31 މާޗް 2022
ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ އަހަރީ އާންމު ޖަލްސާއަކީ ހިއްސާދާރުންނަށް އެންމެ މުހިންމު އެއް ކޯޕަރޭޓް އިވެންޓެވެ. މި ޖަލްސާ، މާލީ އަހަރު ނިމެތާ ފަސް މަސްދުވަހުގެ ތެރޭގައި ބާއްވަން ޖެހެ އެވެ. މި ބައްދަލުވުމާ ގުޅިގެން ކުންފުނިތަކުން އަމަލުކުރަންޖެހޭ އުސޫލުތައް ކުންފުންޏާބެހޭ ގާނޫނާއި، ކޯޕަރޭޓް ގަވަނަންސް ކޯޑާއި އަދި ލިސްޓުކުރުމުގެ ގަވާއިދުގައި ކަނޑައަޅާފައިވެ އެވެ.
ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ އަހަރީ އާންމު ޖަލްސާއަކީ ހިއްސާދާރުންނަށް އެންމެ މުހިންމު އެއް ކޯޕަރޭޓް އިވެންޓެވެ. މި ޖަލްސާ، މާލީ އަހަރު ނިމެތާ ފަސް މަސްދުވަހުގެ ތެރޭގައި ބާއްވަން ޖެހެ އެވެ. މި ބައްދަލުވުމާ ގުޅިގެން ކުންފުނިތަކުން އަމަލުކުރަންޖެހޭ އުސޫލުތައް ކުންފުންޏާބެހޭ ގާނޫނާއި، ކޯޕަރޭޓް ގަވަނަންސް ކޯޑާއި އަދި ލިސްޓުކުރުމުގެ ގަވާއިދުގައި ކަނޑައަޅާފައިވެ އެވެ.
މި ޖަލްސާގައި ހިއްސާދާރުންގެ މަސްލަހަތު ހިމެނޭ މުހިންމު ނިންމުންތަކެއް ނިންމަ އެވެ. އަދި މި ޖަލްސާއަކީ ހިއްސާދާރުންނާއި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑާ ދިމާވެ، ކުންފުނީގެ ހިންގުމާއި ވިޔަފާރި އާއި ކުރިމަގާގުޅޭ ގޮތުން ހިޔާލު ހުށަހަޅަން ލިބޭ މުހިންމު ފުރުސަތެކެވެ. އެހެންވެ މިއީ ހުރިހާ ހިއްސާދާރުންނަށް ހަމަހަމަ އުސޫލަކުން ބައިވެރިވެވޭ ގޮތަށް އިންތިޒާމުކުރަންޖެހޭ ޖަލްސާއެކެވެ. ޖަލްސާގެ ނޯޓިސްއާ އެކު ޖަލްސާގައި މަޝްވަރާކުރުމަށާއި ހިއްސާދާރުންގެ ވޯޓުން ފާސްކުރުމަށް ހުށަހެޅިފައިވާ އެންމެހާ ކަންކަން ހިމަނަންވާނެ އެވެ. ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ހިއްސާދާރުންގެ ވޯޓުލުމުގެ ހައްގު ކަށަވަރުކޮށްދިނުމަށްޓަކައި ހިއްސާދާރުންނަށް ލިބެންޖެހޭ ހުރިހާ މައުލޫމާތެއް ޖަލްސާގެ ނޯޓިސްއާ އެކު ފޯރުކޮށްދޭންވާނެ އެވެ.
އޭޖީއެމްގައި ހިމަނަންޖެހޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ޑިރެކްޓަރުންގެ ގޮތުގައި އައްޔަނުކުރުމަށް ހުށަހަޅާފައިވާ ފަރާތްތަކާއި އޮޑިޓަރުކަމަށް އައްޔަނުކުރުމަށް ހުށަހަޅާފައިވާ ފަރާތުގެ ފުރިހަމަ މައުލޫމާތު ފޯރުކޮށްދޭންވާނެ އެވެ. އަދި ޑިރެކްޓަރުކަމަށް އައްޔަނުކުރުމަށް ހުށަހަޅާ ފަރާތުގެ 'ފިޓް އެންޑް ޕްރޮޕަ އެސެސްމަންޓް' ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނޮމިނޭޝަން ކޮމިޓީން އޮންނަންވާނީ ހަދައިފަ އެވެ.
