31 ޖުލައި 2018
އިދިކޮޅު ޕާޓީތަކުގެ ވިސްނުމަކީ މިއެވެ؛ މިނިވަން ކަމެއް ނެތް އިލެކްޝަންސް ކޮމިޝަނުން ބާއްވާ ރިޔާސީ އިންތިޚާބުގައި ސަރުކާރުން މަކަރު ހަދާނެ އެވެ. ޕްލޭން އޭ އަކީ ރީ-ރަޖިސްޓްރޭޝަންގެ ފޯމުތަކެވެ. ސަރުކާރާއި ކުންފުނިތަކުގެ މުވައްޒަފުންނަށް "މަޖުބޫރުކޮށްގެން" ފުރުވާ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހައެއް ނާޅާނެ އެވެ. ބޭނުމަކީ، ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ ކަން ކަށަވަރު ނުވާ މީހުންގެ ވޯޓު ލުމުގެ ހައްގު ގެއްލުވާލައި އިދިކޮޅުގެ ވޯޓު މަދުކުރުމެވެ.
އިދިކޮޅު ޕާޓީތަކުގެ ވިސްނުމަކީ މިއެވެ؛ މިނިވަން ކަމެއް ނެތް އިލެކްޝަންސް ކޮމިޝަނުން ބާއްވާ ރިޔާސީ އިންތިޚާބުގައި ސަރުކާރުން މަކަރު ހަދާނެ އެވެ. ޕްލޭން އޭ އަކީ ރީ-ރަޖިސްޓްރޭޝަންގެ ފޯމުތަކެވެ. ސަރުކާރާއި ކުންފުނިތަކުގެ މުވައްޒަފުންނަށް "މަޖުބޫރުކޮށްގެން" ފުރުވާ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހައެއް ނާޅާނެ އެވެ. ބޭނުމަކީ، ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ ކަން ކަށަވަރު ނުވާ މީހުންގެ ވޯޓު ލުމުގެ ހައްގު ގެއްލުވާލައި އިދިކޮޅުގެ ވޯޓު މަދުކުރުމެވެ.
މި ތުހުމަތަށް ބާރުދޭން ހެއްކެއްގެ ގޮތުގައި، އިދިކޮޅުން ދައްކަނީ ޕީޕީއެމްގެ ޖަގަހައެއްގައި މިދިޔަ ބުދަ ދުވަހުގެ ރޭ ރައީސް ޔާމީނާއި އަނބިކަނބަލުން ފާތުމަތު އިބްރާހީމް، ރީ-ރެޖިސްޓްރޭޝަނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކެވެ. ސޯޝަލް މީޑިއާގައި އާއްމުވެފައިވާ އެ ވީޑިއޯގައި، ސިވިލް ސާވިސް އާއި ކުންފުނިތަކުގެ މުވައްޒަފުންގެ ފޯމުތައް ޕީޕީއެމަށް ލިބޭ ކަމަށް ދޭހަވާ ގޮތަށް ފަސްޓް ލޭޑީ ފާތުން ވާހަކަ ދައްކަވަ އެވެ. އެއާއެކު، ރައީސް ޔާމީންގެ ކަންބޮޑުވުމަކަށް ވީ ރީ-ރަޖިސްޓްރޭޝަންގެ މުއްދަތުގައި ޕީޕީއެމް ނުވަތަ އެމަނިކުފާނުގެ ސަޕޯޓަރެއްގެ ފޯމެއް އެމްޑީޕީގެ އަތަށް އަރާފާނެ ކަމުގެ ބިރެވެ.
