Roadha Mihaaru
ކެޑްބަރީ ޗޮކްލެޓެއް އުފައްދަން ފުރުސަތެއް

ކެޑްބަރީ ޗޮކްލެޓެއް ތައްޔާރުކޮށްލަން ކަސްޓަމަރުންނަށް ފުރުސަތެއް

24 ޖުލައި 2018

މިއީ ޗޮކްލެޓަށް ލޯބި ކުރާ އިނގިރޭސިންނަށް އޮތް ރަނުގެ ފުރުސަތެކެވެ. އެ މީހަކު ބޭނުން ގޮތަކަށް ކެޑްބަރީގެ ޗޮކްލެޓް ބާއެއް ތައްޔާރުކޮށް، ފަރުމާކޮށް، އެއަށް ނަމެއް ވެސް ދެވި ދާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިއީ ޗޮކްލެޓަށް ލޯބި ކުރާ އިނގިރޭސިންނަށް އޮތް ރަނުގެ ފުރުސަތެކެވެ. އެ މީހަކު ބޭނުން ގޮތަކަށް ކެޑްބަރީގެ ޗޮކްލެޓް ބާއެއް ތައްޔާރުކޮށް، ފަރުމާކޮށް، އެއަށް ނަމެއް ވެސް ދެވި ދާނެ އެވެ.

އެކަމަކު އެ ޗޮކްލެޓް ތައްޔާރު ކުރާ އިރު، "ކެޑްބަރީވަންތަ"ކަމާއި އެ ބްރޭންޑްގެ ޗޮކްލެޓްތަކުގައި ހުންނަ ކަހަލަ ރަހަތައް ހުންނަން ވާނެ އެވެ.

މިކަމަށް ޝައުގުވެރިވާ މީހުންނަށް އެ މީހުންގެ ޗޮކްލެޓް، ކެޑްބަރީ އަށް ފޮނުވުމުގެ ފުރުސަތު މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ކެޑްބަރީން ދެން ނެރޭނެ ޗޮކްލެޓަކަށް ވާނީ، މިކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން ކޮންމެވެސް އެކަކެއްގެ ހޮވުމަކަށެވެ. އެ ހޮވުން ހޮވާނީ ހުށަހަޅާ ޗޮކްލެޓްތަކުގެ ތެރެއިން ތިން ޗޮކްލެޓެއް ޝޯޓްލިސްޓް ކުރުމަށް ފަހު އެވެ. ޝޯޓްލިސްޓް ކުރާނީ އޭގެ ރަހަ އާއި ތައްޔާރު ކުރަންކޮށްފައި ހުރި މަސައްކަތުގެ ފެންވަރަށް ބެލުމަށް ފަހު އެވެ.

ކެޑްބަރީގެ ޓްވީޓެއް.

ކެޑްބަރީން ބުނި ގޮތުގައި ޝޯޓްލިސްޓް ކުރާ ތިން ޗޮކްލެޓް ހުށަހަޅާ ތިން މީހުން ބާމިންހަމްގައި ހުންނަ ކެޑްބަރީގެ ހެޑް ކުއާޓަރަށް ދައުވަތު ދޭނެ އެވެ. އަދި އެއް ވަނަ އަށް ދާ ޗޮކްލެޓްވެގެން ދާނީ، ފިހާރަތަކުގައި ވިއްކަން އަތުރާފައި ހުންނަ ކެޑްބަރީގެ ޑެއިރީ މިލްކް ޗޮކްލެޓްތަކުގެ ތެރެއަށް އިތުރު ވާނެ އެއްޗަކަށެވެ.

އެހެންވެ މިއީ އެ ޗޮކްލެޓެއް ތައްޔާރު ކުރާ މީހަކަށް ލިބޭނެ ވަރަށް ބޮޑު ޝަރަފަކަށް ވާނެ އެވެ.

ކެޑްބަރީގެ ޑިރެކްޓަރު އޮފް ރިސާޗް އެންޑް ޑިވެލޮޕްމަންޓް ޑޭވިޑް ޝެފަޑް ވިދާޅުވި ގޮތުގައި 100 އަހަރުގެ ތަޖުރިބާ އޮތް ކެޑްބަރީން ކަސްޓަމަރުންގެ ތަސަވުއްސަރަށް ޗޮކްލެޓަށް ނެރުމަކީ ވަރަށް ހާއްސަ ކަމަކަށް ވާނެ އެވެ.

"މިއީ އާ ހިޔާލުތަކަށް އަހަރެމެން އަބަދު ވެސް ހުޅުވާލެވިފައި އޮންނަކަން ދައްކުވައި ދޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.