސަލް ނަސީމް ވެސް ވަނީ، މައުމޫންގެ ހާލުކޮޅާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، އެ މަނިކުފާނު އާއިލާ ގާތަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
"ސަރުކާރުން ދަނީ އެ މަނިކުފާނުގެ ހާލާމެދު ފުރަގަސްދެމުން. އަނިޔާގެ މައްޗަށް އިތުރަށް އަނިޔާވަމުންދާތަން. ސަރުކާރުގެ އެންމެހާ ފަރާތްތަކަށް، ގޮވާލަން ރައީސް މައުމޫނަށް އެ މަނިކުފާނުގެ އާއިލާއާއެކު ހިތްހަމަޖެހިގެން، އުފަލާއެކު އުޅެވޭނެ ގޮތް މެދުވެރިކޮށްދޭން،" ފައިސަލް ވިދާޅުވި އެވެ.
Raees UZ. @maumoonagayoom ekani ekaherikoh nubehettevumah doctor dhevvaafai vaa lafayaai eggoiyvaa gothuge mathin RM ge ah badhalu koh dhevvumah edhi kamaa behey hurihaa faraaiy thakah govaalan. pic.twitter.com/w2F3qXHXnM
— PPM Waddey (@Lawyer_Waddey) August 22, 2018
އުމުރުފުޅުން 82 އަހަރުގެ ކުރީގެ ރައީސްގެ ހާލުކޮޅު ސީރިއަސްވެފައިވީ ނަމަވެސް އެ މަނިކުފާނު ގެއަށް ބަދަލު ނުކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން، ރައީސް ޔާމީނަށް ވަނީ އަމާޒުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މައުމޫންގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު އެ މަނިކުފާނު މާލެ ފޮނުއްވުމަށް، ރައީސް ޔާމީން ދެކޮޅު ހައްދަވަމުންދާ ކަމަށެވެ. އަދި އެ މަނިފާނުގެ ސިޔާސީ އިދިކޮޅުންތަކުގެ ސަބަބުން ޖަލުގައި އެކަކު މަރުވެފައިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
President Maumoon‘s health is rapidly deteriorating. @Corrections_Mv refusing to bring him to hospital in Malé, despite Dr.’s recommendations.
— Eva Abdulla ?❓ (@evattey) August 22, 2018
Yameen’s sick political vendettas have already killed one political prisoner in custody.
Over 20 custodial deaths, none investigated.
ޔާމީނަށް ފާޑުކިޔައި، ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަމުން އަންނަ މީހުން ބުނާ ގޮތުގައި ރާއްޖޭގައި ގިނަ އަހަރުތަކެއް ވާންދެން ވެރިކަން ކުރައްވައި، ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅަކާ މެދު އެ ފަދަ ގޮތަކަށް އަމަލު ކުރުމަކީ ލަދު ގަންނަން ޖެހޭ ކަމެކެވެ. އަދި އެއީ އޯގާތެރިވެރިއެއްގެ ސިފަ ނޫން ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މައުމޫން ޖަލުގައި ބަންދު ކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށެވެ. އަދި ޖަލުގައި ސިއްހީ އެކަށީގެންވާ ފަރުވާ ނުދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރުން މިހާރަށް ރައީސް މައުމޫން ގެ އަށް ބަދަލު ކޮށްދެއްވަން އެބަޖެހޭ،" އަމީތު ވިދާޅުވި އެވެ.
Jaluga bandhu koffa behettumakee rakkaatheri noon kameh kamah Doctorun advise dhevvaafa vey. @Corrections_Mv in #RM kuda golheega baavvan beynun vaa sababakee kobaitho?
— Mohamed Ameeth (@MohamedAmeeth) August 21, 2018
Jaluga sihhee ekasheegenvaa faruvaa eh nudhevey. Mihaarun mihaarah #RM ge'ah badhalu kohdhevvan eba jehey.
މައުމޫން، އެއް އަހަރާއި ހަތް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ ޖުލައިގައި ހުކުމް ކުރީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ފުލުހުން ހިންގި ތަހުގީގަށް އެމަނިކުފާނުގެ ފޯނު ނުދެއްވި ކަމަށް ބުނެ، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެގެންނެވެ. މިދިޔަ ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ މައުމޫން ހައްޔަރު ކުރީ އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ގާނޫނާ ޚިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ދަނީ ހިންގަމުންނެވެ. ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް މައުމޫންގެ މައްޗަށް އަންނާނެ އެވެ. މައުމޫން ގެންދަވަނީ ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯގެ ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ. އެއީ ކުއްލިއަކަށް ބޯއަނބުރައި ކޮއްޅަށް ހުންނަން ދަތިވެ އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭ ޒާތުގެ ބައްޔެކެވެ.
މައުމޫންގެ ލޮލުގެ ފަރުވާއަށް ޑރ. ޖުނައިދުގެ ތައުރީފް
މައުމޫންގެ ހާލުކޮޅު ގޯސްވެ، ޖަލަށް ޑޮކްޓަރެއް ގެންދަނީ
ކާފަބޭފުޅުންނަށް މައުމޫނާ ބައްދަލުވެވޭގޮތް ހަދަން އެދެފި
މަސްނޫއީ އަތާއި ފައި ހަދައިދޭ ލެބް ހުޅުވައިފި
ގައިދީން ސްޕެޝަލިސްޓުންނަށް ދައްކަން އޮޕަރޭޝަނެއް
އެސްޓީއޯގެ ރޭޑިއޯގްރަފީ ކޯސް ފަށައިފި
އުމަރު ޒާހިރަކީ މި ޖީލުގެ ޝަހުސިއްޔަތު: ފައިސަލް
ސިއްހީ ނުރައްކަލުން ސަލާމަތްވާން އާ ގޮތަކަށް އުޅެންޖެހޭ
ހަތަރު ދުވަސްތެރޭ ޖަލުން 36 މީހަކު ކޮވިޑަށް ޕޮޒިޓިވް
މަޖުބޫރުން މީހުން މާލެ އަަށް އެއްނުކުރާނަން: ފައިސަލް