Roadha Mihaaru
އެމްޓީޑީސީގެ ފައިދާ 2.2 މިލިއަން ޑޮލަރަށް

އެމްޓީޑީސީއަށް މިދިޔަ ކުއާޓަރުގައި ލިބުނު ފައިދާ 2.2 މިލިއަން ޑޮލަރަށް އިތުރުވެއްޖެ

28 ޖުލައި 2016

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު ފައިދާ 2.2 މިލިއަން ޑޮލަރު (33.9 މިލިއަން ރުފިޔާ) އަށް އިތުރުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު ފައިދާ 2.2 މިލިއަން ޑޮލަރު (33.9 މިލިއަން ރުފިޔާ) އަށް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް ވިޔަފާރިކުރުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނީގެ މިދިޔަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން އާމްދަނީގެ ގޮތުގައި 3.4 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުންޏަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބިފައި ވަނީ 1.32 މިލިއަން ޑޮލަރު (20.3 މިލިއަން ރުފިޔާ) އެވެ.

އެމްޓީޑީސީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރަށް ވުރެ ދެވަނަ ކުއާޓަރުގައި އެ ކުންފުނީގެ ހިންގުމުގެ ހަރަދުތައް ވަނީ ކުޑަވެފަ އެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ހަރަދުގެ ގޮތުގައި 249،813 ޑޮލަރު ހޭދަކުރިއިރު ދެވަނަ ކުއާޓަރުގައި އެ އަދަދު ވަނީ 214،404 ޑޮލަރަށް ކުޑަކޮށްފަ އެވެ.

ހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި ހިއްސާއަކަށް 0.07 ޑޮލަރު (1.07ރ. ޖެހިފައިވެ އެވެ.