16 އޯގަސްޓް 2018
ރާއްޖޭގެ އެންމެ ބޮޑު ފިހާރަ، "ރެޑްވޭވް މެގަ މޯލް" މިއަދު ހަވީރު ހުޅުވުމާއެކު ތޮއްޖެހިއްޖެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ފިހާރަ، "ރެޑްވޭވް މެގަ މޯލް" މިއަދު ހަވީރު ހުޅުވުމާއެކު ތޮއްޖެހިއްޖެ އެވެ.
ހުޅުމާލޭގެ ދުވާ ޓްރެކް ދަނޑު ކުރިމަތީގައި ހަތަރު ބުރިއަށް ހަދާފައިވާ ބިޔަ ފިހާރަ މިއަދު ހަވީރު 4:00 ގައި ހުޅުމުގެ ކުރިން ވެސް ގިނަ އަދަދެއްގެ ބަޔަކު، ފިހާރަ ކައިރީގައި ތިއްބެވެ. ފިހާރަ ރަސްމީކޮށް ހުޅުވުމާއެކު، ކަސްޓަމަރުން އެކި ފްލޯތަކަށް އަރައި، ވިޔަފާރިކުރަން ފެށި އެވެ.
ރެޑްވޭވުން ހުޅުމާލޭގައި މިއަދު ހަވީރު ހުޅުވި "ރެޑްވޭވް މެގަމޯލް" އިން ކަސްޓަމަރުން ވިޔަފާރިކުރަނީ: މިތަނުގައި ލައްކައަށް ވުރެ ގިނަ އައިޓަމް ލިބެން ހުރޭ. ފޮޓޯ: އަހުމަދު ނިޝާތު /މިހާރު
ރެޑްވޭވުގެ މުވައްޒަފުން ތިބީ ފިހާރަ ހުޅުވާ ވަގުތުން ފެށިގެން ކަސްޓަމަރުންނަށް ހުރިހާ ކައުންޓަރުތަކުން ވެސް ހިދުމަތް ދެވޭ ގޮތަށް ތައްޔާރުވެގެންނެވެ. އަދި ފިހާރައަށް ވަންނަ ކަސްޓަމަރުންނަށް އެތަނުގައި ލިބެންހުރި ތަކެތީގެ މައުލޫމާތު ވެސް މުވައްޒަފުން ކިޔަދެމުން ގެންދިޔަ އެވެ. އެތަނުގައި ހިދުމަތް ދިނުމަށް 15 ކައުންޓަރު ހުންނައިރު، ކާބޯތަކެތި ވިއްކަން ހާއްސަ ފުރަތަމަ ފްލޯގައި އެކަނި 12 ކައުންޓަރު ހުރެ އެވެ.
ޑިޕާޓްމަންޓް ސްޓޯރެއްގެ ގޮތަށް ހުޅުވި، ރެޑްވޭވްގެ 10 ވަނަ ފިހާރައާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ރެޑްވޭވްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނާޖިލް ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުންނަށް ވީހާ ވެސް ހެޔޮ އަގެއްގައި، ގިނަ ބާވަތްތަކުގެ މުދާ އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހަދައިދިނުމަށް ކަމަށެވެ.
ރެޑްވޭވުން ހުޅުމާލޭގައި މިއަދު ހަވީރު ހުޅުވި "ރެޑްވޭވް މެގަމޯލް" މިއީ ރާއްޖޭގައި ހެދި އެންމެ ބޮޑު ޑިޕާޓްމަންޓް ސްޓޯރު. ފޮޓޯ: އަހުމަދު ނިޝާތު /މިހާރު
"އަޅުގަނޑުމެން މިދިޔަ ދެ އަހަރު ނުވަތަ ތިން އަހަރުގެ ތެރޭގައި މާލެ އާއި ހުޅުމާލޭގައި ނުވަ ހުޅުވައިފިން. އެ ލިސްޓަށް އިތުރުވާ އައުޓްލެޓެއް ރެޑްވޭވް މެގަމޯލް މިއީ. އަޅުގަނޑުމެން އުއްމީދުކުރަނީ މި އައުޓްލެޓާއެކު މަގުސަދު ހާސިލްވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ނާޖިލް ވިދާޅުވީ ރެޑްވޭވްގެ ކުރިއެރުމަކީ ކަސްޓަމަރުންގެ އިތުބާރާއި ޔަގީންކަން ކަމަށެވެ. އަދި އެތަނުން ވިޔަފާރި ނުކުރި ނަމަވެސް، އެތަން ބަލައިލުމަށް ވީހާވެސް ގިނަ ބަޔަކު ޒިޔާރަތްކުރުމަކީ އެ ކުންފުނީގެ ވަރަށް ބޮޑު އެދުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިހާރު ވެސް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާކުރިކުރާ ކުންފުނިން ބުނީ ހުޅުމާލޭގައި އަލަށް ހުޅުވި ފިހާރާގައި ލައްކައަކަށް ވުރެ ގިނަ އައިޓަމް ލިބެން ހުންނާނެ ކަމަށެވެ. ފިހާރައިގެ ފުރަތަމަ ފްލޯއަށް އަރައި ފޭބުމަށް ދެ އެކްސްކަލޭޓަރު ވެސް ވަނީ ހަރުކޮށްފަ އެވެ. އޭގެ އިތުރުން ގްރައުންޑް ފްލޯއިން ފެށިގެން ހުރިހާ ފްލޯއަކަށް އަރަން ލިފްޓް ވެސް ބަހައްޓާފައިވެ އެވެ.