"އަޅުގަނޑުމެންނަށް އެ އެއްޗެހި [އެމްޑީޕީ މެމްބަރުންގެ ރީ-ރެޖިސްޓްރޭޝަން] ފޯމުތައް ލިބުނަސް މައްސަލައެއް ނެތޭ. މައްސަލައަކީ، އަޅުގަނޑުމެންގެ ފޯމުތައް އެ މީހުންނަށް ލިބިއްޖިއްޔާ. އަޅުގަނޑުމެންނަށް ލިބޭ އެމްޑީޕީ މީހުންގެ ފޯމުތައް ވެސް އިލެކްޝަނަށް ހުށަހަޅާނަން. އެކަމަކު އަޅުގަނޑުމެންގެ ފޯމުތައް އެ މީހުންނެއް [އެމްޑީޕީން] ހުށަހައެއް ނާޅާނެ،" ރައީސް ވިދާޅުވި އެވެ.
ސެޕްޓެމްބަރު 23، ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ އެންމެ ވާދަވެރި ދެ ފަރާތުގެ މި ތުހުމަތުތަކާ އެކު، ރީ-ރަޖިސްޓްރޭޝަނާ ގުޅޭ އެތައް ޝަކުވާއެއް އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަަޅައިފަ އެވެ. އެކަމަކު، އެ ކަންބޮޑުވުންތައް ހަމަހަމަކަމާއި އިންސާފުން ހައްލުކުރުމުގެ ގާބިލްކަން އެއްވެސް މުއައްސަސާގައި ހުރިތޯ ސުވާލު އުފެދެ އެވެ.
ރިޔާސީ އިންތިޚާބަށް އެކުލަވާލާފައިވާ ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމުގައި އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/އިލެކްޝަންސް
ރިޔާސީ އިންތިޚާބުގައި ވޯޓުލުމަކީ ފަރުދީ ޒިންމާއެކެވެ. އެކަމުގައި ވަކި މީހަކު ވަކި ގޮތަކަށް އަމަލުކުރަން އެއްވެސް ބަޔަކަށް މަޖުބޫރެއް ނުކުރެވޭނެ އެވެ.
އެކަމަކު، ސަރުކާރާއި ކުންފުނިތަކުގެ ބައެއް މުވައްޒަފުން ބުނާ ގޮތުގައި، އެ މީހުންނަށް އޮތީ ބިރުވެރިކަމެވެ. ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލާ ނަމަ، ރީ-ރެޖިސްޓްރީ ކުރަން ޖެހެނީ ވަޒީފާ އަދާކުރާ އޮފީހެއް މެދުވެރިކޮށެވެ. މިކަމުގައި، އެ މިނިސްޓްރީއެއްގެ ވަޒީރު ނުވަތަ ކުންފުންޏެއްގެ އިސް ވެރިޔާ އަންގާ ގޮތަކަށް މުވައްޒަފުން އަމަލުކުރަން ޖެހެ އެވެ. އެހެން ނޫން ނަމަ އޮތީ ވަޒީފާ ގެއްލުން ނުވަތަ މަގާމު ދަށްވެދާނެ ކަމުގެ ބިރެވެ.
ބައެއް މުވައްޒަފުން ބުނާ ގޮތުގައި، ރީ-ރެޖިސްޓްރީ ވަނީ ކިހާ އަދަދެއްތޯ ނުވަތަ އެކަމުގައި އޮފީހަށް އެއްބާރުލުން ނުދެނީ ކޮން ބައެއްތޯ ވެސް ބަލަ އެވެ. ރީ-ރަޖިސްޓްރޭޝަނާ ގުޅުވައި، ބައެއް ކުންފުނިތަކުން ލަކީޑްރޯ އިން އިނާމު ދިނުން ފަދަ ކަންކަން ވެސް ކުރިއަށް ގެންދެ އެވެ.
މިކަމުގައި، އިލެކްޝަންސް ކޮމިޝަން ގޯސްވަނީ މި ހިސާބުންނެވެ. ސަރުކާރުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ރީ-ރެޖިސްޓްރޭޝަންގެ ފޯމުތައް ފުރުވަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އެކަން އެގޮތަށް ކުރަން އަންގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ސަރުކާރުގެ އޮފީސްތަކަށް ސިޓީ ފޮނުވައިފަ އެވެ. އިދިކޮޅު ޕާޓީތަކުން ތުހުމަތުކުރާ ގޮތުގައި އެ ސިޓީ ފޮނުވީ، ޕީޕީއެމުން އެދިގެންނެވެ.
