01 އޯގަސްޓް 2018
ފުވައްމުލަކުގެ އެކި ސަރަހައްދުތަކުން ދޭތެރެދޭތެރެ އިން ކަރަންޓް ކެނޑޭތާ ތިން ދުވަސްވެފައިވާ އިރު ވެސް، އެކަމަށް ދާއިމީ ހައްލެއް ނުލިބޭ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ފުވައްމުލަކުގެ އެކި ސަރަހައްދުތަކުން ދޭތެރެދޭތެރެ އިން ކަރަންޓް ކެނޑޭތާ ތިން ދުވަސްވެފައިވާ އިރު ވެސް، އެކަމަށް ދާއިމީ ހައްލެއް ނުލިބޭ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރު ވިދާޅުވީ އެ ރަށުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑެނީ ދެ ޖެނެރޭޓަރަކަށް ދިމާވެގެން އުޅޭ މައްސަލަ ހައްލު ނުކުރެވި ދިގުލައިގެންދާތީ ކަމަށެވެ.
ފުވައްމުލަކަށް ކަރަންޓު ދެނީ އެއް މެގަވޮޓްގެ ދެ ޖެނެރޭޓަރާއި 1.2 މެގަވޮޓްގެ ޖެނެރޭޓަރަކުންނެވެ. މިފަހަރު ކަރަންޓު ކެނޑެން ފެށީ މީގެ ދުވަސްކޮޅެއް ކުރިން އެއް މެގަވޮޓްގެ ޖެނެރޭޓަރަކަށް މައްސަލައެއް ޖެހި، އެކަން ހައްލުނުވެ ހުއްޓާ، ބޮޑު ޖެނެރޭޓަރުގެ ބުރަފައްޗަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ޟިރާރު ވިދާޅުވި އެވެ.
ޟިރާރު ވިދާޅުވި ގޮތުގައި ދެ ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުނުވާތީ، މިހާރު ކަރަންޓު ދެނީ އެކި ސަރަހައްދުތަކަށް ބަހާލައިގެން ދެ ގަޑިއިރުން ދެ ގަޑިއިރުން ކަމަށެވެ.
އެ ރަށުގައި ކަރަންޓުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަނުން ބުނީ މި ރޭ ނުވައެއް ޖަހާއިރު މުޅި ރަށަށް ކަރަންޓު ދޫކުރާނެ ކަމަށެވެ. އަދި 800 ކިލޯވޮޓްގެ ޖެނެރޭޓަރެއް ރަށަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ޖެނެރޭޓަރު ބޭނުންކުރަން ފެށުމުން ކަރަންޓްގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ.
ކަރަންޓް ކެނޑުމުގެ ސަބަބުން އާންމުންނަށް ގިނަ ދަތިތަކެއް ކުރިމަތިވަމުން ދާ އިރު، ރޭގެ ވަގުތެއްގައި އަލިފާނުގެ ހާދިސާއެއް ވެސް ހިނގި ކަމަށް ޟިރާރު ވިދާޅުވި އެވެ. ކަރަންޓު ކެނޑުމުގެ ގޭގައި ދިއްލާފައި ހުރި އުށްބައްތިއެއްގެ ސަބަބުން އެ ގޭގައި އަލިފާން ރޯވެ، ކޮޓަރި ތެރޭގައި ހުރި ގިނަ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ.
ކަރަންޓު މައްސަލަ ހައްލުކުރަން ޖެނެރޭޓަރު ގެންދިޔަ ނުދިން!
ފުވައްމުލަކުގެ އިންޖީނެއް ހަލާކުވުމުން ކަރަންޓު ކަނޑަނީ
ފުވައްމުލަކުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްފި
ފުވައްމުލަކުގައި އާ ޓްރާންސްފޯމަރެއް މިއަދު ބަހައްޓަނީ
ފުވައްމުލަކުގެ 80 ޕަސެންޓަށް ކަރަންޓާއި ފެން ދީފި
ފުވައްމުލަކުން ކަރަންޓާއި ފެން ކެނޑިއްޖެ
ނުރައްކާތެރި ޓްރާންސްފޯމަރުތައް އެބަހުރި: އައްޑޫ ކައުންސިލް
ފުވައްމުލަކަށް ރޭ ނުޖެއްސުނު ފްލައިޓް އަލުން ބާއްވައިފި
ކޭބަލެއް ބުރިވެ ފުވައްމުލަކުން ކަރަންޓު ކެނޑިއްޖެ
ފުވައްމުލަކު ކަރަންޓް މައްސަލައަށް ވަގުތީ ހައްލެއް