25 މެއި 2016
މާލޭގެ މަގުތަކުގައި މުޒާހަރާކުރުމުގެ ފުރުސަތު ނުދޭން ނިންމީ، މަގުތައް ބްލޮކް ކުރުމުން މާލޭގައި ދިރިއުޅޭ އެތައް ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނާތީ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު އާދީއްތަ ދުވަހު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ވިއްސަކަށް މީހުން ނުކުމެ 30،000 މީހުންގެ ހައްގަށް ހުރަސްއެޅުމުގެ ފުރުސަތު ކުރިއަށް އޮތް ތަނުގައި ވެސް ނުލިބޭނެ އެވެ.
މާލޭގެ މަގުތަކުގައި މުޒާހަރާކުރުމުގެ ފުރުސަތު ނުދޭން ނިންމީ، މަގުތައް ބްލޮކް ކުރުމުން މާލޭގައި ދިރިއުޅޭ އެތައް ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނާތީ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު އާދީއްތަ ދުވަހު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ވިއްސަކަށް މީހުން ނުކުމެ 30،000 މީހުންގެ ހައްގަށް ހުރަސްއެޅުމުގެ ފުރުސަތު ކުރިއަށް އޮތް ތަނުގައި ވެސް ނުލިބޭނެ އެވެ.
މިދިޔަ އަހަރުގެ މޭޑޭގައި ބޭއްވި މުޒާހަރާ އަށް ފަހު މަގުމަތީގައި އެއްވެ އުޅުމުގެ ފުރުސަތު ނުދޭތީ ސަރުކާރަށް ވަނީ އިދިކޮޅު ފަރާތްތަކާއި ބޭރުގެ ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފަ އެވެ.
މުޒާހަރާ ކުރުމުގެ ހައްގެއް ނުހިފަހައްޓަން، ހިފަހައްޓަނީ މަގުތަކަށް ނުކުމެ ޖޭމްކުރުމުގެ ފުރުސަތު. --އުމަރު
ހޯމް މިނިސްޓަރު އުމަރު "މިހާރު"އާ ވާހަކަ ދައްކަވަނީ: އެއްވެއުޅުމުގެ ހައްގަށް ސަރުކާރުން ހުރަސްނާޅާނެ ކަމަށް ވިދާޅުވި. --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
އުމަރު "މިހާރު" އަށް ވިދާޅުވީ އެއްވެ އުޅުމުގެ ހައްގު ރައްޔިތުންނަށް ލިބިދީފައި އޮތް ގޮތަށް ސަރުކާރުން އެ ހައްގު ކަށަވަރުކޮށްދޭނެ ކަމަށެވެ. އެ ހައްގުގައި ހިފެހެއްޓީ "އެންމެ ތަންކޮޅެއް" ކަމަށާއި އެއީ، މާލޭގެ މަގުތަކުގައި މުޒާހަރާ ނުކުރެވުން ކަމަށް ވެސް ވިދާޅުވި އެވެ.
"މާލޭގައި ވެސް އެއްވެވިދާނެ، އާޓިފިޝަލް ބީޗަށް، ކާނިވާ ސަރަހައްދަށް އުސްފަސްގަނޑަށް އާއްމު ބައެއް ސަރަހައްދުތަކަށް އޯޕަން އޭރިއާތަކަށް، އެއްވާންވީ ޝުއޫރުވެސް ފާޅުކުރަންވީ، މުޒާހަރާ ވެސް ކުރަންވީ. އެކަމަކު މާލޭގައި މަގުތަކުގައި މުޒާހަރާއެއް ނުކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ. "މުޒާހަރާ ކުރުމުގެ ހައްގެއް ނުހިފަހައްޓަން، ހިފަހައްޓަނީ މަގުތަކަށް ނުކުމެ ޖޭމްކުރުމުގެ ފުރުސަތު."
ޕޭވްމަންޓް މަތީގައި މުޒާހަރާކުރަން ދީގެން ޓްރެފިކް ފްލޯ ހިފެހެއްޓޭތޯ މަސައްކަތް ކުރިން. އެކަމެއް ނުކުރެވުނު، --އުމަރު
މުޒާހަރާއެއް ކޮންޓްރޯލްކުރުމުގައި ފުލުހުން. --ފޮޓޯ: އަހްމަދު އަންވަރު (ސިމް)
މާލެ އަކީ ކުޑަ ބިންކޮޅެއްގައި އެތައް ހާސް ބަޔަކު ދިރިއުޅޭ ތަނެއް ކަން ފާހަގަކުރައްވައި ވިދާޅުވީ މަގުތަކުގައި އެއްވުމުން އެތައް ބައެއްގެ ހަގުތަކަށް ހުރަސް އެޅޭ ކަމަށެވެ. މަގުތަކުގައި އެއްވުން ހަނި ނުކޮށް ވޭތޯ މަސައްކަތް ކުރި ކަމަށާއި ޕޭވްމަންޓް މަތީގައި މުޒާހަރާ ކުރަން އެންގީ ވެސް އެހެންވެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ޕޭވްމަންޓް މަތީގައި މުޒާހަރާކުރަން ދީގެން ޓްރެފިކް ފްލޯ ހިފެހެއްޓޭތޯ މަސައްކަތް ކުރިން. އެކަމެއް ނުކުރެވުނު،" އުމަރު ވިދާޅުވި އެވެ.