އެ ކޮމިޝަނުން، އެޑިއުކޭޝަން މިނިސްޓްރީ އަށް ފޮނުވި އަދި ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ސިޓީގައި އެދިފައި ވަނީ، އެ މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ މުވައްޒަފުންގެ ފޯމުތައް ފުރިހަމަ ކުރުމަށް ފަހު ގަނޑުކޮށް އެ ކޮމިޝަނަށް ހުށަހެޅުމަށެވެ.
ސަރުކާރުގެ މުވައްޒަފުން ރީރެޖިސްޓްރީ ކުރަން ސިޓީ ފޮނުވިއިރު، ރިސޯޓުތަކުގައި ވަޒީފާއަދާކުރާ މީހުންނަށް ލުއި ފަސޭހަކޮށްދޭން، ރީ-ރަޖިސްޓްރޭޝަންގެ ކަންކަން އެ ރިސޯޓަކުން ކުރިއަށް ގެންދަން އިލެކްޝަންސުން އަންގާފައި ނުވަނީ ކީއްވެތޯ އިދިކޮޅުން ސުވާލު އުފައްދަ އެވެ. އޭގެ ބަދަލުގައި، ރިސޯޓުތަކުގެ މުވައްޒަފުން، ރީ ރަޖިސްޓްރީކުރަން ހުށަހަޅާ ފޯމުގައި އެ ރިސޯޓްގެ ސްޓޭމްޕް ޖަހަން ޖެހޭ ގޮތަށް ވަނީ ހަދައިފަ އެވެ. މިއީ، މުވައްޒަފުންނަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެ ކަމެކެވެ.
ސަރުކާރުގެ އޮފީސްތަކުން ފުރުވާ ރީ ރަޖިސްޓްރޭޝަންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަނާޅާ ކަމުގެ ޝަކުވާ ވެސް ބޮޑެވެ. އިދިކޮޅުން ބުނާ ގޮތުގައި، އެ ފޯމުތައް ޕީޕީއެމްގެ ޖަގަހަތަކަށް ގެންދިއުމަކީ ބޮޑު މައްސަލައެކެވެ.
ޕްލޭންކޮށްފައި އޮތް ގޮތަކީ، ރައީސް ޔާމީނަށް ތާއީދު ނުކުރާ މީހުންނަށް ވޯޓުލާން ފުރުސަތު ނުދިނުން. އެއާއެކު، ނުބައި ދިމަދިމާތަކަށް މީހުން ރަޖިސްޓްރީ ކުރުވުން. --އަލީ ނިޔާޒް
ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 263،000 މީހުން ތިބިއިރު، އޭގެ ތެރެއިން 70،000 އަށް ވުރެ ގިނަ މީހުން، އަމިއްލަ ރަށް ނޫން އެހެން ތަނަކަށް ވޯޓުލާން ރީ ރަޖިސްޓްރީވާނެ ކަމަށް އިލެކްޝަންސުން ލަފާކުރެ އެވެ.
