Roadha Mihaaru
ވޯޓު ގުނަން އުޅޭ ގޮތާ މެދު އިދިކޮޅު ހިތްހަމައެއްނުޖެހޭ

ގުނުމުގެ ކުރިން ވޯޓު ކަރުދާހުގެ ސައްހަކަން ބެލުމާ ދެކޮޅު!

11 ސެޕްޓެމްބަރ 2018

ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ފެންމަތިކުރަނީ ސީރިއަސް އެތައް ކަންބޮޑުވުމެކެވެ؛ ފުލުފުލުގައި މައްސަލަތަކެވެ. މި ފަހަރު، ފެންމަތިވީ ވޯޓުލައި ނިމިގެން ވޯޓު ގުނަން އުޅޭ ގޮތާ މެދު ހިތްހަމަނުޖެހުމުގެ މައްސަލަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ފެންމަތިކުރަނީ ސީރިއަސް އެތައް ކަންބޮޑުވުމެކެވެ؛ ފުލުފުލުގައި މައްސަލަތަކެވެ. މި ފަހަރު، ފެންމަތިވީ ވޯޓުލައި ނިމިގެން ވޯޓު ގުނަން އުޅޭ ގޮތާ މެދު ހިތްހަމަނުޖެހުމުގެ މައްސަލަ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ، މި މަހު 23 ގައި ބާއްވާ އިންތިޚާބުގައި ވޯޓުލާ ނިމުމުން، ގުނަން ފެށުމުގެ ކުރިން ވޯޓު ކަރުދާސްތަކުގެ ސައްހަކަން ބެލުމަށެވެ. އެކަމަކު މި ގޮތަށް އަމަލު ކުރަން އިދިކޮޅު ޕާޓީތަކުން ދެކޮޅެވެ.

އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެފައިވާ ގޮތުގައި ވޯޓު ގުނުމުގެ ކުރިން ވަކިވަކިން ކަރުދާސްތަކުގެ ސައްހަކަން މި ފަހަރު ކަށަވަރު ކުރާނެ އެވެ. އެހެން އިންތިޚާބުތަކެކޭ އެއްގޮތަށް، މިފަހަރު ވެސް ވޯޓު ކަރުދާހުގައި ސިކިއުރިޓީ ފީޗާސްތަކެއް ލާނެ ކަމަށާއި ވޯޓު އޮފިޝަލުންނަށް އެ ތަފްސީލުތައް އެނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.

އެއާއެކު ވިދާޅުވީ ވަގު ވޯޓު ކަރުދާސްތައް ފޮށިތަކަށް ލުމުގެ ފުރުސަތު މި ފަހަރު ނޯންނާނެ ކަމަށާއި ނަމަވެސް 2013ގެ އިންތިޚާބުގެ ބައެއް ފޮށިތަކުގައި ސައްހަ ނޫން ކަރުދާސްތައް ހުރި ކަން އިންތިޚާބާ ގުޅޭ ގޮތުން ތައްޔާރު ކޮށްފައިވާ ރިޕޯޓްތަކުން ފެންނަން ހުރި ކަމަށެވެ. އެހެންކަމުން، މި އިންތިޚާބުގައި ވޯޓު ގުނަން ފެށުމުގެ ކުރިން ކަރުދާސްތައް ޗެކް ކުރަނީ އެ ތަޖުރިބާ އަށް ބަލާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބައެއް ވޯޓު ކަރުދާސްތައް ބާތިލުކަމަށް ކަނޑައަޅައިފި ނަމަ، ތިޔަ ކޮމިޝަނުގެ މުސްތަގިއްލު ކަމާއި ގާބިލްކަމާ މެދު ގިނަ ރައްޔިތުންތަކެއް ސުވާލު އުފައްދާނެ. --އެމްޑީޕީ
ލޯކަލް ކައުންސިލް އިނތިްހާބުގެ ވޯޓުލުން ނިންމާލި ވޯޓު ފޮއްޓެއްގެ ވޯޓު ގުނަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

ލޯކަލް ކައުންސިލް އިނތިްހާބުގެ ވޯޓުލުން ނިންމާލި ވޯޓު ފޮއްޓެއްގެ ވޯޓު ގުނަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

"ބައެއް ފީޗާސްތައް ހުންނާނެ، ލޮލުން ބަލާލީމަ ފާހަގަ ކޮށްލެވޭނެ. އަނެއް ބައި ފީޗާސްތައް ހުންނާނެ ލައިޓަކުން އަލިކޮށްލީމާ ފާހަގަކޮށްލެވޭ ގޮތަށް. މިސާލަކަށް ވޯޓު ނަގާ މަރުކަޒުގައި ޓޯޗެއް ބޭއްވުމަކީ ބޮޑު މެޝިނެއް ކަހަލަ އެއްޗެއް ބޭއްވުމެއް ނޫން. ކޮންމެހެން އެ ތަނުގައި ޗައިނާ އިން އުފައްދާފައިވާ މެޝިނެއް ބަހައްޓައިގެން އެ ވޯޓު ކަރުދާސްކޮޅު ސައްހަތޯ ނޫންތޯ ބަލާ ވާހަކައެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.

