26 މެއި 2018
ޗޮކްލެޓަށް ލޯބި ކުރާ މީހުންނަށް މޯލްޓެސާސްއަކީ ވަރަށް ފަރިތަ ނަމަކަށް ވާނެ އެވެ. ކުޑަ ބޯޅައެއްގެ ބައްޓަމަށް އޮންނަ މި ޗޮލްކެޓަކީ ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންގެ މެދުގައި ވެސް ވަރަށް މަގުބޫލު އެއްޗެކެވެ.
ޗޮކްލެޓަށް ލޯބި ކުރާ މީހުންނަށް މޯލްޓެސާސްއަކީ ވަރަށް ފަރިތަ ނަމަކަށް ވާނެ އެވެ. ކުޑަ ބޯޅައެއްގެ ބައްޓަމަށް އޮންނަ މި ޗޮލްކެޓަކީ ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންގެ މެދުގައި ވެސް ވަރަށް މަގުބޫލު އެއްޗެކެވެ.
އިނގިރޭސިވިލާތުގެ މި އުފެއްދުމުގެ ބައްޓަމަށް ބަދަލުތަކެއް ގެންނަން އުޅޭ ކަމަށް އަޑު ފެތުރުމާ އެކު، ބައެއް މީހުންގެ ފާޑު ކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ. އެއް ބަޔަކު ބުނަނީ މޯލްޓެސާސްގެ ބައްޓަން ބަދަލުކުރުމަކީ އެހާ ކަމުދާ ކަމެއް ނޫން ކަމަށެވެ.
މޯލްޓެސާސް ތައްޔާރުކޮށްފައި ވަނީ 75 ޕަސަންޓް މިލްކް ޗޮކްލެޓާއި 7.5 ޕަސަންޓް މޯލްޓް އެކްސްޓްރެކްޓާ އެކުލެވޭ ގޮތަށް ކަމެވެ.
ޒަމާންމީ ބޯޅަ ބަށްޓަން މޯލްޓެސާސް.
މި އުފެއްދުން ތައްޔާރު ކުރާ މާސް ރިގްލީ ކޮންފެކްޝަނަރީން ބުނި ގޮތުގައި މޯލްޓެސާސްގެ ބޯޅަ ބައްޓަން އެއްކޮށް ދޫކޮށްލަނީކީ ނޫނެވެ. ކުރާ ކަމަކީ އިތުރު ދެ އުފެއްދުމެއް މީގެ ތެރެއަށް ގެނައުމެވެ. އެއީ ފަތާކޮށް ހުންނަަ މޯލްޓެސާސް އާއި ޓްރަފްލް އެވެ.
މި ދެ އުފެއްދުން މިހާރު ރަސްމީކޮށް ލޯންޗް ކުރަން އަންނަނީ ތައްޔާރުވަމުންނެވެ. އަދި އުފެއްދުންތައް ވަނީ ބައެއް މީޑީއާތަކަށް ދައްކާލައި، ރަހަ ޓެސްޓް ކުރުމުގެ ފުރުސަަތު ވެސް ދީފަ އެވެ.
މޯލްޓެސާސްގެ އާ ދެ އުފެއްދުން އާންމުކޮށް ބާޒާރުގައި ވިއްކަން ފަށާނީ އަންނަ ޖުލައި މަހުގެ މެދު ތެރޭގަ އެވެ. މޯލްޓެސާސް ޓްރަފްލްއަކީ ޕްރިމިއަމް ޗޮކެލެކްޓްގެ ވިޔަފާރީގެ ތެރެއަށް މޯލްޓެސާސް ނުކުނަން އަޅާ ފިޔަވަޅެކެވެ.
މޯލްޓެސާސް އަލަށް ލޯންޗް ކުރާ ޓްރަފްލް އާއި ބަޓަން.
މޯލްޓެސާސް ބްރޭންޑް ޑިރެކްޓަރު ރެބެކާ ޝެފަޑް-ވަލްވީން ބުނީ އާ ދެ އުފެއްދުމަކީ މޯލްޓެސާސް ފުޅާ ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ބައެއް ކަމަށެވެ. އަދި އާ އުފެއްދުން ތަޖުރިބާކޮށްލަން ލިބުމާ އެކު، މީގެ މަގުބޫލަން ބޮޑުވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ބުންޏެވެ.
އޭނާ ބުނީ ގޮތުގައި ފަތާ ބައްޓަމަށް ހެދި މޯލްޓެސާސް ޒުވާނުންނަށް ވަރަށް ހާއްސަ ވާނެ އެވެ. އަދި މޯލްޓެސާސް ޓްރަފްލްއަކީ ހަދިޔާއަކަށް ދޭން ވަރަށް ރަނގަޅު އުފެއްދުމަކަށް ވާނެ އެވެ.
ކިޓްކެޓުން ވެޖެޓޭރިއަން ޗޮކްލެޓެއް ނެރެނީ
ކެޑްބަރީ ޗޮކްލެޓްގެ ސައިޒް ކުޑަކުރާތީ ފާޑުކިޔަނީ
ގެލެކްސީން ވީގަން ޗޮކްލެޓް އުފައްދައިފި
ޔޫކޭގައި "ސްނިކާޒް" ޗޮކްލެޓް "މެރަތަން" ގެ ނަމަށް
ކެޑްބަރީގެ އާ ރަހައެއް އުފައްދަން ފުރުސަތު ހުޅުވާލައިފި
ކެޑްބަރީ ޗޮކްލެޓެއް އުފައްދަން ފުރުސަތެއް
ލަންކާގެ ޕްރިމިއަމް ރެވެލޯ ޗޮކްލެޓް ރާއްޖޭގެ މާކެޓަށް
ޕިރަމިޑުން ރެވެލޯ ޗޮކްލެޓުގެ ރަހަ ބަލާލަން ދެނީ
ރެވެލޯ ޗޮކްލެޓުގެ ރަހަ ބަލަން ހާއްސަ އިވެންޓެއް
ޔުނައިޓެޑުގެ އާ ސްޓޭޑިއަމުން ނުވަ ބިލިއަން ޑޮލަރު