30 ޖޫން 2018
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރަން ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި 50 މިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހަމަޖައްސައިފި އެވެ.
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރަން ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި 50 މިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހަމަޖައްސައިފި އެވެ.
އެ ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން ސަރުކާރުން މިދިޔަ އަހަރު ވަނީ އިންޑިއާގެ ނިމްސް ހޮސްޕިޓަލް ވެސް ހިންގަމުން އަންނަ، އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (އެންއައިއައި)އާ ހަވާލުކޮށްފަ އެވެ. ނަމަވެސް ހިއްސާދާރުންގެ މެދުގައި ޖެހުނު މައްސަލަތަކާ ހެދި ކުޅުދުއްފުށީ ހޮސްޕިޓަލްގެ ހިންގުމާ ސަރުކާރުން ވަނީ ހަވާލުވެފަ އެވެ.
އެކަމަކު އެންއައިއައިއާ އެކު 50 އަހަރަށް ހެދި އެއްބަސްވުން އުވާލަން ނިންމި ކަމެއް ސަރުކާރުން މިހާތަނަށް ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެ އެވެ.
ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް "މިހާރު" އަށް ވިދާޅުވީ، ކުޅުދުއްފުށީ ހޮސްޕިޓަލްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ. އެހެންވެ އެތަނުގެ ހާލަތު ރަނގަޅުކޮށް ޓާޝަރީ ފެންވަރަށް ތަރައްގީކުރަން ރައީސް އަބްދުﷲ ޔާމީން އަންގަވާފައިވާ ކަމަށް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކުރަން 50 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސާފައިވާ ކަމަށެވެ. އެ ފައިސާއިން، ސީޓީ ސްކޭނާއި އެމްއާރުއައިގެ ހިދުމަތް ފެށުމުގެ އިތުރުން ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދައި އާ ހިދުމަތްތައް ދޭން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލް، ނޫރުލް އިސްލާމް އިންޓަނޭޝަނަލްއާ ހަވާލުކުރުމަށް ސޮއިކުރެއްވުމަށް ފަހު ހެލްތު މިނިސްޓަރު ނާޒިމާއި (ކ) އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފައިޒަލް ހާން އެއްބަސްވުން ބަދަލު ކުރައްވަނީ. -- މިހާރު ފޮޓޯ: ހުސެން ވަހީދު
"ނިމްސްއާއެކު ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކުރަން ފެށީ. އެކަމަކު ހޮސްޕިޓަލްގެ ހާލަތު ބޮއްސުންލައިގެން ދިއުމުން އެތަން ތަރައްގީކުރަން ސަރުކާރުން މި ނިންމީ. ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި ކުޅުދުއްފުށީ ހޮސްޕިޓަލަށް ހެޔޮ ބަދަލުތަކެއް ގެންނަން މި އަންނަނީ މަސައްކަތް ކުރަމުން،" ނާޒިމް ވިދާޅުވި އެވެ.
ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުން ހިތާއި ކިޑްނީ ފަދަ މުހިއްމު ބަލިތަކަށް ފަރުވާ ދެވޭނެ ކަމަށާއި ކާޑިއޮލޮޖިސްޓެއް ހަމަޖެހެންދެން، އެ ހޮސްޕިޓަލްގައި ހިތުގެ ބަލީގެ ކަންތައްތައް ބަލަހައްޓަން ނިންމާފައިވަނީ އައިޖީއެމްއެޗްގެ ކާޑިއޮލޮޖީ ސެންޓަރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ހިދުމަތްތައް ރަނގަޅުކުރުމަށްޓަކައި މެޑިކަލް އަދި ނާސިން ޑިރެކްޓަރެއް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. މިހާރު ކުރަމުން އަންނަނީ އެ ހޮސްޕިޓަލް ހިންގާނެ ސީއީއޯ އެއް ހަމަޖެއްސުމުގެ މަސައްކަތް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ކޭއާރުއެޗްގެ މައްސަލަ ހައްލުކުރަން 10 ދުވަސް ދީފި
ކުޅުދުއްފުށީ ހޮސްޕިޓަލް ނިމްސްއާ ހަވާލު ކުރަނީ
މައްސަލަ ހައްލުވެއްޖެ ކަމަށް އެންއައިއައިއިން އަންގައިފި
މިއީ އިންގިލާބީ ބަދަލުތަކުގެ ފަސް އަހަރު: އަމީން
ކުޅުދުއްފުށީގައި ސީޓީ ސްކޭނާއި ހިތުގެ ފަރުވާ ފަށައިފި
ވަޒީފާގައި ތިބެގެން ނަރުހުންނަށް ކިޔެވޭނެމަގު ހޯދައިދެނީ
ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުން ފަސްކޮށްފި
ކުޅުދުއްފުށީ ހޮސްޕިޓަލުގެ އެއްބަސްވުން އުވާލަނީ
އައިބުތަކާ އެކު އުފަންވާ ކުދިންގެ އަދަދު އިތުރުވަނީ
ޓީބީ ނައްތާލުމުގެ ގައުމީ ކެމްޕެއިނެއް ފަށައިފި