"ވޯޓު ކަރުދާސްކޮޅަކީ ސައްހަ ކަރުދާސްކޮޅެއްތޯ ޔަގީން ނުކޮށް އަޅުގަނޑުމެން މި ފަހަރު ނުގުނާނެ،"

މިއީ، އިދިކޮޅު އެމްޑީޕީން ބުނި ގޮތުގައި ކަންބޮޑުވާ ނިންމުމެކެވެ.

މިކަން ބަދަލު ކޮށްދޭން އެދި އެމްޑީޕީން އީސީ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، ވޯޓު ކަރުދާހުގައި ސަލާމަތީ ގޮތުން ވަކި ކަންތައްތަކެއް ހިމަނާފައިވާ އިރު، ރައްޔިތުންނަށް ދޭ ކަރުދާހަކީ ސައްހަ ކަރުދާހެއްތޯ ވޯޓުލުމުގެ ކުރިން ޗެކްކުރެވޭނެ ކަމަށެވެ. އެކަން ކުރަން ޖެހޭނީ ވޯޓުލުމަށް ފަހު ނޫން ކަމަށް އެމްޑީޕީން ބުންޏެވެ.

"އެއީ ވޯޓުލުމަށް ތިޔަ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދިން ކަރުދާހުގެ ސައްހަކަމާ މެދު ސުވާލު އުފައްދައި ބައެއް ވޯޓު ކަރުދާސްތައް ބާތިލުކަމަށް ކަނޑައަޅައިފި ނަމަ، ތިޔަ ކޮމިޝަނުގެ މުސްތަގިއްލު ކަމާއި ގާބިލްކަމާ މެދު ގިނަ ރައްޔިތުންތަކެއް ސުވާލު އުފައްދާނެ ކަމަކަށް ވާނެތީ ވެސް މެ އެވެ،" އެމްޑީޕީން ބުންޏެވެ.

"އަދި ރިޔާސީ އިންތިޚާބުގެ ނަތީޖާ އަށް އަސަރު ކުރެވޭނެ ފަދަ އެއްވެސް ގޮތަކަށް އެއްވެސް އޮފިޝަލަކަށް ފުރުސަތު ލިބިގެން ދިއުމަކީ ދިވެހި ރައްޔިތުންގެ ވޯޓުލުމުގެ އަސާސީ ހައްގުގެ ރައްކާތެރިކަން ވެސް ގެއްލިގެން ދިއުމެވެ."

އެމްޑީޕީން އެދެނީ، ވޯޓުލުމަށް ބޭނުންކުރާ ކަރުދާހުގެ ސައްހަކަން އިންތިޚާބުގެ ކުރިން ކަށަވަރު ކުރެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސައި ދިނުމަށެވެ. އެއާއެކު ރައްޔިތުން ވޯޓުލާ ފަހުން، އެ ކަރުދާސް ނަގައި ސައްހަކަން ބެލުމުގެ އެއްވެސް ކަމެއް ނުކުރަން ވެސް އެމްޑީޕީން ވަނީ އެދިފަ އެވެ.

މިހާތަނަށް ބޭއްވި އިންތިޚާބުތަކާ ޚިލާފަށް އެއްވެސް ކަމެއް މި އިންތިޚާބުގައި ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވީ ނަމަވެސް ބައެއް އިންތިޒާމްތައް ކުރިއަށް ގެންދާ ގޮތާ މެދު އިދިކޮޅު ޕާޓީތަކުން ހިތްހަމައެއް ނުޖެހެ އެވެ. ވޯޓު ކަރުދާސް ގުނަން ފެށުމުގެ ކުރިން ސައްހަތޯ ބަލާނެ ކަމަށް ބުނުމުން ކަންބޮޑުވުން މި ފާޅުކުރީ، ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކުރާ ލިސްޓު ޕާޓީތަކަށް ނުދީގެން އިލެކްޝަންސް ކޮމިޝަނަށް ފާޑުކިއުން އަމާޒުވެފައި ވަނިކޮށެވެ.

އެއްބުރުން ނަތީޖާ ކަށަވަރުވެގެންދާ މި އިންތިޚާބުގައި ވާދަކުރައްވަނީ، ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ.