Roadha Mihaaru

ދުބާއީ ޗޮކްލެޓާއި ޖޯލި މޯލްޑިވްސްގެ ޕާޓްނަޝިޕެއް

ފާއިތުވި އަހަރެއްހާ ދުވަހު، މުޅި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ، ފިކްސް ޑެޒާޓް ޗޮކްލެޓިއާގެ "ދުބާއީ ޗޮކްލެޓް"ގެ ބާވަތްތައް ޖޯލި މޯލްޑިވްސް ރިސޯޓުން ލިބޭ ގޮތަށް ޕާޓްނަޝިޕެއް ހަދައިފި އެވެ.

ޖޯލި މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުންނަށް އިއްޔެ އިން ފެށިގެން މިހާރު ވަނީ އެ ވިއްކަން ފަށައިފަ އެވެ.

މިކަމަށް ހާއްސަކޮށް، ފިކްސްއިން ވަނީ "ޓައިމް ޓު މެންގޯ"ގެ ނަމުގައި ޗޮކްލެޓުގެ އާ ބާވަތްތަކެއް ވެސް އެ ރިސޯޓަށް ތައާރަފްކޮށްފަ އެވެ.

ރާއްޖެއަކީ، ދުބާއީ ޗޮކްލެޓު ޔޫއޭއީ ނޫން ގައުމެއްގައި ވިއްކަން، ވިޔަފާރި ފުޅާކުރި ފުރަތަމަ ގައުމެވެ.

ދުބާއީ ޗޮކްލެޓު ޖޯލި މޯލްޑިވްސް ރިސޯޓުގެ އެކި ތަންތަނުން ލިބޭ ގޮތް ވަނީ ހަމަޖައްސައިފަ އެވެ. އެއާޕޯޓުގައި ހުންނަ އެ ރިސޯޓުގެ ލައުންޖާއި، އައިސްކްރީމް ޝޮޕާއި ވިލާތަކުން ވެސް ލިބޭނެ އެވެ.

މި ވައިރަލް ޗޮކްލެޓު އުފެއްދި "ފިކްސް ޑެޒާޓް ޗޮކްލެޓިއާ" ބްރޭންޑުގެ ސާރާ ހަމޫދާ ބުނީ، އެ ކުންފުނިން ބަލަނީ މީރު ރަހައިގެ އިތުރުން ކަސްޓަމަރުންނަށް ހާއްސަ ތަޖުރިބާއެއް ދޭން ކަމަށެވެ.

އެހެންވެ، ޓޫރިސްޓުންގެ ތަޖުރިބާއަށް އިސްކަންދޭ ޖޯލި މޯލްޑިވްސް ފަދަ ރިސޯޓަކާ އެކު ޕާޓްނަޝިޕެއް ހެދުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފަ އެވެ.