Roadha Mihaaru
ބޮޑެތި އިނާމާ އެކު ރެޑްވޭވްގެ އަހަރީ ބާޒާރު ފަށައިފި

ބޮޑެތި އިނާމްތަކާ އެކު ރެޑްވޭވްގެ އަހަރީ ބާޒާރު ފަށައިފި

06 އޮކްޓޯބަރ 2019

އަހަރުގެ ފަހުކޮޅަށް އަމާޒުކޮށްގެން "ރެޑްވޭވް އަހަރީ ބާޒާރު" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އަހަރުގެ ފަހުކޮޅަށް އަމާޒުކޮށްގެން "ރެޑްވޭވް އަހަރީ ބާޒާރު" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް ރެޑްވޭވުން ފެށި މިޕްރޮމޯޝަންގައި މާލެ އާއި ހުޅުމާލޭގައި ހުންނަ ރެޑްވޭވްގެ ހުރިހާ ފިހާރައަކުން ބޮޑު ޑިސްކައުންޓެއް ލިބޭނެ އެވެ. ފައިސާގެ އިނާމުގެ ގޮތުގައި 500،000ރ. ކަނޑައަޅާފައިވާ މި ޕްރޮމޯޝަން ކުރިއަށް ގެންދަން ހަމަޖައްސާފައި އޮތީ މިއަދުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 15ގެ ނިޔަލަށެވެ.

މި މުއްދަތުގައި ރެޑް ވޭވްގެ ފިހާރަތަކުން ކުރާ 500ރ.ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. އަގު ބޮޑު އިނާމްތަކެއް ހުށަހަޅާފައިވާ މި ޕްރޮމޯޝަންގައި ގިނަ ބަޔަކަށް ފައިސާގެ އިނާމް ވެސް ލިބޭނެ ކަމަށް ރެޑް ވޭވުން ބުންޏެވެ.

ގުރުއަތުގައި ފަސް މީހަކަށް ފައިސާގެ އިނާމު ދޭ އިރު، ކޮންމެ މީހަކަށް 10،000ރ. ލިބޭނެ އެވެ. މީގެ އިތުރުން ރެޑްވޭވުން ވިއްކާ ފަރުނީޗަރާއި އިލެކްޓްރޯނިކް އެޕްލައިންސް އިނާމެއްގެ ގޮތުގައި 10 މީހަކަށް ލިބޭނެ ކަމަށް އެތަނުން ބުންޏެވެ.

ރެޑްވޭވުން ބުނިގޮތުގައި ބޮޑެތި އިނާމްތަކެއް ލިބިގެންދާ ހާއްސަ ޕްރޮމޯޝަންތަކެއް ސޯޝަލް މީޑިއާގައި ވެސް ކުރިއަށް ދާނެ އެވެ. ރެޑް ވޭވްގެ ޕްރޮމޯޝަންގައި މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއެފްއެލްސީ އަދި ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް، ވިޔަފާރިކުރާ މީހުންނަށް ވެސް ބައިވެރިވެވޭނެ އެވެ.މި ޕްރޮމޯޝަނަށް މިދިޔަ އަހަރު ލިބުނު ފަދަ ބޮޑު ތަރުހީބެއް މިއަހަރު ވެސް ލިބޭނެ ކަމަށް ރެޑްވޭވުން އުއްމީދު ކުރެ އެވެ.