Roadha Mihaaru
ރެޑްވޭވް ކެފޭ ހުޅުވަން ދިން މުއްދަތު އޮތީ ހަމަވެފައި

ރެޑްވޭވްއަށް ފިހާރައާއެކު ކެފޭ ހުޅުވަންދިން މުއްދަތު އޮތީ ޖޫން 16 އަށް ހަމަވެފައި: އެޗްޑީސީ

04 ނޮވެމްބަރ 2016

ހުޅުމާލޭގައި ރެޑްވޭވް އަށް ފިހާރައާއެކު ކެފޭއެއް ހުޅުވަން ދިން މުއްދަތު އޮތީ މިދިޔަ ޖޫން 16ގައި ހަމަވެފައި ކަމަށާއި ފަހުން އިތުރުކޮށްދިން މުއްދަތު މި މަހުގެ ނުވަ ވަނަ ދުވަހު ހަމަވުމުން އެއްބަސްވުމާ އެެއްގޮތަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ހުޅުމާލޭގައި ރެޑްވޭވް އަށް ފިހާރައާއެކު ކެފޭއެއް ހުޅުވަން ދިން މުއްދަތު އޮތީ މިދިޔަ ޖޫން 16ގައި ހަމަވެފައި ކަމަށާއި ފަހުން އިތުރުކޮށްދިން މުއްދަތު މި މަހުގެ ނުވަ ވަނަ ދުވަހު ހަމަވުމުން އެއްބަސްވުމާ އެެއްގޮތަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފި އެވެ.

ރެޑްވޭވުން ހުޅުމާލޭގައި ހިންގާ ފިހާރައާއެކު ހުޅުވަން ޖެހޭ ކެފޭ އަންނަ ބުދަ ދުވަހުގެ ކުރިން ނުހުޅުވައިފި ނަމަ އެއްބަސްވުން ބާތިލުކުރާނެ ކަމަށް ބުނެ މިދިޔަ ބުދަ ދުވަހު ފޮނުވި އިންޒާރާ ގުޅިގެން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ މިދިޔަ ޑިސެމްބަރު 16ގައި ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން ފިހާރައާއެކު ކެފޭ ޖޫން 16ގައި ހުޅުވަން ޖެހޭ ކަމަށެވެ.

"އެ މުއްދަތުގައި ކެފޭ ނުހުޅުވާތީ އެހެން އިންވެސްޓަރުންނަށް ވެސް ދޭ ގޮތަށް ސަމާލުކަން ދިނުމަށް ފޯނުން އެދުނު. އެ ކުންފުނިން ސިޓީއަކުން އެދުނު ތިން މަސްދުވަސް އިތުރަށް ދޭން. ނަމަވެސް އަޅުގަނޑުމެން ދިނީ ދެ މަސް އިތުރަށް،" އޭނާ ވިދާޅުވި އެވެ.

ސައިމަން ވިދާޅުވީ އެ ކުންފުންޏަށް ދިން މުއްދަތު މި މަހުގެ ނުވަވަނަ ދުވަހު ހަމަވާނެ ކަމަށާއި އެ މުއްދަތުގެ ފަހުން ކެފޭ ނުހުޅުވައިފި ނަމަ އެއްބަސްވުމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

"ފިހާރައާއެކު ކެފޭއެއް ހުޅުވަން ހިމަނާފައި ވަނީ ކަސްޓަމަރުންނަށް ފުރިހަމަ ޝޮޕިން އެކްސްޕީރިއަން ދިނުމަށް. އެތަން ޑިޒައިންކޮށްފައި ވަނީ ވެސް އެގޮތަށް،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގައި ރެޑްވޭވުން ހިންގާ ފިހާރަ: މިތަނާއެކު ހިންގަން ޖެހޭ ކެފޭ މިމަހުގެ 9 ވަނަ ދުވަހުގެ ކުރިން ނުހުޅުވައިފި ނަމަ އެތަން ބަންދުކުރަން ވަނީ ނޯޓިސް ފޮނުވާފައި.

ހުޅުމާލޭގައި ރެޑްވޭވުން ހިންގާ ފިހާރަ: މިތަނާއެކު ހިންގަން ޖެހޭ ކެފޭ މިމަހުގެ 9 ވަނަ ދުވަހުގެ ކުރިން ނުހުޅުވައިފި ނަމަ އެތަން ބަންދުކުރަން ވަނީ ނޯޓިސް ފޮނުވާފައި.

