Roadha Mihaaru
"ރެޑްވޭވް ޕެވީލިއަން" ހުޅުވައިފި

"ރެޑްވޭވް ޕެވީލިއަން" ހުޅުވައިފި

17 ފެބުރުއަރީ 2021

ފަރުނީޗަރާއި އިލެކްޓްރޯނިކްސް އަދި ބަދިގެ ސާމާނަށް ހާއްސަ "ރެޑްވޭވް ޕެވީލިއަން" ހުޅުވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ފަރުނީޗަރާއި އިލެކްޓްރޯނިކްސް އަދި ބަދިގެ ސާމާނަށް ހާއްސަ "ރެޑްވޭވް ޕެވީލިއަން" ހުޅުވައިފި އެވެ.

ރެޑްވޭވް ޕެވީލިއަން ހުޅުވީ ހިތަށްފިނިވާ މަގުގައި ކުރީގެ އަލޯރާ ފިހާރަ ހުރި ތަނުގަ އެވެ. ތިން ފަންގިފިލާއަށް ހުންނަ އެ ފިހާރައިން ރެޑްވޭވުން ވިއްކާ ގިނަ ބްރޭންޑްތަކުގެ އިލެކްޓްރޯނިކް ސާމާނާއި ބަދިގެ ސާމާނު ލިބޭނެ އެވެ.

އޭގެ ތެރޭގައި "ޝާޕް" އާއި "ޝިބާ" އާއި "ހައިސެންސް" އުފެއްދުންތައް ވެސް ހިމެނެ އެވެ.

ރެޑްވޭވުން ބުނީ އެ ފިހާރައިން އިންޑަސްޓްރިއަލް އިލެކްޓްރޯނިކްސް ވެސް ލިބޭނެ ކަމަށެވެ.

ރެޑްވޭވް އިން އަލަށް ހުޅުވި ފިހާރަ--ފޮޓޯ: ނިޝާން އަލީ/،މިހާރު

ރެޑްވޭވް އިން އަލަށް ހުޅުވި ފިހާރަ--ފޮޓޯ: ނިޝާން އަލީ/،މިހާރު

މިއަދު ހެނދުނު އެ ފިހާރަ ހުޅުއްވައިދެއްވީ ރެޑްވޭވްގެ ޗެއާމަން، ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.

ރެޑްވޭވް ޕެވީލިއަންގެ ފުރަތަމަ ދެ ފްލޯ ހާއްސަކޮށްފައިވަނީ ފަރުނީޗަރަށެވެ. އަދި ތިން ވަނަ ފްލޯ ހާއްސަކޮށްފައިވަނީ އިލެކްޓްރޯނިކް ސާމާނަށެވެ.

ރެޑްވޭވް އިން އަލަށް ހުޅުވި ފިހާރަ--ފޮޓޯ: ނިޝާން އަލީ/،މިހާރު

ރެޑްވޭވް އިން އަލަށް ހުޅުވި ފިހާރަ--ފޮޓޯ: ނިޝާން އަލީ/،މިހާރު

ރާއްޖޭގައި ސުޕަމާޓް ވިޔަފާރި އެންމެ ފުޅާކޮށް ހިންގާ ރެޑްވޭވްގެ ގިނަ ފިހާރަތަކެއް މާލެ އާއި ހުޅުމާލޭގައި ވެސް މިހާރު ވަނީ ހުޅުވައިފަ އެވެ. ހުޅުމާލެ އާއި މާލޭގައި 12 ފިހާރަ ހިންގަ އެވެ. ނަމަވެސް އިލެކްޓްރޯނިކް ސާމާނާއި ފަރުނީޗަރަށް ހާއްސަކޮށް މިއީ ރެޑްވޭވުން ހުޅުވި ދެވަނަ ފިހާރަ އެވެ. މީގެ ކުރިން "ރެޑްވޭވް ލިވިން" ގެ ނަމުގައި ވެސް މިބާވަތުގެ ތަކެތި ވިއްކާ ފިހާރައެއް ހުޅުވި އެވެ.