23 ޖޫން 2018
ވޮޝިންޓަން (ޖޫން 23) - ނޯތު ކޮރެއާ އަކީ އަދިވެސް ބިރެއް ކަމަށް ވިދާޅުވެ އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެއް އަހަރަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަމަހައްޓައިފި އެވެ.
ވޮޝިންޓަން (ޖޫން 23) - ނޯތު ކޮރެއާ އަކީ އަދިވެސް ބިރެއް ކަމަށް ވިދާޅުވެ އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެއް އަހަރަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަމަހައްޓައިފި އެވެ.
ނޯތު ކޮރެއާއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް ދަމަހައްޓާފައި މި ވަނީ އެ ގައުމަކީ އެމެރިކާ އަށް މިހާރު ނިއުކްލިއާ ބިރެއް ނޫން ކަމަށް ޓްރަމްޕް ވިދާޅުވިތާ މާގިނަ ދުވަހެއް ނުވަނީހެވެ. އަދި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންއާ ބައްދަލު ކުރެއްވިތާ ދިހަ ވަރަކަށް ދުވަސް ފަހުންނެވެ.
ނޯތު ކޮރެއާއާ ދެކޮޅަށް އިއްޔެ ދެމެހެއްޓި ދަތި ކުރުމުގެ ފިޔަވަޅުތަކަކީ 2008 ވަނަ އަހަރު ރިޔާސީ ގަރާރަކުން އެ ގައުމާ ދެކޮޅަށް އެޅި ފިޔަވަޅުތަކެވެ.
ސިންގަޕޫރުގައި މި މަހު 12 ވަނަ ދުވަހު ކިމްއާ އެކު ބޭއްވި ސަމިޓަށް ފަހު ޓްރަމްޕް ވިދާޅުވެފައި ވަނީ އެމަނިކުފާން ވެރިކަމަށް ވަޑައިގެންނެވި ދުވަހަށް ވުރެ ނޯތު ކޮރެއާ ގުޅުން އެތައް ތަނެއް މިހާރު ބަދަހިވާނެ ކަމަށެވެ.
ދެ ގައުމުގެ ގުޅުން ރަނގަޅު ކުރުމުގެ ނިޝާނެއްގެ ގޮތުން އެމެރިކާ އިން މިހާރު ވަނީ ސައުތު ކޮރެއާއާ އެކު ބާއްވަން ރޭވި އަސްކަރީ ތަމްރީނުތައް ފަސްކޮށްފަ އެވެ. މިދިޔަ އަހަރުގެ ތަމްރީނުތަކުގައި ވަނީ އެމެރިކާގެ 7،500 ސިފައިންނާއި ސައުތު ކޮރެއާގެ 3،000 ސިފައިން ބައިވެރިވެފަ އެވެ.
ސައުތު ކޮރެއާގައި އެމެރިކާގެ 28،000 ސިފައިން ތިބެ އެވެ.
އުތުރުކޮރެއާގެ ކްރިސްމަސް ހަދިޔާއަށް އެމެރިކާ ތައްޔާރު
ޓްރަމްޕް-ކިމްގެ ސަމިޓް ބޭއްވިދާނެކަމުގެ އުއްމީދު ބޮޑުވެއްޖެ
ކިމްއާ އެކު ބާއްވާ ސަމިޓް ޓްރަމްޕް ކެންސަލް ކޮށްފި
ކިމްގެ ސަމިޓް ބޭއްވޭނެ ކަމަށް އެމެރިކާގެ އުއްމީދު ބޮޑު
ނޯތު ކޮރެއާގެ މަޝްވަރާތައް ނާކާމިޔާބު ވަންޏާ ޓްރަމްޕް ވަކިވާނެ
ސީއައިއޭގެ ޑިރެކްޓަރު ވަނީ ކިމްއާ ބައްދަލުކޮށްފައި
ޓްރަމްޕާއި ކިމް އެކަކު އަނެކަކަށް މޮޔައިންނަށް ގޮވައިފި
ރަޝިޔާއަށް ހަތިޔާރު ދީފިއްޔާ ޒިންމާ ނަގަންޖެހޭނެ
ބާރު ގަދަ ނިއުކްލިއާ ހަތިޔާރު އުފައްދަންވީ: ކިމް
ކުޑަ އޮޅުމެއް: ހީކުރީ "ކްރިސްމަސް ހަދިިޔާ"އައީ ކަމަށް