ވޮޝިންޓަން (މެއި 24) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންއާ އެކު އަންނަ މަހު ބާއްވަން ޕްލޭންކުރި ސަމިޓް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކެންސަލް ކުރައްވައިފި އެވެ.
24 މެއި 2018
ވޮޝިންޓަން (މެއި 24) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންއާ އެކު އަންނަ މަހު ބާއްވަން ޕްލޭންކުރި ސަމިޓް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކެންސަލް ކުރައްވައިފި އެވެ.
ޓްރަމްޕް ވިދާޅުވީ އެމަނިކުފާން އެގޮތަށް ނިންމެވީ ނޯތު ކޮރެއާ އިން ދާދި ފަހުން ހާމަކުރަން ފެށި ރުޅިވެރިކަމުގެ ބަޔާންތަކުގެ ސަބަބުން ކަމަށެވެ. އެހެންވެ މިއީ ސަމިޓް ބާއްވަން އެކަށީގެންވާ ވަގުތު ނޫން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕާއި ކިމްގެ ސަމިޓް ބާއްވަން ނިންމާފައި ވަނީ އަންނަ މަހު 12 ވަނަ ދުވަހު ސިންގަޕޫރުގަ އެވެ.
ކިމް އަށް ފޮނުއްވި ސިޓީއެއްގައި ޓްރަމްޕް ވިދާޅުވެފައި ވަނީ "ކޮންމެ ވެސް ދުވަހަކުން" ބައްދަލު ކުރަން ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމަށެވެ.
ނޯތު ކޮރެއާއާ ގުޅޭ ގޮތުން އެމެރިކާގެ އިސް އޮފިޝަލުން ދާދި ފަހުން ދޭން ފެށި ބަޔާންތަކުން ނޯތު ކޮރެއާ ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ބޯލްޓަން ވިދާޅުވެފައި ވަނީ ނޯތު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު ނައްތާލަން ބޭނުން ވަނީ ލީބިއާގެ މޮޑެލް އަށް ކަމަށެވެ.
ބޯލްޓަން އެ އިޝާރާތް ކުރެއްވީ ލީބިއާ އިން 2003 ވަނަ އަހަރު ނިއުކްލިއާ ހަތިޔާރު ނައްތާލާފައި ވަނިކޮށް، ފަހުން ހުޅަނގުގެ މަދަދު ލިބޭ ހަނގުރާމަވެރިން ލީބިއާ އަށް އަތްގަދަކޮށް އެންމެ ފަހުން އެ ގައުމުގެ ލީޑަރު މުއައްމަރުލް ގައްޒާފީ އަވަހާރަކޮށްލުމަށެވެ.
ނޯތު ކޮރެއާ އިން ވެސް ވަނީ އެމެރިކާ އިން ބިރު ދެއްކުމުގެ އިންޒާރުތައް ދޭ ނަމަ ސަމިޓް ކެންސަލްކޮށްފާނެ ކަމުގެ އިންޒާރުތައް ދީފަ އެވެ.
އުތުރުކޮރެއާގެ ކްރިސްމަސް ހަދިޔާއަށް އެމެރިކާ ތައްޔާރު
ނޯތު ކޮރެއާގެ ދަތިކުރުމުގެ ފިޔަވަޅުތައް ދަމަހައްޓައިފި
ޓްރަމްޕް-ކިމްގެ ސަމިޓް ބޭއްވިދާނެކަމުގެ އުއްމީދު ބޮޑުވެއްޖެ
ކިމްގެ ސަމިޓް ބޭއްވޭނެ ކަމަށް އެމެރިކާގެ އުއްމީދު ބޮޑު
ނޯތު ކޮރެއާގެ މަޝްވަރާތައް ނާކާމިޔާބު ވަންޏާ ޓްރަމްޕް ވަކިވާނެ
ސީއައިއޭގެ ޑިރެކްޓަރު ވަނީ ކިމްއާ ބައްދަލުކޮށްފައި
ޓްރަމްޕާއި ކިމް އެކަކު އަނެކަކަށް މޮޔައިންނަށް ގޮވައިފި
ރަޝިޔާއަށް ހަތިޔާރު ދީފިއްޔާ ޒިންމާ ނަގަންޖެހޭނެ
ބާރު ގަދަ ނިއުކްލިއާ ހަތިޔާރު އުފައްދަންވީ: ކިމް
ކުޑަ އޮޅުމެއް: ހީކުރީ "ކްރިސްމަސް ހަދިިޔާ"އައީ ކަމަށް