Roadha Mihaaru
އިދިކޮޅުގެ މުޒާހަރާ ރޫޅާލައި، މީހުން ހައްޔަރު

އިދިކޮޅުން ބޭއްވި މުޒާހަރާ ރޫޅާލައި، ބައެއް މީހުން ހައްޔަރުކޮށްފި

27 ޖެނުއަރީ 2023

އިދިކޮޅު ކޯލިޝަނުން މިރޭ މާލޭގައި ބޭއްވި މުޒާހަރާއަށް ފުލުހުން ހުރަސް އަޅައި، ބާރުގެ ބޭނުންކޮށް ބައެއް މީހުން ހައްޔަރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިދިކޮޅު ކޯލިޝަނުން މިރޭ މާލޭގައި ބޭއްވި މުޒާހަރާއަށް ފުލުހުން ހުރަސް އަޅައި، ބާރުގެ ބޭނުންކޮށް ބައެއް މީހުން ހައްޔަރުކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމަށްފަހު އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިރޭ ބޭއްވި މުޒާހަރާއަށް ފުލުހުން ހުރަސް އެޅީ އެމްޕީއެލް ސަރަހައްދުންނެވެ.

އެ ސަރަހައްދުގައި ޕެޕާ ސްޕްރޭ ޖަހައި، އެއްވުން ރޫޅާލުމަށްފަހު ތިން މީހަކު ހައްޔަރުކުރި އެވެ. ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ބައެއް މީހުންނަށް އަނިޔާވެގެން ވެސް ގެންދިޔަ އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުރެއްވި ޓްވީޓް

އިދިކޮޅުން މިހާރު ބާއްވަމުންދާ މުޒާހަރާތަކުން މީހުން ހައްޔަރު ކުރިޔަސް، ގިނަ މީހުން ފަހުން ވަނީ ދޫކޮށްލައިފަ އެވެ.

ޔާމީން ޖަލަށްލާން ހުކުމްކުރީ އެމަނިކުފާނުގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގަ އެވެ. އެމަނިކުފާނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމާ އެކު، ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް މިވަގުތު ވަނީ ގެއްލިފަ އެވެ.