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން: ޖަލްސާގައި ހިއްސާދާރުންނަށް ޑިވިޑެންޑް ބެހުމާ ގުޅޭ ގޮތުން ގޮތް ނިންމާނެ. --ފައިލް ފޮޓޯ:މިހާރު
ކުންފުނީގެ ނިމިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި، ޑިވިޑެންޑް ނުވަތަ ފައިދާ ބެހުމާ އަދި އެނޫންވެސް ހިއްސާދާރުންގެ ވޯޓުން ފާސްކުރުން ލާޒިމުކޮށްފައިވާ ހުރިހާ ކަންކަމުގެ މައުލޫމާތު ޖަލްސާގެ ނޯޓިހުގައި ހިމަނަންވާނެ އެވެ.
ވޯޓުލުމަށް ހުށަހަޅާ ގަރާރުތައް އެއްވެސް އޮޅުމެއް ނާރާނެ ގޮތަށް ހުށަހެޅުމަށް އިސްކަންދޭންވާނެ އެވެ. ކޮންމެ އަހަރީ އާންމު ޖަލްސާއަކަށް ހުށަހެޅުމަށް އެޖެންޑާކުރެވިފައިވާ ކަންތައްތަކާބެހޭ ގޮތުން ހިއްސާދާރުންނަށް ފޮނުވާ މައުލޫމާތުތަކަކީ، އެ ކަމަކާބެހޭ ފުރިހަމަ މައުލޫމާތު ލިބިތިބެ ނިންމާ ނިންމުންތަކަށް ހެދުމަށްޓަކައި ތަފްސީލީ މައުލޫމާތު ދޭންވާނެ އެވެ. ޖަލްސާ ބާއްވާ ތާރީހުގެ މަދުވެގެން 14 ދުވަސް ކުރިން ނޯޓިހާއި އެންމެހާ މައުލޫމާތު ކުންފުނީގެ ވެބްސައިޓްގައި ޝާއިއުކޮށް މަދުވެގެން އެއް މީޑިޔާ މެދުވެރިކޮށް ފޯރުކޮށްދޭންވާނެ އެވެ.
ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާ މެންބަރުން އައްޔަނުކުރުމާގުޅޭ ހަރުދަނާ ޝަރުތުތަކެއް މިފަހުން ސީއެމްޑީއޭގެ ކޯޕަރޭޓް ގަވަނަންސް ކޯޑުގެ އިސްލާހުގައި ހިމަނާފައިވެ އެވެ. ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރުމަށް ނޮމިނޭޓްކުރާ ފަރާތަކީ ނޮން-އެގްޒެކެޓިވް އިންޑިޕެންޑަންޓް ޑިރެކްޓަރުންގެ ޝަރުތު ފުރިހަމަވާ ފަރާތަކަށް ވާންވާނެ ކަމަށާއި ކުންފުނީގެ އެގްޒެކެޓިވް މަގާމެއްގައި ހުރި ފަރާތެއް ކޮލިފައިނުވާނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ކުރިއަށްދަނީ: އަހަރީ އާންމު ޖަލްސާގައި ހުރިހާ ހިއްސާދާރުންނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ. --ފައިލް ފޮޓޯ:މިހާރު
މިއީ އާންމު ހިއްސާދާރުންގެ މަސްލަހަތު ހިމާޔަތްކޮށްދިނުމަށް ސީއެމްޑީއޭގެ ކޯޕަރޭޓް ގަވަނަންސް ކޯޑަށް ގެނެވިފައިވާ މުހިންމު އިސްލާހެކެވެ. ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ގަވަނަންސް ހަރުދަނާކުރުމަށް މުހިންމު ބަދަލުތަކެއް ސީއެމްޑީއޭގެ ކޯޕަރޭޓް ގަވަނަންސް ކޯޑަށް ގެނެވިފައިވެ އެވެ.
ހިއްސާދާރުން ނުވަތަ ޕްރޮކްސީ އަށް، މި ބައްދަލުވުމުގައި ބައިވެރިވެވޭނެ ކަމަށް ކުންފުންޏާބެހޭ ގާނޫނުގައި އޮވެ އެވެ. ޕްރޮކްސީ ނޮމިނޭޓްކުރުމާގުޅޭ ގޮތުން އުސޫލު ކަނޑައެޅުމުގެ ފްލެކްސިބިލިޓީ އޮންނަނީ ކުންފުނިތަކަށް ދީފަ އެވެ. ޕްރޮކްސީ ނޮމިނޭޓްކުރުމާއި ވެރިފައިކުރުމުގެ ކަންކަން ކުރާނެ ހަރުދަނާ އުސޫލެއް އެކުލަވާލުމަށް ސީއެމްޑީއޭ އިން ކުންފުނިތަކަށް ބާރުއަޅަ އެވެ.
މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ކުންފުނީގެ ޗެއަމަނެވެ. ނަމަވެސް، ޗެއަމަން އަށް ހާޒިރުވެވެން ނެތްނަމަ، ހާޒިރުވެ ތިބި މެންބަރުންގެ ތެރެއިން މެންބަރެއް ވަގުތީގޮތުން އައްޔަންކުރަން ޖެހޭނެ އެވެ. ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ އޮޑިޓް ކޮމިޓީ އަދި ނޮމިނޭޝަން ކޮމިޓީގެ ޗެއަމަންގެ އިތުރުން އެކްސްޓާނަލް އޮޑިޓަރު ވެސް މި ބައްދަލުވުމަށް ހާޒިރުވާން ޖެހެ އެވެ. އެހެންގޮތަކަށް ކަނޑައަޅާފައިނުވާ ނަމަ، ޖަލްސާގެ ކޯރަމަކީ 20 ޕަސެންޓް ހިއްސާ މިލްކުކުރާ ފަސް ހިއްސާދާރުންނެވެ.
ބައްދަލުވުން ބާއްވާއިރު ޖަލްސާ ފެށުނުކަން އިއުލާނުކޮށް ކޯރަމްގައި، ހިއްސާދާރުންގެ ގޮތުގައި ހާޒިރުވި ފަރާތްތަކުގެ އަދަދު ހާމަވާނަމަ އިއުލާނުކޮށް އެޖެންޑާ އާއި ވޯޓުލުމުގެ އިޖުރާއަތު ވެސް އިއުލާންކުރަންވާނެ އެވެ. ޖަލްސާއަށް ހާޒިރުނުވެ ވޯޓުލާން އެދޭ ހިއްސާދާރުންނަށް ވެސް ވޯޓުލުމަށް މަގުފަހިކޮށްދިނުމަކީ އެދެވިގެންވާކަމެއް ކަމަށް ސީއެމްޑީއޭގެ ސީޖީ ކޯޑުގައިވެ އެވެ.
ބައްދަލުވުމަށް ހުށަހަޅާފައިވާ ގަރާރުތަކާ ގުޅޭ މައުލުމާތު ހިއްސާދާރުންނަށް ޖަލްސާގައި އޮޅުންފިލުވައިދޭންވާނެ އެވެ. ކުންފުނީގެ ކޮންމެ އާންމު ބައްދަލުވުމެއްގައި ނިންމާފައިވާ ކަންކަން ރެކޯޑްކޮށް، ބައްދަލުވުމުގެ ޔައުމިއްޔާ ހިއްސާދާރުންނަށް ފޮނުވައި، ހިޔާލު ހުށަހެޅުމުގެ ފުރުސަތުވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ދިނުން މުހިންމެވެ. މި ޔައުމިއްޔާ ފާސްކުރަނީ ދެން އޮންނަ އަހަރެއްގެ ޖަލްސާއަށް ހުށަހަޅައިގެންނެވެ.
ދިރާގުން ހިއްސާއަކަށް 7.5ރ. ބަހަން ފާސްކޮށްފި
އެމްޓީސީސީ އޭޖީއެމް: ބޮޑު ޑިވިޑެންޑް ގެއްލި ލަނޑެއް؟
އެމްޓީޑީސީން ހިއްސާއަކަށް 60 ލާރި ބަހަން ނިންމައިފި
އެމްޓީޑީސީގެ މިދިޔަ އަހަރުގެ ފައިދާއަކީ 45 މިލިއަން
ތަޒްމީލްގެ މަސައްކަތާއެކު، އެމްޓީޑީސީ ހިންދެމިލަނީ!
އެމްޓީޑީސީގެ އަމިއްލަ ރިސޯޓެއް ހަދަން ރަށެއް ހޯދަނީ
އެމްޓީޑީސީގެ ހިއްސާއަކަށް60 ލާރި، ޖުމުލަ 28މިލިއަން
އެމްޓީޑީސީއަށް 50.9 މިލިއަން ރުފިޔާގެ ފައިދާ
އެމްޓީސީސީން ބަހާނީ ހިއްސާއަކަށް 2ރ.
އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 27ގައި