‎އެޗްޑީސީގެ ޑިރެކްޓަރު ބިޒްނަސް ޑިވެލޮޕްމަންޓް ނަޝްވާ އަބްދުﷲ ސޮއިކުރައްވައި ރެޑްވޭވްއަށް މިދިޔަ މަހުގެ ދިހަވަނަ ދުވަހު ފޮނުވި ސިޓީގައި ވަނީ އެން 3 ކޮމާޝަލް ބިލްޑިންގައި ހުޅުވަން ޖެހޭ ކެފޭ އެއްބަސްވުމުގައި ސޮއިކުރާތާ ހަމަސް ދުވަހުގެ ތެރޭގައި ހުޅުވަން ޖެހޭ ކަމަށެވެ. އަދި އެ މުއްދަތުގައި ނުހުޅުވުމުން 15،000ރ. އިން ޖޫރިމަނާކުރުމަށް ފަހު އިތުުރު އެއްމަސް ދުވަސްދީފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

‎އެ ސިޓީއާ ގުޅިގެން މުއްދަތު ތިން މަހަށް އިތުރުކުރުމަށް އެދި ރެޑްވޭވުން ފޮނުވި ސިޓީގެ ޖަވާބުގައި އޮކްޓޯބަރު 13 ވަނަ ދުވަހު އެޗްޑީސީން ބުނެފައި ވަނީ އެ ފަރާތުން އެދިފައިވާ ތިން މަސް ދުވަހުގެ ބަދަލުގައި ދެ މަސް ދުވަސް ދޭން ނިންމާފައިވާ ކަމަށެވެ.

‎އެކަމަކު އެޗްޑީސީން ފޮނުވި އެ ސިޓީގައިވާ ގޮތުން ދެ މަސް ދުވަހުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ. ނަމަވެސް އެ ސިޓީގަައި ބުނެފައި ވަނީ މި މަހުގެ ނުވަވަނަ ދުވަހުގެ ކުރިން އެ ކެފޭ ހުޅުވަން ޖެހޭނެ ކަމަށެވެ. އަދި އެންމެ ފަހުން އިއްޔެ ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ މުއްދަތުގެ ކުރިން ކެފޭ ނުހުޅުވައިފި ނަމަ ފިހާރަ އާއި ގުދަނުގެ އެއްބަސްވުން ވެސް ބާތިލުކުރާނެ ކަމަށެވެ.

ސައިމަން ވިދާޅުވީ ރެޑްވޭވަށް ދިން މުއްދަތު އިތުރުކުރުމަށްފަހު ފޮނުވި ސިޓީގައި އޮޅުމެއް އުޅޭ ކަމެއް އެ ކުންފުނިން އަންގާފައި ނެތް ކަމަށާއި އަދި އެކަން އިސްލާހުކުރުމަށްފަހު ފަހުން ސިޓީއެއް ފޮނުވި ކަމަށެވެ. އަދި ފަހުން ފޮނުވި ސިޓީގައިވާ ގޮތަށް ކުންފުންޏަށް ދީފައިވާ ނޯޓިސްގެ މުއްދަތު މިމަހުގެ ނުވަ ވަނަ ދުވަހު ހަމަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް ދެފަޅިވިއިރު ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނުގައި އިސްކޮށް މަސައްކަތްކުރައްވާ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ގެދޮރާއި މުޅި މުދާ އެއްކޮށް ސަރުކާރަށް ނެގިޔަސް އިސްލާހަށް ކުރާ މަސައްކަތް ހުއްޓަވާ ނުލައްވާނެ ކަމަށެވެ.

"އަޅުގަނޑު އެތަން މި ހިންގަނީ މާލެ އަށްވުރެ ހެޔޮ އަގުގައި އެތަނުގައި ދިރިއުޅޭ މީހުންނަށް ތަކެތި ވިއްކަން ވަރަށް ބޮޑު ހޭދައެއްކޮށްގެން. އެހެން ހިންގަނިކޮށް އެއްބަސްވުމާ ހިލާފު ނުވަނީސް މި އިންޒާރުދިނީ އެތައް ހާސް ރައްޔިތުންނަށް އަނިޔާވެރިވުމަށް،" އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ފިހާރަ ހުންނަ ބިލްޑިންގުގައި ހުޅުވަން ޖެހޭ ކެފޭގެ ހުރިހާ ކަމެއް މިހާރު ހުރީ ނިމިފައި ކަމަށާއި އެތަނުގެ ހުއްދަތައް ހޯދަން އަންނަ ހަފުތާގައި ހުށަހަޅާނެ ކަމަށެވެ. އަދި ފިހާރައިގެ ބޭނުމަށް ދިން ގުދަނަކީ ވަކި އެގްރިމަންޓެއްގެ ދަށުން ދިން ތަނެއްކަން ސަލީމް ފާހަގަކުރެއްވި އެވެ.

އެ ފިހާރަ ހުޅުވަން 50 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.