16 އޯގަސްޓް 2018
ރިޔާސީ އިންތިޚާބުގެ ރީ ރަޖިސްޓްރޭޝަނަށް ސިޔާސީ ޕާޓީތަކުން ފޯމު ހުށަހެޅި އަދަދު އާއްމުކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
ރިޔާސީ އިންތިޚާބުގެ ރީ ރަޖިސްޓްރޭޝަނަށް ސިޔާސީ ޕާޓީތަކުން ފޯމު ހުށަހެޅި އަދަދު އާއްމުކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން 95،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ޕާޓީތަކާއި އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ހުށަހެޅި ފޯމުތަކުގެ އަދަދު އާއްމު ނުކޮށްގެން އިދިކޮޅު ޕާޓީތަކުން ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
އިދިކޮޅު އެމްޑީޕީން ބުނެފައިވާ ގޮތުގައި ރީ ރަޖިސްޓްރޭޝަނަށް އެ ޕާޓީ މެދުވެރިކޮށް ފުރާފައިވާ 40،000 އަށް ވުރެ ގިނަ ފޯމު އީސީ އަށް ހުށަހެޅި އެވެ. އެ ޕާޓީން ފޯމު ހުށަހެޅި އަދަދު އާއްމުކުރި ގޮތަށް، ޕީޕީއެމާއި އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ފޯމު ފުރި އަދަދުތައް އާއްމުކުރަން ޖެހޭ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.
ރީ ރަޖިސްޓްރޭޝަންގައި އޮޅުވާލުން ހިމެނޭ ކަމަށް އިދިކޮޅު ޕާޓީތަކުން ތުހުމަތުކުރާއިރު، ޝައްކު އުފައްދަން ޖާގަ ލިބުނީ، ސިވިލް ސާވިސް މުވައްޒަފުން ލައްވައި ރީ ރަޖިސްޓްރޭޝަންގެ ފޯމުތައް ފުރައި އެ ފޯމުތައް ޕީޕީއެމްގެ ޖަގަހަތަކަށް ގެންދިޔަ ކަމަށް އެ ޕާޓީން އެއްބަސްވުމުންނެވެ. ރަޖިސްޓްރޭޝަންގެ މުއްދަތު މިދިޔަ ހަފުތާގައި ހަމަވިއިރު، އެ ފޯމުތައް އިލެކްޝަންސަށް ހުށަހަޅާފައިވާ ކަމަށް ޕީޕީއެމުން ބުނެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވި ގޮތުގައި ޕާޓީތަކުން ހުށަހަޅާ ފޯމުތަކުގެ އަދަދު އެއްވެސް އިރެއްގައި އާއްމުކޮށްފައެއް ނުވެ އެވެ.
"ރަޖިސްޓްރީ ކުރި އަދަދު ހާމަކުރުން ލަސްވި ކަމަކަށް ނުދެކެން. ފާއިތުވި އިންތިޚާބުތަކުގައި ވެސް އަދަދު ހާމަކޮށްފައެއް ނެތް. އެހެންވީމަ މި ފަހަރު ވެސް އެ އަދަދުތައް ހާމަކުރުމުގެ ވިސްނުމެއް ކޮމިޝަންގައި އަދި ނެތް،" އަކްރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮމިޝަނަށް ހުށަހެޅި ފޯމުތައް ޕްރޮސެސްކޮށް މިހާރު ކުރަމުން އަންނަ މަސައްކަތަކީ ދެ ވަނަ ފަހަރަށް ޗެކްކުރުމެވެ. އޭގެ ފަހުން އިނގިލީގެ ނިޝާން ރަނގަޅުތޯ ބަލަން ފޯމުތައް ފުލުހުންނަށް ފޮނުވާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެހެން އިންތިޚާބުތަކަށް ބަލާއިރު، މި އިންތިޚާބުގައި ހުރިހާ ދިމާލަކުން ވެސް ރީ ރަޖިސްޓްރޭޝަންގެ ފޯމު ހުށަހެޅިލެއް ގިނަ އެވެ. އޭގެތެރޭގައި، ތަކުރާރުކޮށް ފޯމު ހުށަހަޅާފައިވާ މީހުން ރަޖިސްޓްރީ ކުރާނީ، އެ މީހުންނަށް ގުޅުމަށް ފަހު ކަމަށް އަކްރަމް ވިދާޅުވި އެވެ.
މި އިންތިޚާބުގެ ރީރަޖިސްޓްރޭޝަންގައި މަކަރާއި އޮޅުވާލުން ހިމެނޭ ކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެ. އޭގެތެރޭގައި، ރީ-ރަޖިސްޓްރީވުމަށް ފޯމު ހުށަނާޅާ ބައެއް މީހުން، ދުރު ރަށްރަށާއި ރާއްޖޭން ބޭރުގެ ބައެއް ގައުމުތަކުގައި ބަހައްޓާ ފޮށިތަކަށް ވޯޓު ލާން އިލެކްޝަންސް ކޮމިޝަނުން ރަޖިސްޓްރީ ކޮށްފައިވާ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެއީ، ބަޔަކު ގަސްތުގައި އޮޅުވާލައިގެން ފޯމު ހުށަހެޅުމުން ދިމާވި ކަމެއް ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ރީ ރަޖިސްޓްރޭޝަން ފޯމުތަކުން މަކަރާއި އޮޅުވާލުން؟!
ކަރުދާހުގައި ކުރަހާނަމަ ވޯޓު ބާތިލްވާ ގޮތަށް ފާސްކޮށްފި
ކަރުދާހުގައި ކުރަހާނަމަ ވޯޓު ބާތިލްވާންޖެހޭ: މެމްބަރުން
މާލެއަށް ދެ ދާއިރާ އިތުރު ކުރަން ނިންމައިފި
"އަޅުގަނޑުގެ ނުކުޅެދުންތެރި ކަމަކީ މީހުން ދަސްނުވުން"
ވޯޓު ގުނުން ތަފާތު؟ ނަތީޖާ ފުރަތަމަ ޓެބްލެޓަށް؟
ވޯޓު ހަރާބު ކުރުމުގެ ފުރުސަތު ނުދޭނަން: ޝާހިދު
ވޯޓު ގުނަން އުޅޭ ގޮތާ މެދު އިދިކޮޅު ހިތްހަމައެއްނުޖެހޭ
ވަގު ފޯމު ހުށަހެޅީ ޕާޓީއެއްގެ ތިން މީހަކު: އަކްރަމް
ވޯޓުލާ ތަނަށް އަމިއްލަ ގަލަން ވެއްދެން ޖެހޭނެ: މާރިޔާ