Roadha Mihaaru
ކުޅުދުއްފުށީ ހޮސްޕިޓަލް ނިމްސްއާ ހަވާލު ކުރަނީ

ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރުގައި ހިންގަން އިންޑިޔާގެ ނިމްސް ހޮސްޕިޓަލާ ހަވާލުކުރަނީ

19 މާޗް 2017

ހދ. ކުޅުުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގަން އިންޑިއާގެ ނިމްސް ހޮސްޕިޓަލާ ހަވާލުކުރަން ސަރުކާރުން ނިންމައިފި އެވެ.

ހދ. ކުޅުުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގަން އިންޑިއާގެ ނިމްސް ހޮސްޕިޓަލާ ހަވާލުކުރަން ސަރުކާރުން ނިންމައިފި އެވެ.

މި އަހަރުގެ ރިޔާސީ ބަޔާންގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ 150 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި، ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް ބޭރުގެ ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިދިޔަ ހަފުތާގައި "މިހާރު" އަށް ވިދާޅުވީ، ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ނިމްސް އާ ހަވާލުކުރުމަށްޓަކައި އެއްބަސްވުން ވެސް ޑްރާފްޓް ކޮށްފައިވާ ކަމަށެވެ. އަދި މިހާރު އިންތިޒާރު ކުރަނީ އެ ޑްރާފްޓް ބަންޑާރަ ނައިބު މުހައްމަދު އަނިލް ބެއްލެވުމަށް ފަހު، ދެއްވާ ލަފައަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު 50 އެނދު ހުންނަ ކުޅުދުއްފުށީ ހޮސްޕިޓަލް ނިމްސްއާ ހަވާލުކުރަނީ 30 އަހަރަށް ވުރެ ދިގު މުއްދަތަކަށެވެ.

ހެލްތު މިނިސްޓަރު ނާޒިމް މިދިޔަ ހަފުތާގެ ބުދަދުވަހު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ހެލްތު މިނިސްޓަރު ނާޒިމް މިދިޔަ ހަފުތާގެ ބުދަދުވަހު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"ހެލްތު މިނިސްޓްރީއާ އެ މީހުންނާ [ނިމްސް ހޮސްޕިޓަލްގެ އިސްވެރިންނާ] ވާހަކަ ދެއްކެވި ހުރިހާ ކަމެއް ނިމި، އޭޖީ އޮފީހަށް [އެއްބަސްވުމުގެ ޑްރާފްޓް] ފޮނުވާފައި ވަނީ. އޭޖީ އޮފީހުން އެ ބައްލަވާފައި ކުރިއަށް ދާށޭ، ނޫނިއްޔާ އެބޭފުޅުން ވިދާޅުވާނެ ޓެކްނިކަލީ މިވެނި މާއްދާއެއް އިސްލާހު ކުރަންޖެހެއޭ. އެހެންވެއްޖިއްޔާ އަޅުގަނޑުމެން މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ މަޝްވަރާކޮށް، މިހާރު އޮތް ގޮތަށް ފާސްވެއްޖިއްޔާ ވަރަށް އަވަހަށް ނިމޭނެ،" ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ނިޔަތަކީ އޭޖީ އޮފީހުގެ ލަފައާ އެކު ވީހާވެސް އަވަހަކަށް މިކަން ނިންމާފައި އެބޭފުޅުންނާ [ނިމްސް ހޮސްޕިޓަލާ] ތަން ހަވާލުކުރުން."

މިނިސްޓަރު ވިދާޅުވި ގޮތުގައި ކުޅުދުއްފުށީ ހޮސްޕިޓަލް، ނިމްސް އާ ހަވާލުކޮށްގެން ތަރައްގީކޮށް ނިމޭއިރު، އެމްއާރުއައި އާއި ސީޓީ ސްކޭން އަދި ހުޅު ބަދަލުކުރުމާއި ހިތުގެ އޮޕަރޭޝަން ފަދަ ބޮޑެތި އޮޕަރޭޝަންތައް އެތަނުގައި ކުރެވޭނެ އެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާތާ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ހިދުމަތްތައް ފަށާނެ ކަމަށް ނާޒިމް އޭނާ ވިދާޅުވި އެވެ.

"މަލްޓި ޓާޝަރީ، އައިޖީއެމްއެޗް ފަދަ ބޮޑު ހޮސްޕިޓަލަކަށް އެތަން ބަދަލުވާނެ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކޮށް ނިމުމުން، ފަރުވާ އަށް މާލެ އިން މީހުން އެ ތަނަށް ގެންދާނެ ޔަގީންކަން ނިމްސް ހޮސްޕިޓަލުން ދޭނެ ކަމަށެވެ. އަދި ހަނިމާދު އާއި ޓްރިވެންޑްރަމާ ދެމެދު ވައިގެ ދަތުރުފަތުރު ގާއިމް ކޮށްފައިވާތީ، ޓްރިވެންޑްރަމުން ސީދާ އުތުރަށް ޑޮކްޓަރުންނަށް ދިއުމުގެ ފަސޭހަކަން ބޮޑުވާނެކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ވިސްނުމާ އެއްގޮތަށް ކަންކަން ދާ ނަމަ، [ކުޅުދުއްފުށި ހޮސްޕިޓަލް] ވާނީ ވަރަށް ބޮޑު ބަދަލެއް އަންނާނެ ތަނަކަށް،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކުޅުދުއްފުށީ ހޮސްޕިޓަލް، ނިމްސް އާ ހަވާލުކޮށްގެން ތަރައްގީކޮށް ނިމޭއިރު، އެމްއާރުއައި އާއި ސީޓީ ސްކޭން އަދި ހުޅު ބަދަލުކުރުމާއި ހިތުގެ އޮޕަރޭޝަން ފަދަ ބޮޑެތި އޮޕަރޭޝަންތައް އެތަނުގައި ކުރެވޭނެ އެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާތާ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ހިދުމަތްތައް ފަށާނެ ކަމަށް ނާޒިމް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބޭރުގެ މެނޭޖްމަންޓަކާ ހަވާލުކޮށްގެން އިތުރު ހޮސްޕިޓަލެއް ހިންގުމަށް ސަރުކާރުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ. ނަމަވެސް އައްޑޫގައި ގާއިމް ކުރަން ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލް ބޭރުގެ މެނޭޖްމަންތަކާ ހަވާލުކުރުމަކީ އޮޕްޝަނެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އައިޖީއެމްއެޗްގެ އެކިއެކި ޑިޕާޓްމަންޓްތައް ބޭރުގެ ހޮސްޕިޓަލްތަކާ ހަވާލުކޮށްގެން މިހާރު ހިންގާ ގޮތަށް، ރަށްރަށުގައި ވެސް އެކަން އެގޮތަށް ކުރުމަށް ސަރުކާރުން ވިސްނަ އެވެ.

"އެކަމަށް ވެސް ޕްރޮޕޯޒަލް އެބަލިބޭ. އެކަމަށް އުސޫލެއް ކަނޑައަޅައިގެން ވަރަށް ބޮޑަށް ހަރުދަނާ ގޮތަށް ކުރިއަށް ގެންދާނީ. އެކަން ކުރިއަށް ދަނިކޮށް، ރޯގާ ކަންތައް ލައިގެން ހުރިހާ މުވައްޒަފުން އެކަމާ އުޅެނީ،" އޭނާ ވިދާޅުވި އެވެ.