Roadha Mihaaru
"ޝާފް" ބްރޭންޑްގެ އުފެއްދުންތައް ރެޑްވޭވުން

"ޝާފް" ބްރޭންޑްގެ އުފެއްދުންތައް ރެޑްވޭވުން

05 މާޗް 2020

ކަރަންޓް ބިލް ކުޑަކުރެވޭނެ ފުރިހަމަ ނިޒާމަކާ އެކު ގޭގެއަށް ބޭނުންވާ ތަފާތު އާލާތްތައް ބާޒާރާ ނެރެމުން އަންނަ "ޝާޕް" ބްރޭންޑްގެ އުފެއްދުންތައް ރެޑްވޭވުން މާކެޓަށް ނެރެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކަރަންޓް ބިލް ކުޑަކުރެވޭނެ ފުރިހަމަ ނިޒާމަކާ އެކު ގޭގެއަށް ބޭނުންވާ ތަފާތު އާލާތްތައް ބާޒާރާ ނެރެމުން އަންނަ "ޝާޕް" ބްރޭންޑްގެ އުފެއްދުންތައް ރެޑްވޭވުން މާކެޓަށް ނެރެފި އެވެ.

ރެޑް ވޭވްގެ އޮފިޝަލަކު ވިދާޅުވީ "ޝާޕް" ބްރޭންޑުގެ އުފެއްދުންތައް މިހާރު މަޝްހޫރުވެފައި ވަނީ ބޭނުންކުރާ ހަކަތައިގެ މިންވަރު މަދުކޮށް، ކަރަންޓް ބިލް ކުޑަކޮށްދޭ ފަދަ އާ ޓެކްނޮލޮޖީން މުއްސަނިވެފައިވާ އެއްޗެހީގެ ގޮތުގައި ކަމަށެވެ.

ޔޫރަޕުގެ މާކެޓުގައި ވެސް މަޝްހޫރު ޝާޕު ބްރޭންޑަކީ ދިވެހިންނަށް ބީރައްޓެހި ނަމެއް ނޫނެވެ. މީގެ އެތައް އަހަރެއް ކުރިންސުރެ އެ ބްރޭންޑްގެ ކޮލިޓީ އެނގި، ދިވެހިންގެ އެތައް ބަޔަކު ވަނީ އޭގެ ތަޖުރިބާކޮށްފަ އެވެ.

ޝާޕް ބްރޭންޑްގައި ހިމެނޭ އައިސް އަލަމާރި އާއި އޭސީތަކުގައި ދުނިޔެއަށް މަޝްހޫރު ޖަޕާންގެ ޓެކްނޮލޮޖީ "ޖޭ-ޓެކް" އިންވާޓާ ހިމެނެ އެވެ. ޖޭ-ޓެކް އިންވާޓަރުން 77 ޕަސެންޓާ ހަމައަށް ހަކަތަ ސަލާމަތް ކުރެވެ އެވެ. ހަރަދު ކުޑަކޮށްދިނުމާ އެކު، އެންމެ އެކަށީގެންވާ ވަރަށް ފިނިހޫނުމިން ވެސް ޖޭ-ޓެކް އިންވާޓަރުން ހިފަހައްޓައިދެ އެވެ.

ޝާޕްގެ އައިސް އަލަމާރީގައި ހިމެނޭ "އޭޖީ+ ނެނޯ ޑިއޮޑޮރައިޒާ" އިން ބެކްޓީރިޔާ އާއި ވަސް ނައްތާލަދީ އައިސް އަލަމާރީގައި ހުންނަ ކާއެއްޗެހި ތާޒާކަންމަތީ ބަހައްޓައިދެ އެވެ.

ރެޑްވޭވުން ވަނީ މި ބްރޭންޑްގެ އައިސް އަލަމާރީގެ ކުދި ސައިޒު ވެސް ވިއްކަން ފަށައިފަ އެވެ.

ހެޔޮ އަގުގައި ޝާޕް ބްރޭންޑްގެ އުފެއްދުންތަކަށް ރެޑްވޭވުން ސާވިސް އާއި ވޮރަންޓީ ވެސް ދެ އެވެ. ސާވިސް ފޯރުކޮށްދޭނީ ރެޑްވޭވްގެ ޓެކްނީޝަނުންގެ ޓީމަކުންނެވެ. އޮތޮރައިޒްޑް ޑިސްޓްރިބިއުޓަޝިޕްގެ ދަށުން ޝާޕްގެ އުފެއްދުންތައް އެކްސްކުލޫސިވް ރޭންޖުތަކުގައި ރެޑްވޭވުން ލިބެން ހުންނާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.