12 އޯގަސްޓް 2018
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބު އޮޅުވާލުމުގެ ފުރުސަތު ރައީސް އަބްދުﷲ ޔާމީނަށް ނުދެއްވާނެ ކަމަށް ވާދަވެރި ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބު އޮޅުވާލުމުގެ ފުރުސަތު ރައީސް އަބްދުﷲ ޔާމީނަށް ނުދެއްވާނެ ކަމަށް ވާދަވެރި ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
ހދ. ގެ ހުރިހާ ރަށަކަށް މިއަދު ފެއްޓެވި ދަތުރުގެ ތެރެއިން 1300 މީހުން ދިރިއުޅޭ ނެއްލައިދޫގެ އިއްތިހާދު ޖަގަހަ ހުޅުވައިދެއްވައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އިންތިހާބުގައި ރާއްޖޭގެ މަދު ރަށަކުން ނޫނީ ރައީސް ޔާމީނަށް އަގުލަބިއްޔަތު ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.
"އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބު ކުރެވޭނީ އޮޅުވާލައިގެން. އެ ފުރުސަތު ދޭގޮތަކަށް ނޫން އަޅުގަނޑުމެން މިތިބީ. ހަމަގައިމު ވެސް މި ރަށުގެ ވޯޓު އޮޅުވައެއް ނުލެވޭނެ ތިޔަ ރައްޔިތުން ތިގޮތަށް ތިއްބައެއް،" މި ރަށުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާ މުހާތަބުކުރައްވައި އިބޫ ވިދާޅުވި އެވެ.
ލައްކައެއްހާ މީހުން ރީ ރަޖިސްޓްރީވެފައިވާކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ އެ އަދަދާ ދޭތެރޭ ސުވާލު އުފެދޭ ކަމަށެވެ. އެހާ ގިނަ އަދަދެއްގެ ބަޔަކު ރީ ރަޖިސްޓްރީކޮށްފައި ވުމަކީ ގަބޫލު ކުރަން ދަތިކަމެއް ކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ ހުރިހާ ބޭފުޅުން ވެސް ވޯޓު ލުމަށް ރަޖިސްޓްރީ ކޮށްފައިވާ ތަން ޔަގީންކުރުމަށް އެދޭ ކަމަށެވެ.
އިދިކޮޅު ކޯލިޝަނެއްގައި ކޮށްދެއްވާނެ ކަންކަން ހާމަކުރައްވަމުން އިބޫ ވިދާޅުވީ މުވައްޒަފުންނަށް އެކަށޭނަ މުސާރައަކާއި އެލަވަންސްއެއްގެ އިތުރުން ވަޒީފާގެ ޔަގީންކަން ކަށަވަރު ކޮށްދެއްވާނެ ކަމަށެވެ.
މި ސަރުކާރުން މި ރަށަށް ކޮށްދިން ހަމައެކަނި ކަމަކީ ފުޓްސަލް ދަނޑެއްގެ ވަށާ ފާރު ރާނައި ދިނުން ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ކޯލިޝަން ސަރުކާރެއްގައި މި ރަށުގައި ނަރުދަމާ ގާއިމްކޮށް އެއް ދަންފަޅިއަށް ކިޔެވޭނެ އިންތިޒާމު ސްކޫލުގައި ގާއިމް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގަތެވެ.
އެމްޑީޕީގެ ވެރިކަމުގައި މި ރަށުގައި ހަދަން ފަށާފައިވާ ބަނދަރު މިހާރު ބޭނުން ކުރަމުން އަންނައިރު މޫސުން ގޯސް ދުވަސްވަރުގައި ބަނދަރުގައި އޮޑިދޯނިފަހަރު އަޅާފައި ބޭނުމަކީ ދަތި ކަމެކެވެ.
އިބޫ ވިދާޅުވީ އޭނާގެ ސަރުކާރެއްގައި މިރަށު ބަނދަރު ރައްޔިތުން ބޭނުންވާ ގޮތަށް މަރާމާތު ކޮށްދެއްވާނެ ކަމަށެވެ.
އިބޫގެ މި ދަތުރުގައި ހދ. ގެ ހަތަރު ރަށަކަށް މިއަދު ވަޑައިގެންފައިވާއިރު މިއަދު މި އަތޮޅުގެ ނާވައިދޫ އާއި މަކުނުދޫ އަށް ވަޑައިގަތުމަށް ވަނީ ނިންމަވައިފަ އެވެ. މިރޭ މަކުނުދޫގައި އިދިކޮޅު ކޯލިޝަންގެ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފަ އެވެ.
އިންތިހާބު ސައްހަ ނޫން ކަމުގެ ބަޔާނަށް އާދޭސް ކުރަނީ
އިބޫ ހުވާ ކުރައްވާނެ ދުވަސް ސޫމޯޓޯއަކުން ނިންމިދާނެ
އިބޫ އެއްވެސް ރައްޔިތަކަށް އަނިޔާވެރި ނުވާނެ: ރިޔާޒް
ރައްޔިތުންގެ ނިންމުން ބަލައިގަނެ އިހްލާސްތެރިވޭ: އިބޫ
"އަޅުގަނޑުގެ ނުކުޅެދުންތެރި ކަމަކީ މީހުން ދަސްނުވުން"
އިންތިޚާބުގެ ނަތީޖާ އޮތީ އުފައްދާފައި: މުއިއްޒު
ކޯޓަށް ދިޔައީ އިންތިޚާބު ގަޑުބަޑު ކުރީމާ: ނިހާން
އަބްދުއްރަހީމް، ޝަރީފަށް: ޖެހޭނީ ކުޑަކަކޫ ޖަހަން
އޮޅުވާނުލިނަމަ 65 ޕަސަންޓު ވޯޓު ލިބޭނެ :އަދުރޭ
އިންތިޚާބު ބާތިލްކުރެވޭވަރުގެ ކަމެއް އެބަ އޮތްތަ؟