Roadha Mihaaru
ހައިސެންސް ޓީވީގެ އާ މޮޑެލްތަކެއް ރެޑްވޭވުން

ޔޫރޯއާ ދިމާކޮށް ހައިސެންސް ޓީވީގެ އާ މޮޑެލްތަކެއް ރެޑްވޭވުން

12 ޖޫން 2021

ޔޫރޯއާ ދިމާކޮށް ރެޑްވޭވުން "ހައިސެންސް" ބްރޭންޑްގެ އާ މޮޑެލްތަކެއް ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޔޫރޯއާ ދިމާކޮށް ރެޑްވޭވުން "ހައިސެންސް" ބްރޭންޑްގެ އާ މޮޑެލްތަކެއް ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

ރެޑްވޭވުން ބުނީ އަލަށް ބާޒާރަށް ނެރުނު "ހަައިސެންސް" މޮޑެލްގެ ޓީވީތައް ހާއްސަ އަގުތަކެއްގައި އެ ފިހާރަ އިން ލިބޭނެ ކަމަށެވެ.

ދިވެހިންގެ މެދުގައި ފުޓްބޯޅަ އަށް ފޯރި ހުންނަ އިރު ގިނަ ބަޔަކު އަންނަނީ ޔޫރޯގެ މެޗުތައް ވެސް ބަލަމުންނެވެ. ބޮޑު ސްކްރީންގައި މެޗުތައް ބަލައިލުމަށް "ހައިސެންސް"ގެ ޓީވީއަކީ އެކަމަށް އެންމެ އެކަށޭނަ ޓީވީ ކަމަށް ރެޑްވޭވުން ބުނެ އެވެ. "ހައިސެންސް" ބްރޭންޑަކީ ޔޫރޯ ޗެމްޕިއަންޝިޕް ސްޕޮންސަރެކެވެ.

ހައިސެންސް ޓީވީއަކީ ޑައިނެމިކް ރޭންޖް އަދި ސްމޫތު މޯޝަން ރޭޓް މަތި ޓިވީއެއްކަމުން މަންޒަރުތައް ފުސްކަމެއް ނެތި ވަރަށް ސާފުކޮށް އަދި އަލިދަގަކޮށް ދައްކުވައިދޭނެ އެވެ. މިއީ ގޭމް ކުޅުމަށް އެކަށީގެންވާ ޓީވީ އެކެވެ. ހައިސެންސްގެ ޔޫއެޗްޑީ އަދި ކިއުލެޑްގެ ޓީވީތަކަކީ ކޮލިޓީގެ ގޮތުން ދުނިޔޭގައި ވެސް ނަން މަޝްހޫރު ޓީވީ އެކެވެ.

މި ޓީވީގެ ތަފާތު ސައިޒުތައް މި ވަގުތު ރެޑްވޭވުން ލިބެން އެބަހުއްޓެވެ. ރެޑްވޭވުން ވިއްކާ ޓީވީތަކުގެ ތަފްސީލު އޮންލައިކޮށް ވެސް ބަލައިލެވޭނެ އެވެ.