މުޒާހަރާ ކުރާ ތަން، އަޑު، ވަގުތު ރެސްޓްރިކްޓް ކުރެވިދާނެ ފުލުހުންނަށް. އެ އިހްތިޔާރު އޮންނާނެ ގާނޫނުގައި މިހާރު ވެސް ފުލުހުންނަށް ދީފައި. އޭގެ ދަށުން އެކަން މިކުރަނީ. އަޅުގަނޑު އޮންނާނެ އެގޮތަށް އަމަލުކުރަން އަންގާފައި. --އުމަރު
މަގުމަތީގައި އެއްވެ ނޫޅެވޭނެ ކަމަށް އެއްވެ އުޅުމުގެ ގާނޫނުގައި ނެތްއިރު، އެ ހައްގު ހިފެހެއްޓިދާނެތޯ ދެންނެވުމުން މިނިސްޓަރު ވިދާޅުވީ މުޒާހަރާތައް ހަނިކުރުމުގެ ހައްގު ވަރަށް ސާފުކޮށް އެ ގާނޫނުން ފުލުހުންނަށް ދީފައިވާ ކަމަށެވެ. އެއްވެ އުޅުން ހަނިކުރި ކަމަށް ފާޑުކިޔާ މީހުން އާއްމުކޮށް، އެ ގާނޫނުގެ އެ މާއްދާ ނުކިޔާ ކަމަށް ވެސް ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އުމަރު "މިހާރު"އާ ވާހަކަ ދައްކަވަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
"މުޒާހަރާ ކުރާ ތަން، އަޑު، ވަގުތު ރެސްޓްރިކްޓް ކުރެވިދާނެ ފުލުހުންނަށް. އެ އިހްތިޔާރު އޮންނާނެ ގާނޫނުގައި މިހާރު ވެސް ފުލުހުންނަށް ދީފައި. އޭގެ ދަށުން އެކަން މިކުރަނީ. އަޅުގަނޑު އޮންނާނެ އެގޮތަށް އަމަލުކުރަން އަންގާފައި. ފުލުހުން އެ އަމަލުކުރަނީ ހޯމް މިނިސްޓަރު އަންގާ އެންގުމަށް،" އުމަރު ވިދާޅުވި އެވެ.
The law is very clear on this. Art. 33 (h) 6 and art 34. I also note that MDP did vote for this in the parliament. pic.twitter.com/y7mzZ4mlAw
— Umar Naseer (@UmarNaseerPPM) May 25, 2016
އެއްވެ އުޅުމުގެ ހައްގު ހިފަހައްޓާފައިވާ ކަމަށް "މިހާރު"ގައި ލިއުނު ރިޕޯޓަކަށް ހޯމް މިނިސްޓަރު ކުރެއްވި ޓުވީޓެއް.
ސަރުކާރުން މުޒާހަރާކުރުމުގެ ހައްގު ހަނިކޮށްފައިވާއިރު ޕީޕީއެމުން ވެސް ކުރިން މަގުތަކުގައި މުޒާހަރާކޮށްފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔަ އެވެ.
އެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި އެއްވެ އުޅުމުގެ ގާނޫނު 2013 ގައި ފާސްކުރީ އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވެސް ވޯޓާއެކުގަ އެވެ. އެހެންކަމުން ގާނޫނުގައި އޮތް ގޮތަށް އަމަލުކުރުމުން އެއަށް ފާޑެއް ނުކިޔޭނެ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު މިހެން ވިދާޅުވި ކަމުގައި ވިޔަސް މި ބިލަށް އެމްޑީޕީން ވޯޓު ދީފައެއް ނުވެ އެވެ.
މުޒާހާރާ ގަވައިދު ގާނޫނުއަސާސީއާ ހިލާފު: ބާކައުންސިލް
ހިއުމަން ރައިޓްސް ވޮޗުން ސަރުކާރަށް ފާޑުކިޔައިފި
އެއްވެއުޅުން ހަނިކުރި އިސްލާހު އުވާލަން ވިސްނުމެއް ނެތް
ވަކި ތަނެއްގައި ނޫނީ މުޒާހަރާ ނުކުރެވޭ ގޮތަށް ހަދަނީ
އިދިކޮޅުގެ މުޒާހަރާ ރޫޅާލައި، މީހުން ހައްޔަރު
ޓެގުގެ އެއްބަސްވުން: ބޮޑު ބަދަލަކުން ސަލާމަތްވެއްޖެ
އަނިޔާގެ ތުހުމަތު: "މިއީ އެ ދުވަހެއް ނޫން"!
މޭޑޭގެ މުޒާހަރާ:ދެ ފުލުހަކު ޓްރެއިނިން ފުރިހަމަނުކުރޭ
އެއްވުން ރޫޅާލި ގޮތާ މެދު ހޯމް މިނިސްޓަރާ ސުވާލުކުރަނީ
"ރިލްވާން މައްސަލައިގައި ކުރެވެން ހުރިކަމެއް ކުރިން"