Roadha Mihaaru
ޓްރަމްޕާއި ކިމް އެކަކު އަނެކަކަށް މޮޔައިންނަށް ގޮވައިފި

ޓްރަމްޕާއި ކިމްގެ ކޯޅުން: އެކަކު އަނެކަކަށް މޮޔައިންނަށް ގޮވައިފި

23 ސެޕްޓެމްބަރ 2017

ނިއު ޔޯކް (ސެޕްޓެމްބަރު 23) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އދ.ގެ ޖެނެރަލް އެސެމްބްލީގައި ދެއްވި ތަގްރީރާ ގުޅިގެން އަނެއްކާ ވެސް މި ވަނީ ނޯތު ކޮރެއާއާ އެކު ބަހުގެ ހަމަލާތައް ހޫނުވެފަ އެވެ. ޓްރަމްޕުގެ ތަގްރީރަށް ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ވެސް ގެންދަވަނީ ވަރުގަދަ އަށް ރައްދު ދެއްވަމުންނެވެ.

ހަސަން އާމިރު ހަސަން އާމިރު

ޓްރަމްޕަށް ރައްދު ދެއްވަމުން ކިމް ވިދާޅުވެފައި ވަނީ އެއީ "މޮޔައެއް" ކަމަށެވެ. އަދި ޓްރަމްޕުގެ ތަގްރީރަށް ފަހު، ނޯތު ކޮރެއާ އިން ނިއުކްލިއާ ޕްރޮގްރާމް ކުރިއަށް ގެންދަނީ ރަނގަޅު ގޮތުގައިކަން މިހާރު ހާމަވެއްޖެ ކަމަށް ކިމް ވިދާޅުވި އެވެ.

ކިމް ދެއްވި އަމިއްލަ ބަޔާނުގައި ވިދާޅުވީ އދ. ގައި ޓްރަމްޕް ދެއްވި ތަގްރީރުގެ އަގު އަދާކުރައްވަން ޖެހޭނެ ކަމަށެވެ.

ކިމްގެ އިންޒާރަށް ރައްދު ދެއްވާ ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މޮޔަ މީހާ" ... މީގެ ކުރިން ޓެސްޓް ނުކުރާ ގޮތަށް ޓެސްޓްކޮށްލާނެ ކަމަށެވެ.

ޓްރަމްޕް ވިދާޅުވެފައި ވަނީ އެމެރިކާ އާއި އެ ގައުމުގެ ބައިވެރިންނަށް ދިފާއުވެ ތިބުމަށް މަޖްބޫރު ކުރާ ނަމަ ނޯތު ކޮރެއާ ނައްތާލަން ޖެހިދާނެ ކަމަށެވެ. އަދި ކިމް އަށް އިޝާރާތް ކުރައްވާ ވިދާޅުވެފައި ވަނީ "ރޮކެޓް މޭން" އުޅުއްވަނީ އަމިއްލަ އަށް މަރުވުމުގެ ދަތުރެއްގައި ކަމަށެވެ.

ކިމްގެ ބަޔާން ނިންމަވާލެއްވުމުގެ ގޮތުން ޓްރަމްޕަށް އިޝާރާތް ކުރައްވާފައި ވަނީ އިނގިރޭސި ބަހުގައި ވަރަށް ބޭނުން ނުކުރާ ލަފްޒަކުންނެވެ؛ ޓްރަމްޕަށް އަމާޒުކޮށް ކިމް ދެ ފަހަރަކަށް ބޭނުން ކުރެއްވި "ޑޮޓާޑް" ގެ މާނައަކީ އޮކްސްފޯޑް ޑިކްޝަނަރީގައިވާ ގޮތުން "ބަލިކަށިވެފައިވާ ދުވަސްވީ މީހާ" އެވެ.

"އަޅުގަނޑު ޔަގީނުން ވެސް ސިކުނޑި ހަމަނުޖެހޭ، މޮޔަ އެމެރިކާގެ ޑޮޓާޑުގެ ބާރު ދެރަކޮށްލާނަން،" ކިމް ވިދާޅުވި އެވެ.