22 ޖޫން 2018
އެމްޕީއެލް އިން މާލޭގެ ނޯތު ހާބަރުގައި ކުރިން ހިންގި ކެފޭ އެހެން ބަޔަކާ ހަވާލުކޮށް، "ފީސްޓް ކެފޭ ބިސްޓްރޯ" ގެ ނަމުގައި އިއްޔެ ހުޅުވައިފި އެވެ.
އެމްޕީއެލް އިން މާލޭގެ ނޯތު ހާބަރުގައި ކުރިން ހިންގި ކެފޭ އެހެން ބަޔަކާ ހަވާލުކޮށް، "ފީސްޓް ކެފޭ ބިސްޓްރޯ" ގެ ނަމުގައި އިއްޔެ ހުޅުވައިފި އެވެ.
ދެ ބުރި އަށް ހަދާފައިވާ ފީސްޓް ކެފޭ ބިސްޓްރޯ އަކީ 180 މީހުންގެ ޖާގައިގެ ކެފޭ އެކެވެ. އާ ކުންފުންޏަކާ ހަވާލުކޮށްގެން އެމްޕީއެލްގެ ކެފޭ ހިންގަން ފެށިއިރު، އެ ކެފޭއާ ހަމައަށް ސައިކަލްގައި ދިއުމުގެ ހުއްދަ އެމްޕީއެލް އިން ވަނީ ދީފަ އެވެ. އަދި ކެފޭ އަށް ދާ މީހުންގެ ސައިކަލްތައް ޕާކް ކުރުމަށް ވަކި ޕާކިން ޒޯނެއް ވަނީ ކަނޑައަޅައިފަ އެވެ.
އެމްޕީއެލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކެފޭ ހިންގާނެ ބަޔަކު ކަނޑައެޅީ އެ ކުންފުނީގެ ބޯޑުން، ޖޮއިންޓް ވެންޗާ އުސޫލުން ކަމަށެވެ. ނަމަވެސް، ކެފޭ ހިންގުން ހަވާލުކުރީ ކޮން ބަޔަކާ ކަމެއް ސާފެއް ނުވެ އެވެ.
މިދިޔަ މަހުގެ ތެރޭގައި އެ ކެފޭ ހުޅުވަން މަސައްކަތް ކުރި އެވެ. އެކަން ލަސްވެގެން ދިޔައީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ.
ފީސްޓް ކެފޭ ބިސްޓްރޯގެ އޮފިޝަލަކު ވިދާޅުވީ، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެތަނުގެ ޚިދުމަތް ރަނގަޅުކޮށް ބުފޭ ވެސް ތައާރަފު ކުރާނެ ކަމަށެވެ.
އެމްޕީއެލްގެ ކެފޭ ކުރިން ހިންގަމުން އައީ އެ ކުންފުނިންނެވެ. ނަމަވެސް، 2016 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވި ކެފޭ އަށް މަހަކު 400،000ރ. ގެ ބޮޑު ގެއްލުމެއްވާ ކަމަށް ބުނެ މިދިޔަ އަހަރުގެ މެއި މަހު އެތަން ބަންދު ކުރީ އެވެ.
ފީސްޓް ކެފޭ ބިސްޓްރޯ، 180 މީހުންނަށް އެއްފަހަރާ ޚިދުމަތް ދެވޭނެ.-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
އެމްޕީއެލް އަށް ގެއްލުންވާތީ ކެފޭ ބަންދު ކުރުމަށް ފަހު، އެތަން ހިންގާނެ ބަޔަކު ހޯދަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިއުލާނު ކުރި އެވެ. އަދި އެކަމަށް އެކަށީގެންވާ ފަރާތަކުން ކުރިމަތި ނުލުމުން ކަމަށް ބުނެ، އެ އިއުލާނާ ގުޅިގެން ހުށަހެޅި ބިޑުތައް އެމްޕީއެލް އިން ފަހުން ކެންސަލް ކުރީ އެވެ.
ކެފޭ ހިންގަން އެމްޕީއެލް އިން އިއުލާނު ކުރީ އެ ކުންފުންޏާ އެކު ޖޮއިންޓް ވެންޗާ އުސޫލުން ނެވެ. އަދި ކެފޭ ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެމްޕީއެލް އިން ކުރިން ދޫކުރި ލިޔުމުގައި ބުނެފައި ވަނީ ކެފޭ ކުއްޔަށް ހިފާ ފަރާތުން ކެފޭގެ ޕާޓްނަޝިޕް ފީގެ ގޮތުގައި މަހަކު މަދުވެގެން 200،000ރ. ދައްކަން ޖެހޭނެ ކަމަށެވެ.
ފީސްޓް ކެފޭ ބިސްޓްރޯ، އެތަން ހަދާފައިވަނީ ދެ ބުރި އަށް.-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
އެ ތަން ހިންގަން ވާނީ އެމްޕީއެލްގެ 50 ޕަސެންޓް ހިއްސާ އެކުލެވޭ ގޮތަށް ކަމަށް ވެސް އެ ލިޔުމުގައި ބުނެފައި ވެ އެވެ. އަދި އެ ލިޔުމުގައި ބުނެފައިވާ ގޮތުން، ކެފޭގެ މުވައްޒަފުންގެ ހުރިހާ ކަމެއް ބަލަހައްޓަން ޖެހެނީ އެތަން ކުއްޔަށް ހިފާ ފަރާތުންނެވެ.
ދެ ހާބަރުގެ ހިދުމަތްތަކަށް ފައިސާދެއްކުން އޮންލައިންކޮށް
އެމްޕީއެލްގެ ކެފޭ ހުކުރު ދުވަހު އަލުން ހުޅުވަނީ
އެމްޕީއެލް ކެފޭ ބަންދުކޮށް، މުވައްޒަފުންނަށް ނޯޓިސްދީފި
މާލޭ އުތުރު ބަނދަރުގައި ހެދި ކެފޭ ހުޅުވައިފި
އެމްޕީއެލުން ސިޓީ ކައުންސިލާ ޓީޖެޓީ ހަވާލެއް ނުކުރި
ޓީޖެޓީ ސިޓީ ކައުންސިލާ ހަވާލުނުކުރަން ނިންމައިފި
ބާޒާރުމަތީގައި ޕިކަޕްތައް ޕާކްކުރުން މަނާކޮށްފި
މާލެ ސަރަހައްދުގެ ކާފިއު މި މަހުގެ 25 އާ ހަމައަަށް
ރޭގަނޑު 8 ގެ ފަހުން ކެފޭ/ރެސްޓޯރަންޓުތައް ބަންދު
ޕެލެޓްގެ ދަށުވި މީހާގެ ކަށިތަކަށް ވަނީ ގެއްލުންވެފައި