މާލޭގެ ނޯތު ހާބާރުގެ ބާކީ ސަރަހައްދު ބެލެހެއްޓުމާ ގުޅޭ ހުރިހާ ކަމެއް ވެސް ޓްރާންސްޕޯޓު މިނިސްޓްރީން އެމްޕީއެލްއާ ހަވާލުކޮށްފި އެވެ.
10 ޖުލައި 2025
މާލޭގެ ނޯތު ހާބާރުގެ ބާކީ ސަރަހައްދު ބެލެހެއްޓުމާ ގުޅޭ ހުރިހާ ކަމެއް ވެސް ޓްރާންސްޕޯޓު މިނިސްޓްރީން އެމްޕީއެލްއާ ހަވާލުކޮށްފި އެވެ.
މިހާތަނަށް ވެސް އެމްޕީއެލް ބަނދަރުން ފެށިގެން ނޯތު ހާބަރާ ހަމައަށް އެ ސަރަހައްދު ބަލަހައްޓަމުން އައީ އެމްޕީއެލް އިންނެވެ. އެކަމަކު، މަސްމާރުކޭޓް ސަރަހައްދާއި އެ ސަރަހައްދުގެ ކުރިމަތީގައި އޮންނަ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމައަށް އެއީ މާލެ ސިޓީ ކައުންސިލްގެ އިހުތިސާސް ހިނގަމުން އައި ތަންތަނެވެ.
ނަމަވެސް އެމްޕީއެލްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ޓްރާންސްޕޯޓު މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އެ ސަރަހައްދު [މަސްދޯނިތައް އަޅާ ސަރަހައްދާއި ލޯކަލް މާރުކޭޓުގެ ހުރަސްތޮށި ސަރަހައްދު] ހިންގުން ނުވަތަ ބެލެހެއްޓުން އެ ކުންފުންޏާ ހަވާލު ކޮށްފައިވާ ކަމަށެވެ.
އަދި ބަނދަރު ހިންގާނީ މާލޭ ނޯތު ހާބަރުގެ ފަރާތުން ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.
އެމްޕީއެލްގެ ދަށަށް ބަނދަރު ބަދަލު ކޮށްފައި ވާތީ އެ ކުންފުނިން ވަނީ އުޅަނދުތައް ރަޖިސްޓަރީ ކުރަން ވެސް ހުޅުވާލައިފަ އެވެ.
ރަޖިސްޓަރީ ނުކުރާ އުޅަނދުތައް އަންނަ މަހުގެ އެކެއްގެ ކުރިން މާލޭ ނޯތު ހަބާރުގައި ރަޖިސްޓްރީ ކުރަން އެމްޕީއެލް އިން ވަނީ އެދިފަ އެވެ. އެ މުއްދަތަށް ފަހު ހިދުމަތް ދޭނީ ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތަކަށް އެކަނި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ނޯތު ހާބަރަކީ ކޮންމެ ދުވަހަކު އެތައް ބައިވަރު މުދާ އުފުލާ އެއްގަމު އުޅަނދުތައް ވެސް ވަދެ ނުކުމެވާ ތަނެކެވެ. އަދި ރަށްރަށަށާއި ރިސޯޓުތަކަށް މުދާ އުފުލާ ވަރަށް ގިނަ އޮޑިދޯނިފަހަރު ވެސް އެ ތަނުގައި ބަނދަރުކުރެ އެވެ.
"މާރުކޭޓު ސަރަހައްދުން މަސްދޯނިތަކުން ފީއެއް ނުނަގާނެ"
ނޯތު ހާބަރު މަސްމާރުކޭޓު ސަރަހައްދާ ހިސާބަށް ބޮޑުކޮށްފި
ދެ ހާބަރުގެ ހިދުމަތްތަކަށް ފައިސާދެއްކުން އޮންލައިންކޮށް
ޓުޓިކޮރިންއިން އަވަހަށް މުދާ ގެނެވޭނެ ގޮތެއް ބަލަނީ
ޕޯޓުތަކުގެ މުވައްޒަފުންނަށް ހާއްސަ ކޯހެއް ހިންގައިފި
އެމްޕީއެލުން ސިޓީ ކައުންސިލާ ޓީޖެޓީ ހަވާލެއް ނުކުރި
ބަހުގައި ދެން ދަތުރު ކުރެވޭނީ ހާއްސަ ހުއްދައާއެކު
އެމްޕީއެލްގެ އެކްސިޑެންޓްތަކުގައި ބޮޑެތި އިހުމާލުތައް
ކާނިވާ ސަރަހައްދުން ބަސް ދަތުރުތައް އަންނަ މަހު ފަށަނީ
ބަސް ދަތުރުތަކާ ގުޅޭ މައުލޫމާތު އޮންލައިންކޮށް