ޕީޕީއެމުން ބުނެފައިވާ ގޮތުގައި އެ ޕާޓީގެ އަމާޒަކީ، މީގެ ތެރެއިން، 56،000 މީހުން އެ ޕާޓީ މެދުވެރިކޮށް ރަޖިސްޓްރީކޮށްދިނުމެވެ. އެހެންވެ، ވޯޓުލާން ރަޖިސްޓްރީ ނުވެ ތިބި މީހުންގެ ފޯމު ފުރައިދީ، ވޯޓުލާ ދުވަހަށް އައިޑީ ކާޑުގެ މުއްދަތު ހަމަވާ މީހުންގެ ކާޑު އާކުރަން ވެސް އެ ޕާޓީން އަންނަނީ ފޯނުކޮށްގެން ހަނދާންކޮށް ދެމުންނެވެ. މި ވާހަކަތަކާއި، އެ ޕާޓީގެ އަމަލުކުރާ ގޮތަށް ބަލައި، އިދިކޮޅު ޕާޓީތަކުން ދެކެނީ، ރީ ރަޖިސްޓްރޭޝަންގައި މަކަރާއި އޮޅުވާލުންތައް ހަދަން ރާވާފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ މިނިވަން ކަމެއް ނެތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާ ހުއްޓުވަން ފުލުހުން ހަރަކާތްތެރިވަނީ. --ފޮޓޯ/މިހާރު
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު، އަލީ ނިޔާޒް ވިދާޅުވި ގޮތުގައި، ސަރުކާރު މުވައްޒަފުން ލައްވައި މަޖުބޫރުކޮށްގެން ފޯމު ފުރުމާއި، އެ ފޯމުތައް އިލެކްޝަންސް އަށް ހުށަހެޅުމުގެ ބަދަލުގައި ޕީޕީއެމްގެ ޖަގަހަތަކަށް ގެންދަނީ ފޮރުވާފައި ސަބަބުތަކެއް ހުރެގެންނެވެ.
"މީގައި ޕްލޭންކޮށްފައި އޮތް ގޮތަކީ، ރައީސް ޔާމީނަށް ތާއީދު ނުކުރާ މީހުންނަށް ވޯޓުލާން ފުރުސަތު ނުދިނުން. އެއާއެކު، ނުބައި ދިމަދިމާތަކަށް މީހުން ރަޖިސްޓްރީ ކުރުވުން ވެސް. އޭރުން އެތައް ހާސް ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލުނީ. ބޭނުން ވަނީ، ރައީސް ޔާމީނަށް ވޯޓު ކަށަވަރުވާ މަދު ބަޔަކަށް ފުރުސަތުދީގެން އިންތިޚާބު ބާއްވަން،" ނިޔާޒް ވިދާޅުވި އެވެ.
އެކަމަކު މި ތުހުމަތުތައް ޕީޕީއެމުން ދޮގު ކުރެ އެވެ.
ޕީޕީއެމްގެ ސެކެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެފައި ވަނީ ދިވެހި ރައްޔިތުން ވޯޓުލުމަށް ރަޖިސްޓްރީކޮށްގެން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވާން ނުޖެހޭ ކަމަށާއި އެއީ ހައްގެއް ހޯދައި ދިނުން ކަމަށެވެ. ދައުލަތުގެ އިދާރާތަކުން ރީރަޖިސްޓްރީ ކުރަނީ އިލެކްޝަންސް ކޮމިޝަނަށް އެހީތެރިވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރު މުވައްޒަފުން ރީ ރަޖިސްޓްރީކޮށްދެމުން އައި ނަމަވެސް ވަކި ގޮތަކަށް ވޯޓުލާން އެއްވެސް މުވައްޒަފަކަށް މަޖުބޫރުކޮށްފައި ނުވާނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
"މީގެއިން އަޅުގަނޑުމެނަށް މާނަކުރެވެނީ މިހާ ހިސާބުން ވެސް އެ ބޭފުޅުންނަށް [އިދިކޮޅަށް] ގަބޫލު ކުރެއްވެނީ ތިމަންނަމެންނަށް އިލެކްޝަން ގެއްލިއްޖެ ކަމަށް،" ޚަލީލް ވިދާޅުވެފައިވެ އެވެ.
