27 މާޗް 2022
އެމްޕީއެލްގެ ސީނިއާ މެނޭޖްމަންޓްގެ ޓީމެއް ޓުޓްކޮރިން އަށް ގޮސް، އެތަނުން މުދާ ގެނައުމުގައި މިހާރަށް ވުރެ އަވަސް ގޮތްތަކެއް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްޕީއެލްގެ ސީނިއާ މެނޭޖްމަންޓްގެ ޓީމެއް ޓުޓްކޮރިން އަށް ގޮސް، އެތަނުން މުދާ ގެނައުމުގައި މިހާރަށް ވުރެ އަވަސް ގޮތްތަކެއް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
މި ދަތުރުގައި އެމްޕީއެލްގެ ޓީމުން ވަނީ ކޯސްޓަލް މެކޭނައިޒް ސެއިލިން ވެސަލްސް އޯނާސް އެސޯސިއޭޝަނާ އެކު މުހިންމު ބައްދަލުވުމެއް ބާއްވައިފަ އެވެ. އަދި ރާއްޖެ އަށް މުދާ ގެންދިއުމުގައި ހުރި ދަތިތަކާއި، އެ ކުންފުނީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވިދާނެ އެހީތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރި އެވެ.
ކޯސްޓަލް މެކޭނައިޒް ސެއިލިން ވެސަލްސް އޯނާސް އެސޯސިއޭޝަނަކީ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އެތެރެކުރާ ފަރާތްތައް ތަމްސީލު ކުރާ ޖަމާއަތެވެ.
ރާއްޖެ އަށް ޓުޓްކޮރިން ރޫޓުން، ކާބޯތަކެތި އެތެރެކުރާތާ 200 އަހަރުވީ މާޒީއެއް އެބައޮތެވެ. ރާއްޖެ އަށް އެތެރެކުރާ ހަލާކުވާ ޒާތުގެ 90 ޕަސެންޓް ތަކެތި އެތެރެކުރަނީ ވެސް ޓުޓްކޮރިންނެވެ.
އިންޑިއާ އިން މައިގަނޑު ގޮތެއްގައި އެތެރެކުރާ ތަކެތީގެ ތެރޭގައި ހިމެނެނީ، ފިޔާ، އަލުވި އަދި ބިހެވެ. ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް، ސަޕްލައި އަށް ހުއްޓުމެއް އަޔަނުދީ ދަތުރުކުރާ ފަރާތްތަކަށް ދިމާވާ ކަންކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި ކަމަށް އެމްޕީއެލް އިން ބުންޏެވެ. އެމްޕީއެލްގެ އަމާޒަކީ ޕޯޓުގެ ތެރެއަށް އަންނަ މުދާ ކަސްޓަމަރުންނަށް ލަސް ކަމެއް ނައިސް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ދަތުރުގައި، ޑެޕިއުޓީ ސީއީއޯ އިބްރާހީމް އަބްދުﷲ، އެސިސްޓެންޓް ޖެނެރަލް މެނޭޖާ މުހައްމަދު އަމީޒު، އެސިސްޓެންޓް ޖެނެރަލް މެނޭޖާ ތޮލްހަތް ސައީދު އަދި އެސިސްޓެންޓް ޖެނެރަލް މެނޭޖާ މުހައްމަދު މަސީހު އަބްދުލް ސައްތާރު ބައިވެރިވި އެވެ. މި ދަތުރުގައި އެމްޕީއެލްގެ ޓީމާ އެކު ކަސްޓަމްސްގެ ދެ އޮފިޝަލެއް ބައިވެރިވެފައިވެ އެވެ.
ބަސް ދަތުރުތަކާ ގުޅޭ މައުލޫމާތު އޮންލައިންކޮށް
ބަނދަރުގެ ހިދުމަތް އަވަސްކުރުމުގެ މަސައްކަތް ފަށައިފި
އެމްޕީއެލްގެ ޑިވިޑެންޑްގެ ގޮތުގައި 67.5 މިލިއަން
މުދާ ބޭރުކުރަން އާ ވެހިކަލްތަކެއް، އަވަސް ވާނެ
2018 އިން ފެށިގެން ދިޔައީ ތެލުގެ ވައްކަން ކުރަމުން
އެމްޕީއެލް ފްލެޓަށް ފައިސާ ދެއްކުމަށް އިތުރު ލުޔެއްދީފި
ޑައުންޕޭމަންޓެއް ނެތި ކުރިއަށް ދާން އުނދަގޫ:އެމްޕީއެލް
އެމްޕީއެލް އެޕްރެންޓިސްޝިޕްގެ ބައިވެރިންނަށް ވަޒީފާ
އެމްޕީއެލް ފްލެޓުތަކަށް އަންނަ އަހަރު ކުރީކޮޅު ވަދެވޭނެ
މަތީ ތައުލީމަށް ކިޔަވަން އެމްޕީއެލްގެ ސްކޮލަޝިޕްތަކެއް