ރެޑްވޭވުން ހުޅުމާލޭގައި މިއަދު ހަވީރު ހުޅުވި "ރެޑްވޭވް މެގަމޯލް" އިން ވިޔަފާރިކޮށްގެން މީހުން ފައިބަނީ: މިތަނުގައި ހަތަރު ފްލޯ ހުރޭ. ފޮޓޯ: އަހުމަދު ނިޝާތު /މިހާރު
ގާތްގަނޑަކަށް 8،000 އަކަފޫޓުގެ ބިމެއްގައި ހެދި ފިހާރައިގެ ގްރައުންޑް ފްލޯ ހާއްސަކޮށްފައި ވަނީ އިލެކްޓްރޯނިކް އަދި ގޭތެރެއަށް ބޭނުންވާ ސާމާނަށެވެ. ފުރަތަމަ ފްލޯ، ކެއިން ބުއިމާއި ކޮސްމެޓިކްސް ފަދަ ސާމާނަށް ހާއްސަކޮށްފައިވާއިރު ދެވަނަ ފްލޯ އަދި ތިން ވަނަ ފްލޯގައި ހުންނަނީ ފަރުނީޗަރަށެވެ.
ދަގަނޑުން، ރާވައިގެން ހެދި ބިޔަ އިމާރާތުގެ މަސައްކަތް ނިންމާފައި ވަނީ ގާތްގަނޑަކަށް 8 މަސް ދުވަހުން ކަމަށް ވެސް ރެޑްވޭވުން ބުންޏެވެ.
މިއީ އެ ކުންފުނިން ހުޅުމާލޭގައި ހުޅުވި ދެވަނަ ފިހާރަ އެވެ. މީގެ ކުރިން އެ ކުންފުނިން ހެދި "ރެޑްވޭވް ސިޓީ ސްކެއާ" ހުޅުވީ 2016 ވަނަ އަހަރުގެ ކުރީކޮޅު އެވެ.
ރެޑްވޭވުން އެންމެ ބޮޑު ފިހާރަ ހުޅުމާލޭގައި ހުޅުވަނީ
ކޮވިޑް-19:ރެޑް ވޭވުން މާލޭގައި ވެސް ޑެލިވަރީކޮށްދެނީ
ވިޔަފާރިވެރިންނަށް ރަނގަޅު ރޯދަމަހެއް
ފައިސާގެ ބޮޑު އިނާމަކާ އެކު ރެޑް ވޭވްގެ ސޭލް ފަށައިފި
ރެޑްވޭވް ކެފޭއަށް ހެލްތުން ހުއްދައެއް ނުދިން: ސަލީމް
ރެޑްވޭވް ކެފޭ ހުޅުވަން ދިން މުއްދަތު އޮތީ ހަމަވެފައި
ރެޑްވޭވް ހުޅުމާލެ ފިހާރަ އަތުލާނެ ކަމުގެ އިންޒާރުދީފި
ހައިސެންސް ޓީވީގެ އާ މޮޑެލްތަކެއް ރެޑްވޭވުން
ރޯދައަށް މުދަލުގެ އަގުބޮޑުވެދާނެ: ވިޔަފާރިވެރިން
"ރެޑްވޭވް ޕެވީލިއަން" ހުޅުވައިފި