ރީ ރަޖިސްޓްރޭޝަނާ ގުޅޭ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް އޮތް އެއް ހައްލަކީ، ކޮންމެ ބަޔަކު ލައްވައި ފޯމު ފުރުވި ނަމަވެސް އިލެކްޝަންސް ކޮމިޝަނަށް އެ ފޯމު ލިބުނުތޯ އެ މީހަކު އަމިއްލަ އަށް ޔަގީންކުރުމެވެ. ފޯމު ހުށަހަޅާފައި ނުވާ ނަމަ، އަމިއްލަ އަށް ފޯމު ލެވޭނެ ކަމަށާއި ދެ ފޯމު ހުށަހަޅާފައިވާ މީހުން ވޯޓުލާ ތަން ކަނޑައަޅާނީ، ފޯމުގައި ޖަހާފައިވާ ނަމްބަރަށް ގުޅައި މައުލޫމާތު ސާފުކުރުމަށް ފަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކޮމިޝަންގެ ރައީސް ޝަރީފާއި މެމްބަރު އަހްމަދު އަކްރަމް ބައިވެރިވެވަޑައިގަންނަވަނީ. -- އަހްމަދު ނިޝާތު/މިހާރު
"ރީ ރަޖިސްޓްރީ ފޯމުތައް ޕާޓީތަކުންނާއި އަމިއްލަ މީހުން ފުރުވުމަކީ އިލެކްޝަންސުން ހިތްވަރުދޭ ކަމެއް. އެއާއެކު، އެ ފޯމުތައް ކޮމިޝަނަށް ހުށަހެޅިތޯ އަމިއްލަ އަށް ޔަގީންކުރަން ވެސް އިލެކްޝަންސުން އެދެން،" އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކޮމިޝަނަށް ހުށަހަޅާ ރީ ރަޖިސްޓްރޭޝަންގެ ފޯމުތަކުގެ ސައްހަކަން ވެސް ކަށަވަރުކުރާނެ ކަމަށެވެ. އެގޮތުން، އެ ފޯމުތަކުގައި ޖަހާފައިވާ އިނގިލީގެ ނިޝާން ސައްހަތޯ ބެލުމަށް ހުރިހާ ފޯމުތަކެއް ފުލުހުންނަށް ފޮނުވާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
ރީ ރަޖިސްޓްރޭޝަނާ ގުޅޭ ގޮތުން އުފައްދާ ޝަކުވާތަކާއި ކުރާ ތުހުމަތުތަކަށް އެދެވޭ ޖަވާބެއް ލިބޭނީ، ފޯމުތައް ބަލައިގަންނަ ތާރީޚު ހަމަވެ، ރަޖިސްޓްރީ ކުރި އަދަދު ސާފުވުމުންނެވެ. ވޯޓުގައި މަކަރު ހަދަން ރޭވިތޯ ނޫންތޯ އޭރުން ސާފުވާނެ ކަމަށް ބެލެވެ އެވެ.
ކަރުދާހުގައި ކުރަހާނަމަ ވޯޓު ބާތިލްވާ ގޮތަށް ފާސްކޮށްފި
ކަރުދާހުގައި ކުރަހާނަމަ ވޯޓު ބާތިލްވާންޖެހޭ: މެމްބަރުން
"އަޅުގަނޑުގެ ނުކުޅެދުންތެރި ކަމަކީ މީހުން ދަސްނުވުން"
ވަގު ފޯމު ހުށަހެޅީ ޕާޓީއެއްގެ ތިން މީހަކު: އަކްރަމް
ބަހައްޓަނީ އެ މަރުކަޒަކަށް ވޯޓު ލާ މީހުންގެ ލިސްޓް
ވޯޓު އޮޅުވާލަން ވިސްނާނެ ކަމެއް ނެތް: ރައީސް ޔާމީން
ވަގު ފޯމް ހުށަހެޅި މީހުންނާ ދެކޮޅަށް ދައުވާ ކުރަނީ
އީސީން ރީ-ރަޖިސްޓްރީކޮށް ދިނީ 78،964 މީހުން
ވޯޓު އޮޅުވާލުމުގެ ކަމެއް ނުކުރާނަން: ޝަރީފް
"ޕާޓީތަކުން ފޯމު ހުށަހެޅި އަދަދު އާއްމުކުރުމުގެ ވިސްނުމެއް ނެތް"