23 އޯގަސްޓް 2018
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން، އިންޑިއާގެ ނިމްސްގެ ހޮސްޕިޓަލް ހިންގާ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (އެންއައިއައިއާ) އެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން ނިންމަން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން، އިންޑިއާގެ ނިމްސްގެ ހޮސްޕިޓަލް ހިންގާ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (އެންއައިއައިއާ) އެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން ނިންމަން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
މިއީ، ހިއްސާދާރުންގެ މެދުގައި ބޮޑެތި މައްސަލަތައް ޖެހުނު ފަހުން، ކުޅުދުއްފުށީ ހޮސްޕިޓަލްގެ އެގްރީމަންޓާ ގުޅޭ ގޮތުން ރައީސް ޔާމީން އާންމު ތަނެއްގައި ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.
ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ދެ މަޝްރޫއެއްގެ ނިމުން ފާހަގަ ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، އެ ރަށުގެ ހޮސްޕިޓަލް ތަރައްގީ ކުރަން ބޭރުގެ ބަޔަކާ ހަވާލުކުރީ ސަރުކާރުގެ އިހުލާސްތެރި އެދުންތަކާ އެކު ކަމަށެވެ. އެކަމަކު، އެ ކަމެއް އިންޑިއާގެ ކުންފުނީގެ ފަރާތުން ނުފެނުނު ކަމަށް ރައީސް ވިދާޅުވި އެވެ.
"ނިމްސްއާ އެކީ އެގްރިމަންޓް ހެދީ މި ތަނުގައި ތިން ވަނަ ދަރަޖައިގެ ތާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ހެދުމަށްޓަކައި. މާލޭ ނަގާފައި އެންމެ ރަނގަޅު ފެންވަރުގެ ހިދުމަތް ލިބޭ ތަނަަކަށް މި ރަށުގެ ހޮސްޕިޓަލް ހެދުމަށްޓަކައި،" ރައީސް ވިދާޅުވި އެވެ.
"ނިސްމްއަކީ ނަން މަޝްހޫރު ހޮސްޕިޓަލެއް. އެކަން ކުރަން އެ މީހުން ބޭނުމިއްޔާ އެކަން ކޮށްދެވޭނެ."
ރައީސް ވިދާޅުވި ގޮތުގައި، ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީ ކުރަން މަސައްކަތްތަކެއް ނޫރުލް އިސްލާމުން ކުރުމަށް ފަހު، ވަކި ހިސާބަކުން އެ މަސައްކަތް ހުއްޓާލި އެވެ. އަދި އޭގެ ފަހުން، ވާހަކަ ދައްކަން ރާއްޖެ އަންނަން ވެސް އެ މީހުން ދެކޮޅު ހެދި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"އެހެންވީމާ މިހާރު އަހަރެމެން އެއްބަސްވެއްޖައިން އެ އެގްރިމަންޓަކީ ނިންމަން ޖެހޭ އެއްޗެއް ކަމަށް. އަޅުގަނޑުމެން ގަބޫލެއް ނުކުރަން ބޭރުގެ ފަރާތްތަކާ އެކު މިކަހަލަ ކަންތައްކޮށްގެން މާ އެދެވޭ ނަތީޖާތަކެއް މިހާތަނަށް ލިބިފައެއް އޮތް ކަމަކަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ދިވެހި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދޭނީ ދިވެހި ސަރުކާރުން ކަމަށާއި ކުޅުދުއްފުށީ ހޮސްޕިޓަލް ވެސް ދެން ތަރައްގީ ކުރާނީ ސީދާ ދިވެހި ސަރުކާރުން ކަމަށެވެ.
"މިހާރު އެނގިވަޑައިގަންނަވާނެ މި ހޮސްޕިޓަލްގެ ހާލަތު. އެ ހިސާބަށް ގޮސްފައި އޮއްވައި ހާއްސަ މަސައްކަތްތަކެއް ކުރެވިގެން މިހާރު މި ތަނަށް ބޭނުންވާ އެމްއާރްއައި މެޝިނާ އެއްޗެހި ހޯދަނީ. މާލޭގައި ހުރި ހުރިހާ ޑައިގްނޯސްޓިކް ފެސިލިޓީތަކެއް [ކުޅުދުއްފުށީ ހޮސްޕިޓަލްގައި] ހަމަޖެހިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.
"ކުޅުދުއްފުށީ ހޮސްޕިޓަލް ނިމިގެންދާ އިރު މި ތަނުގައި، ދަރިމައިވަންތަ ވުމުގެ ހިދުމަތާއި ޑައިގްނޯސްޓިކް ހުރިހާ މަސައްކަތުގެ އިތުރަށް ހާއްސަ ބަލިތަކަށް ސްޕެޝެލައިޒްޑްގެ އިތުރަށް ރިހިބިލިޓޭޓް ފެސިލިޓީ ވެސް ހުންނާނެ."
ރައީސް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން އިންޑިއާގެ ޖީއެމްއާރަށް ވެލާނާ އިންޓަނެޝަނަލް އެއާޕޯޓް ވެސް ދީފައި އޮއްވައި އެތަން ސަރުކާރަށް ނަގައި، ތަރައްގީ ކުރަމުން އަންނަ ގޮތަށް، ތަރައްގީގެ އެހެން މަސައްކަތްތައް ވެސް މި ސަރުކާރަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އިންޑިއާގެ ނިމްސް ހޮސްޕިޓަލް ވެސް ހިންގާ ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓްގެ 80 ޕަސެންޓް ހިއްސާ އޮންނަ އެންއައިއައިއާ ކުޅުދުއްފުށީ ހޮސްޕިޓަލް ހަވާލުކުރީ 50 އަހަރަށެވެ. އެކަމަކު އެ އެއްބަސްވުމާ އެއްގޮތަށް ހޮސްޕިޓަލް ނުހިންގުނީ، އެ ކުންފުނީގެ ދެ ހިއްސާދާރުން ކަމަށްވާ ފައިޒަލް ޚާން އާއި އަލީ އުސައިދާ ދެމެދު އުފެދުނު މައްސަލަތަކަކާ ހެދި އެވެ. އެ މައްސަލަތައް ހައްލުކުރަން ދިވެހި ސަރުކާރުން މުއްދަތެއް ވެސް ދިނެވެ.
ކުޅުދުއްފުށީހޮސްޕިޓަލް އެއްބަސްވުން އުވާލުމުގެ އިޝާރާތެއް
ކޭއާރުއެޗްގެ މައްސަލަ ހައްލުކުރަން 10 ދުވަސް ދީފި
ދަތިތައް ހައްލުކޮށް، ހޮސްޕިޓަލް ހިންގާނަން: ނިމްސް
ކުޅުދުއްފުށީ ހޮސްޕިޓަލާ ގުޅޭ ބޮޑެތި ތުހުމަތުތަކެއް!
ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެނައި ކުރިއެރުމަކީ ކޮބާ؟
ކުޅުދުއްފުށީ ހޮސްޕިޓަލް ނިމްސްއާ ހަވާލު ކުރަނީ
އެއްބަސްވުން އުވާލުމުގެ ބަދަލަށް 29 މިލިއަން!
ކުޅުދުއްފުށީ ހޮސްޕިޓަލުގެ އެއްބަސްވުން އުވާލަނީ
މައްސަލަ ހައްލުވެއްޖެ ކަމަށް އެންއައިއައިއިން އަންގައިފި
ކޭއާރްއެޗް ސީރިއަސް ހާލަތުގައި، ބޭނުމީ އަވަސް ފަރުވާ!